ކ. މާލެ
|
21 އޮކްޓޯބަރ 2018 | އާދީއްތަ 18:26
ހައިކޯޓު - އުތުރު ގޮފީގެ މަސައްކަތްތައް މާދަމާ ފަށާނެކަމަށް އެ ކޯޓުން ވަނީ ބުނެފައި
ހައިކޯޓު - އުތުރު ގޮފީގެ މަސައްކަތްތައް މާދަމާ ފަށާނެކަމަށް އެ ކޯޓުން ވަނީ ބުނެފައި
މުހައްމަދު ޝަރުހާން
ހައިކޯޓުގެ ގޮފިތައް
ހައިކޯޓުގެ އުތުރު ގޮފީގެ ޝަރީއަތްތަށް މާދަމާ ފަށަނީ
ހައިކޯޓުގެ އުތުރު ގޮފީގައި ހިމެނޭ އަތޮޅު ތަކަކީ ހއ، ހދ، ށ، ނ، ރ އަދި ބ.
ހައިކޯޓުގެ ދެކުނު ގޮތްޕައް ނިންބަތްވާ ސަރަޙައްދަކީ ގއ، ގދ، ޏ، އަދި އައްޑޫ ސިޓީ

ހައިކޯޓުގެ އުތުރު ގޮފީގެ ޝަރީއަތްތަށް ހޯމަ ދުވަހު ހދ. ކުޅުދުއްފުށީގައި ފެށުމަށް ހަމަޖެހިއްޖެއެވެ.

ހައިކޯޓުގެ އުތުރު ގޮފީގައި ހިމެނޭ އަތޮޅު ތަކަކީ ހއ، ހދ، ށ، ނ، ރ އަދި ބ. އަތޮޅެވެ. 

އުތުރު ގޮފީގެ އަޑުއެހުންތައް ފެށުމަށް ކުޅުދުއްފުއްޓަށް ވަނީ ތިން ފަނޑިޔާރުންގެ ވަފުދެއް ވަޑައިގެންފަ އެވެ. އެ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަބްދުﷲ ހަމީދު، ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އަދި ފަނޑިޔާރު އަލީ ސަމީރެވެ.

މިދިޔަ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ވަނީ ގޮފިތަކުގެ ފަނޑިޔާރުން ދާއިމީކޮށް ގޮފިތަކުގައި ތިބުމުގެ ބަދަލުގައި މައްސަލަތައް ބަލަން ފަނޑިޔާރުންގެ ވަފުދުތައް މައްސަލަތައް ބަލަން  ފޮނުވުމަށް ހަމަޖައްސާފައެވެ.  އެގޮތަށް ހަމަޖައްސާފައިވަނީ ފަނޑިޔާރުންގެ ދަތިކަން ހައިކޯޓަށް ކުރިމަތިވެފައި އޮތުމުންނެވެ.

މިހާތަނަށް ހައިކޯޓުން  އުފައްދާފައިވާ ގޮފީގެ ތެރެއިން ޝަރީއަތްތަށް ބަލަން ފަށާފައިވަނީ އައްޑޫ ސިޓީގައި ގާއިމް ކޮށްފައިވާ ދެކުނު ގޮފި އެކަންޏެވެ.

ސުޕްރީމް ކޯޓުން 14 އޮގަސްޓްގައި އާންމުކޮށްފައިވާ އާއްމު ސިޓީންވަނީ، ދިވެހިރާއްޖޭގެ އުތުރުގައި ގާއިމްކުރެވިފައިވާ ހައިކޯޓުގެ ގޮތްޕަށް ނިސްބަތްވާ ސަރަހައްދުތަކުގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް އިސްތިޢުނާފުކުރުމަށް، އެ މައްސަލައެއް ނިންމި ކޯޓަކަށް ނުވަތަ ޓްރައިބިއުނަލްއަކަށް ހުށަހެޅުމުން، އެ މައްސަލައިގެ ފައިލް ލިޔުންތަކާއި އެކު ސީދާ ދިވެހިރާއްޖޭގެ ހައިކޯޓުގެ އުތުރު ގޮތްޕަށް ފޮނުވުމަށް އަންގާފައެވެ.

ހދ. ކުޅުދުއްފުށީގައި ގާއިމްކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ އުތުރު ގޮފީގެ މަސައްކަތް ފެށުމުން، ހައިކޯޓުގެ އުތުރު ގޮތްޕަށް ނިސްބަތްވާ ސަރަހައްދުތަކުގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް އިސްތިޢުނާފުކުރުމަށް، އާއްމު ރައްޔިތުންނަށް ލުއި ފަސޭހަ ވެގެންދާނެއެވެ. އަދި އުތުރުގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ، އިސްތިޢުނާފުގެ މަރުހަލާ ކުރިއަށް ނުގޮސްހުރި މައްސަލަތައް އަވަސްވެ، މައްސަލަތަކާއި ގުޅިގެން، މައްސަލައިގެ ހިމެނޭ ޚަސްމުން ކުރަން ޖެހޭ ޚަރަދުތައް ކުޑަވެގެންދާނެ ކަމަށް ހައިކޯޓުން ބުނެއެވެ. 

ހައިކޯޓުގެ ދެކުނު ގޮތްޕައް ނިންބަތްވާ ސަރަޙައްދަކީ ގއ، ގދ، ޏ، އަދި އައްޑޫ ސިޓީއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް