ކ. މާލެ
|
21 އޮކްޓޯބަރ 2018 | އާދީއްތަ 15:55
ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙުމަދު ޝަރީފް ވާހަކަފުޅުދައްކަވަނީ
ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙުމަދު ޝަރީފް ވާހަކަފުޅުދައްކަވަނީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ރައްޔިތުންގެ ނިންމުމާއިއެކު ތިއްބެވި ހުރިހާ އެންމެންނަށް ޝުކުރިއްޔާ: ޝަރީފް
ޤާނޫނީ ޓީމުން ކުރި ފުރިހަމަ މަސައްކަތަށް ޝުކުރު ދެންނެވި

މި އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނިންމި ނިންމުމާއި އެކު ސާބިތުވެ ތިބި ހުރިހާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙުމަދު ޝަރީފް ޝުކުރު އަދާކުރައްވައިފިއެވެ.

ޝަރީފް މިފަދައިން ވިދާޅުވީ، ރިޔާސީ އިންތިޚާބުން ނާކާމިޔާބު ވެވަޑައިގަތް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ފަރާތުން އިންތިޚާބު ބާތިލް ކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި، އިންތިޚާބު ބާޠިލް ކުރާނެ އެއްވެސް އަސާސެއް އަދި ހެއްކެތްވެސް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާޤުން ނިންމެވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ޝަރީފްގެ ޓުވީޓްގައި ވިދާޅުވީ، އިލެކްޝަންސް ކޮމިޝަންގެ ޤާނޫނީ ޓީމުން މި މައްސަލައިގައި ކުރީ ވަރަށް ފުރިހަމަ މަސައްކަތެއް ކަމަށާއި، އެ ޓީމަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ހަމަ އެއާއި އެކު ޝަރީފް ވަނީ އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުންނަށްވެސް ޝުކުރު ދަންނަވާފައެވެ.

ސުޕްރީމް ކޯޓުން އިންތިޚާބު ބާޠިލް ކުރާނެ އަސާސެއް ނެތް ކަމަށާއި، އިންތިޚާބު އޮޅުވާލާފައިވާކަން ސާބިތުވާ ފަދަ ހެއްކެއް ނެތް ކަމަށް ޙުކުމް ކޮށްފައިވާއިރު، ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އިންތިޚާބު އޮޅުވާލުމަށް މަގުފަހިވާގޮތަށް އިލެކްޝަން ކޮމިޝަނުން ގިނަ ކަންތައްތަކެއްކޮށް، ބައެއް ކަންކަމުގައި އިހުމާލު ވެފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް ސާބިތު ކުރެވޭނެ ފަދަ ވަރުގަދަ ހެއްކެއް ޝަރީއަތަށް ހުށަހެޅިފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް