ކ. މާލެ
|
22 އޮކްޓޯބަރ 2018 | ހޯމަ 21:07
މެމްބަރު ރިޔާޒު ރަޝީދު (ކ)، ރައީސް ޔާމީންގެ އަރިހުގައި
މެމްބަރު ރިޔާޒު ރަޝީދު (ކ)، ރައީސް ޔާމީންގެ އަރިހުގައި
ރައީސް އޮފީސް
ރިޔާސީ އިންތިހާބު 2018
މިއަދުން ފެށިގެން ދިވެހި ރައްޔިތުންނަށް މިނިވަންކަމުގެ އިހުސާ ކުރެވޭނެ: ރިޔާޒު ރަޝީދު
ރިޔާޒު އާއި ޕީޕީއެމާ ދެމެދު ވަނީ މައްސަލަ ޖެހިފައި
ރިޔާސީ އިންތިހާބާ ގުޅޭ މައްސަލައަށް މިއަދު ސުޕްރީމް ކޯޓުން ގޮތެއް ނިންމާނެ ކަމަށް ބެލެވޭ
ސުޕްރީމް ކޯޓުގެ ޝަރީއަތް އޮތީ މިއަދު 13:00 ގައި

ރިޔާސީ އިންތިހާބު ބާތިލު ކުރުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައާމެދު އާދިއްތަ ދުވަހު އެކޯޓުން ގޮތެއް ނިންމުމާއެކު، ދިވެހި ރައްޔިތުންނަށް މިނިވަން ކަމުގެ އިހުސާސް ކުރެވޭނެ ކަމަށް ސަރުކާރު ހިންގާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހު ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ﷲގެ ރަހްމަތުން މިއަދަކީ ދިވެހިންނަށް އަމާން، ރައްކާތެރި ދުވަހަކަށް ވާނެ ކަމަށެވެ. މިއަދު މި ގައުމުގަ އުޅޭ ލޮބޮވެތި އެންމެހާ އަހުންނާއި އުހުތުންނަށް މިނިވަން ކަމުގެ އިހުސާސް ކުރެވެން ފަށާނެ ކަމަށެވެ.

ރިޔާޒު މިހެން ވިދާޅުވިއިރު، ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ސުޕްރީމް ކޯޓުން ރިޔާސީ އިންތިހާބު ބާތިލު ކުރާނެ ކަމަށް ގަބޫލެއް ނުކުރެ އެވެ. އަދި އިންތިހާބު ބާތިލު ކުރުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ ހެކީންގެ ހެކި ބަސް ނުނެގުމަށް ނިންމާފައިވާތީ އާއި އިންތިހާބުގެ ނަތީޖާއަށް އަސަރު ފޯރާފަދަ ޝަކުވާއެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވެސް ބުނާތީ ގިނަ ރައްޔިތުން ބުނަމުން ދަނީ ރައްޔިތުން ނިންމި ގޮތަށް ދެކޮޅަށް ސުޕްރީމް ކޯޓުން ނިންމާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ރިޔާޒު ރަޝީދު ޕީޕީއެމްގެ ހަރާކާތްތަކުން ގެއްލިފައިވާއިރު، ޕީޕީއެމާއި ރިޔާޒުއާ ދެމެދު މައްސަލަތަކެއް އުޅޭކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް