ކ. މާލެ
|
21 އޮކްޓޯބަރ 2018 | އާދީއްތަ 08:56
ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ވަނުމަށް މީހުން ކިޔުހެދުމަށް އެސަރަހައްދަށް އެއްވެފައި
ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ވަނުމަށް މީހުން ކިޔުހެދުމަށް އެސަރަހައްދަށް އެއްވެފައި
ރާއްޖެ އެމްވީ
ސުޕްރީމް ކޯޓުގެ ހުކުމް
އިންތިޚާބު ބާތިލް ކުރަން ހުށައެޅި މައްސަލައިގެ ހުކުމް މިއަދު 13:00 އަށް
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހު

އިންތިހާބު ބާތިލު ކުރަން ހުށަހެޅި މައްސަލައިގެ ހުކުމް އިއްވުން މިއަދު މެންދުރު އެކެއް ޖަހާއިރަށް ތާވަލު ކޮށްފިއެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. މި މަހުގެ 13 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަނުން ޖަވާބުދާރީވުމަށް އަންގާފަ އެވެ. އަދި އޭގެ ފަހުން އެ މައްސަލައިގެ ފުރަތަމަ ޝަރީއަތުގެ އަޑުއެހުން މިމަހުގެ 14 ވަނަ ދުވަހު ބޭއްވިއިރު، ދެވަަނަ އަޑުއެހުން މިމަހުގެ 15 ވަނަ ދުވަހު އަދި ތިން ވަނަ އަޑުއެހުން މިމަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ފަހު، ވަނީ ރައީސް ޔާމީން ހުށަހަޅުއްވާފައިވާ ހެކީންގެ ހެކިބަސް ނަގަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޯޓުގެ ފަނޑިޔާރުންގެ ބެންޗުން ނިންމާފަ އެވެ. އަދި މިމައްސަލައިގެ އަޑުއެހުންތައް  ނިންމާލާފައިވާއިރު، ދެން އޮތީ ހުކުމް ކުރުމަށް ބާއްވާ ޝަރީއަތެވެ. އެހެންކަމުން މިއަދު  އިންތިޚާބު ބާތިލު ކުރަންޖެހޭތޯ ނުވަތަ ނޫންތޯ ނިންމާނެއެވެ. 

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން 11 ކަމެއް ބަލައި ދިނުމަށް ސްޕްރީމް ކޯޓުގައި އެދުނެވެ. އޭގެތެރޭގައި އިންތިހާބުގެ ނަތީޖާއަށް އަސަރެއް ފޯރާފަދަ އެއްވެސް ކަމެއް ހުށަހެޅިފައެއް ނުވެއެވެ. މުޅިން ވެސް ހުރީ ޝައްކުތަކެކެވެ. އޭގެތެރޭގައި ވޯޓު ކަރުދާހުގައި ކެމިކަލެއް ބޭނުންކޮށްފައިވޭތޯއާއި، ދެލި ފުހެވޭ ގަލަން ބޭނުން ކުރިތޯ އާއި، ހާއްސަ އަނގޮޓިއެއް ބޭނުން ކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތަަކެއް ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް