ކ. މާލެ
|
21 އޮކްޓޯބަރ 2018 | އާދީއްތަ 21:41
ރައީސް މައުމޫނާއި އާއިލާ މާފުށީގައި
ރައީސް މައުމޫނާއި އާއިލާ މާފުށީގައި
ޓްވިޓަރ
ރައީސް މައުމޫނު
ޝުކުރު އަދާކުރުމަށް ރައީސް މައުމޫން މާފުއްޓަށް ވަޑައިގަންނަވައިފި
އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިން މާފުށީގެ ރައްޔިތުންނާއި ބައްދަލުކޮށް ޝުކުރު ދެންނެވި
ވަޑައިގެންނެވީ ހޮނިހިރު ދުވަހު

މާފުށީ ޖަލުގައި ބަންދުކޮށްފައި ހުންނެވި އިރު އެމަނިކުފާނަށް ޒިޔާރަތް ކުރުމަށް އާއިލާގެ ބޭފުޅުން މާފުއްޓަށް ވަޑައިގެންނެވުމުން އަދާ ކުރި މެހެމާންދާރީއާއި ބެހެއްޓި ގާތް ކަމަށް ޝުކުރު އަދާ ކުރެއްވުމަށް ރައީސް މައުމޫން އަބްދުލް ގައްޔޫމު ހޮނިހިރު ދުވަހު މާފުއްޓަށް ވަޑައިގެންފިއެވެ.

ރައީސް މައުމޫން މާފުއްޓަށް ވަޑައިގެންނެވީ އަނބިކަނބަލުން ނަސްރީނާ އިބްރާހީމާއި، ދަރިކަލުން ދުންޔާ މައުމޫނާއި ޔުމްނާ މައުމޫން އަދި ދަނބިދަރިކަލުން މުހައްމަދު ނަދީމާއި އެމަނިކުފާނަށް ތާއީދު ކުރާ ބައެއް ބޭފުޅުންނާއެކުއެވެ.

ރައީސް މައުމޫން ވަނީ މާފުށީ ޖަލުގައި އެމަނިކުފާނު ހުންނެވި އިރު އެކި ގޮތްގޮތުން އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިން މާފުށީގެ ރައްޔިތުންނާއި ބައްދަލުކޮށް ޝުކުރު ދަންނަވާފައެވެ.

މިއަހަރު ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ކުރި އަމުރު ތަންފީޒް ނުކޮށް ކުއްލި ޙާލަތު އިއުލާންކޮށް ރައީސް މައުމޫން ވަނީ ހައްޔަރުކޮށްފައެވެ. އަދި އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާވެސް އުފުލިއެވެ. އެގޮތަށް ބަންދުގައި ހުންނަވަނިކޮށް އެމަނިކުފާނުގެ އަނބި ކަނބަލުންނާއި ޢާއިލާ ވަނީ ދޭތެރެ ދޭތެރެއިން ދޫނިދޫ ޖަލަށް ޒިޔާރަތް ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
21 އޮކްޓޯބަރ 2018 | އާދީއްތަ 04:52
Me
Dhoonidhoo jalashey