ކ. މާލެ
|
21 އޮކްޓޯބަރ 2018 | އާދީއްތަ 22:10
ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން
ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން
ރާއްޖެ އެމްވީ
އަހުމަދު ނިހާން ހުސައިން މަނިކު
މަޖްލީހުގެ ޖަލްސާ ނުބާއްވަނީ ކުރާނެ މަސައްކަތެއް ނެތުމުން: ނިހާން
ޖަލްސާތައް ނެތަސް ބައެއް ކޮމިޓީތައް އޮވޭ
ދެން އެންމެ އަވަހަށް އޮންނާނީ އަންނަ އަހަރުގެ ބަޖެޓުގެ މަސައްކަތް

ރައްޔިތުންގެ މަޖްލީހުގެ ޖަލްސާތައް ނުފަށަނީ މަޖްލީހުގެ ތަޅުމަށް ހުށަހަޅާނެ މައްސަލައެއް ނެތުމުން ކަމަށް ރައްޔިތުންގެ މަޖްލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ އަށް ވާހަކަ ދައްކަމުން ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރުކަން ވެސް ކުރައްވާ ނިހާން ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ފެށުމަށް މަޝްވަރާ ކުރެވުމުން ދާކަމަށެވެ.

ނިހާން ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖްލީހުގެ ތަޅުމަށް ހުށަހެޅުމަށް އެޖެންޑާ ކުރާނެ މަސައްކަތެއް ނެތެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހު މުޙައްމަދު މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް ޕީޖީ ގްރޫޕުގައި މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވި ގޮތުގައި މަޖްލީހުގައި ދެން އެންމެ އަވަހަށް ފެށޭނެ މަސައްކަތަކީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތެވެ.

ދައުލަތުގެ ބަޖެޓު މަޖިލީހަށް ފޮނުވުމުން ކުރިން މަޖިލީހުގެ ޖަލްސާތައް ބާއްވާނޭކަމަށް ނިހާން ވިދާޅުވިއެވެ.

މިއަހަރަކީ ރައްޔިތުންގެ މަޖްލީހުގެ ޖަލްސާތައް އެންމެ މަދުން ބޭއްވި އަހަރުގެ ގޮތުގައި ވަނީ ފާހަގަ ކުރެވިފައެވެ. އެގޮތުން އަހަރުގެ ފުރަތަމަ ދައުރުގައި 11 ޖަލްސާ އަދި ދެވަނަ ދައުރުގައި 13 ޖަލްސާ ބޭއްވި އިރު، މިހާރު ހިނގަމުންދާ ފަހު ދައުރު ފެށުނު ފަހުން އެއްވެސް ޖަލްސާ އެއް ބާއްވައިފައެއް ނުވެ އެވެ.

މަޖްލީހުގެ ޖަލްސާތައް މިދައުރުގައި ކުރިއަށް ނުގެންދިޔަ ނަމަވެސް ބައެއް ކޮމިޓީތަކުގެ މަސައްކަތް މި ދައުރުގައި ކުރިއަށް ގެންދެއެވެ. ކޮމެޓީތަކަށް ހާޒިރުވާ މެމްބަރުންނަށް މުސާރަ އާއި އެހެނިހެން އެލަވަންސްގެ އިތުރުން ކޮމެޓީ އެލަވަންސްގެ ގޮތުގައި ލިބޭ 20،000ރ. އާއިއެކު ޖުމްލަ އަށްޑިހަ ދެހާސް ރުފިޔާ ލިބިވަޑައިގަންނަވައެވެ.

މަޖްލިސް ޖަލްސާތައް ނުބާއްވަނީ ކުރާނެ މަސައްކަތެއް ނެތިގެން ކަމަށް ނިހާން ވިދާޅުވި ނަމަވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖްލީހުގެ މެންބަރުން ވިދާޅު ވަނީ ޖަލްސާތައް ނުބާއްވަނީ ރައީސް ޔާމީން އިންތިޚާބުން ނާކާމިޔާބުވެ ވަޑައިގަތީމުން، އެކަން ހަޖަމް ނުކުރެވިގެން ކަމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް ނުފަށައި އޮތުމަކީ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު ކުރައްވާ ބަޣާވާތެއްގެ ގޮތުގައި ވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަޖްލިސް މެންބަރުން ސިފަކުރައްވާފައިފި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
21 އޮކްޓޯބަރ 2018 | އާދީއްތަ 05:06
00000
Varah avahah mikaleyge seizure vaane
21 އޮކްޓޯބަރ 2018 | އާދީއްތަ 05:06
އަޖަިއބު
މަޖިލީހުގެ ޖަލްސާ ބާޢްވަން ވީމަވެސް އެގެނީ ނިހާނަށްތަ؟