ކ. މާލެ
|
20 އޮކްޓޯބަރ 2018 | ހޮނިހިރު 13:58
ފަރަށްއެރި ދޯނި
ފަރަށްއެރި ދޯނި
އެމްއެންޑީއެފް
ދޯނި ފުންކުރުން
ފަރަށް އެރި ދޯނި ތާންގީ ޖަހައިގެން ފެންމަތިކުރުމުގެ މަސައްކަތް ފަށައިފި
ދޯނި ފަރަށް އަރާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު
ފުން ކުރުމުގެ މަސައްކަތް ދަނީ ކުރަމުން

ދިޔަމަވުންދާ ދޯނި ތާންގި ޖަހައިގެން ފެންމަތި ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ، ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ފަރަށް އެރި ދޯނި ދިޔަވަމުންދާތީ ތާންގީ ޖަހައިގެން ދޯނި ފެންމަތިކުރުމުގެ މަސައްކަތް ކޯސްޓްގާޑުގެ ޑައިވަރުން މަސައްކަތް ފަށާފައިވާ ކަމަށެވެ.

ވ. އަތޮޅުގައި ފަރު މަސްވެރިކަން ކުރުމަށްފަހު މާލެއަށް ދަތުރުކުރި "މަގުލަސް" ނަމަކަށް ކިޔާ ދޯންޏެއް މާލެ އަތޮޅު ފުށިދިއްގަރުފަޅުގެ އިރުމަތީ ފަރާތު ފަރަށް އަރައި، އޭގައި ހުރި ބައެއް ސާމާނު އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރައްވާ ދަތުރުވެރިން ސަމާލުވުމަށް ހުކުރު ދުވަހު އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.

ފަރުމަސްވެރިކަން ކުރާ، 80 ފޫޓް ހުންނަ މި ދޯނި، ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑަންގެ ޑައިވަރުންގެ ޓީމެއް ކޯސްޓްގާޑުގެ ލޯންޗުގައި ގޮސް، އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.  މި ހާދިސާ ހިނގިއިރު، އެ ދޯނީގައި 5 މީހުން ތިބިއިރު، އޭގެ ތެރޭގައި ދިވެއްސަކާއި 4 ބިދޭސީން ހިމެނެއެވެ.

ހުކުރު ދުވަހުއްސުރެ އެމްއެންޑީއެފް އިން ދަނީ މި ދޯނި ފުންކުރުމުގެ މަސައްކަތް ކުރަމުންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް