ކ. މާލެ
|
21 އޮކްޓޯބަރ 2018 | އާދީއްތަ 22:03
މީގެ ކުރިން މާލޭގައި ހިނގި އެކްސިޑެންޓެއް...
މީގެ ކުރިން މާލޭގައި ހިނގި އެކްސިޑެންޓެއް...
ރާއްޖެއެމްވީ
ނުރައްކާތެރި އެކްސިޑެންޓް
ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެމީހުން ހޮސްޕިޓަލުން ދޫކޮށްލައިފި
އެކްސިޑެންޓުގައި އަނިޔާވި ދެމީހުންނަށް ސީރިއަސް އަނިޔާއެއް ނުލިބޭ

މާލެގެ ސޯސަން މަގުގައި ހުކުރު ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ދެމީހުން ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލް ވިދާޅުވީ ރޭ އެކްސިޑެންޓު ވެގެން ގެނައި ދެފިރިހެނުންނަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށާއި، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

"މިދެމީހުން ރޭ ހޮސްޕިޓަލަށް ގެނައިމަ ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފި. ސީރިއަސް އަނިޔާއެއް ނުލިބޭ. އެހެންވީމަ ފަރުވާ ދިނުމަށް ފަހު ދޫކޮށްލީ" އައްފާލް ވިދާޅުވިއެވެ.

ހުކުރު ދުވަހުގެ އިރުއޮއްސި 6:25 ހާއިރު އެކްސިޑެންޓު ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުކުރެވި، ހިނގާފައި ދިޔަ ބަންގްލަދޭޝްގެ ފިރިހެނެއްގެ ގައިގައި ޖެހިގެނެވެ. އަދި ސައިކަލު ދުއްވަން އިނީ ދިވެހި ފިރިހެނެކެވެ.

މިއެކްސިޑެންޓުގައި ދެމީހުންނަށް ވެސް އަނިޔާވެފައި ވާއިރު، ސައިކަލު ދުއްވަން އިން ފިރިހެން މީހާގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާ ކަމަށާއި، ލިބުނު އަނިޔާގެ ސަބަބުން އޭނާ  ހޭނެތުނު ކަމަށް މަންޒަރުދުށް މީހުން ބުނެއެވެ. އަދި ޕާކްކޮށްފައި ހުރި ސައިކަލުތަކުގެ މަތީގައި ތިބި ބަޔަކަށް ވެސް އަނިޔާވެފައިވެއެވެ.

ސޯސަން މަގުގައި ހުންނަ އެމްޑީޕީ އޮފީސް ކުރިމަތީގައި މިއެކްސިޑެންޓު ހިނގާފައި ވާއިރު ބުރާސްފަތި ދުވަހުގެ ރޭ ސިނަމާލެ ބްރިޖް މަތިން ސައިކަލެއް އޯވަޓޭކް ކުރަން އުޅެނިކޮށް ދެ ސައިކަލުޖެހި ހިނގި އެކްސިޑެންޓެއް ގައި ތިން މީހަކަށް ވަނީ އަނިޔާވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް