ކ. މާލެ
|
20 އޮކްޓޯބަރ 2018 | ހޮނިހިރު 05:46
ދިރާގު ރޯޑްރޭސްގެ ތެރެއިން
ދިރާގު ރޯޑްރޭސްގެ ތެރެއިން
ޓްވިޓަރ
ދިރާގު ރޯޑް ރޭސް
ދިރާގު ރޯޑް ރޭހުގެ ކިޓް ދޫކުރުން ހޮނިހިރު އަދި އާދީއްތައިގައި
ރޯޑްރޭސް ބާއްވަނީ ނޮވެމްބަރު ދެވަނަ ދުވަހު
ރޯޑްރޭސް އޮންނާނީ ހުޅުމާލޭގައި

ދިރާގުން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު "ރޯޑް ރޭސް"ގައި ބައިވެރިވެފައިވާ  4000 ފަރާތަށް ރޭސް ކިޓް ދޫކުރުން ހޮނިހިރު އަދި އާދީއްތަ ދުވަހު އޮންނާނެކަމަށް އެކުންފުނިން ބުނެފިއެވެ.

ދިރާގުން ބުނީ އެ ދެ ދުވަހު ހެނދުނު 10:00 އިން 12:00 އަށް އަދި މެންދުރުފަހު 2:00 އިން 6:00 އަށް އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް ދިރާގު ހެޑް އޮފީހުގައި ރޭސް ކިޓް ދޫކުރާނެ ކަމަށެވެ. 

ދިރާގުން 2007 ވަނަ އަހަރު ފެށި ރޯޑް ރޭސް ޖެހިޖެހިގެން ބާއްވާ މިއީ 12 ވަނަ އަހަރެވެ.

ދުޅަހެޔޮކަމާއި ރަނގަޅު ސިއްހަތު އަދި އާއިލީ ގުޅުން ބަދަހި ކުރުމާއި ރަހްމަތްތެރިކަން އާލާވާ ގޮތަށް ދިރާގު ރޯޑް ރޭހަކީ ހުރިހާ އުމުރު ފުރައަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އިވެންޓެކެވެ. ދިރާގު ރޯޑް ރޭސް މި ފަހަރު ވެސް އޮންނާނީ ދެ ކެޓަގަރީ އަކަށެވެ. އެއީ ފަސް ކިލޯމީޓަރުގެ ބަޔާއި 10 ކިލޯމީޓަރުގެ ބައެވެ. ކޮންމެ ކެޓަގަރީއަކުން ވެސް އޯޕަން ބަޔާއި 45 އަހަރުން މަތީގެ ބަޔާއި ސްކޫލް ކުދިންގެ 13 އަހަރުން ދަށުގެ ބަޔާއި 13 އަހަރުން މަތީގެ ބައި ހިމެނެއެވެ.

ދުވުންތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެ ކެޓަގަރީ އަކަށްވެސް ބައިވެރިވެވޭނެ އެންމެ ކުޑަ އުމުރުފުރާ ވަނީ ކަނޑައަޅާފައެވެ. އެގޮތުން 5 ކޮލޯމީޓަރުގެ ކެޓަގަރީގައި ބައިވެރިވުމަށް 1 ނޮވެމްބަރ 2018 އަށް 7 އަހަރު ފުރިފައިވާން ޖެހޭނެއެވެ. އަދި 10 ކިލޯމީޓަރުގެ ކެޓަގަރީގައި ބައިވެރިވުމަށް 1 ނޮވެމްބަރ 2018 އަށް 16 އަހަރު ފުރިފައިވާން ޖެހޭނެއެވެ.

މިއަހަރުގެ ރޭހުގެ ވެސް ޝިޔާރަކީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުވެ.

އެންމެ ގިނަ ދުވުންތެރިން ހިޔާރުކުރާ 5 ޖަމިއްޔާއަކަށް ޖުމްލަ 200،00ރ. ދިރާގުން ހަދިޔާކުރާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް