ކ. މާލެ
|
3 ފެބްރުއަރީ 2017 | ހުކުރު 23:09
ޕޮލިސް ހެޑްކުއާޓާސް
ޕޮލިސް ހެޑްކުއާޓާސް
މުހައްމަދު ޝަރުހާން
މޯލްޑިވްސް ޕޮލިސް ސާވިސް
އުމުރު ނުފުރޭ ކުދިން ސައިކަލް ދުއްވުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން: ޕޮލިސް
2016 ވަނަ އަހަރު އެކްސިޑެންޓްތަކުގައި މަރުވާ މީހުންގެ އަދަދު ދެ ގުނަ ވަނީ ދަށަށް ގޮސްފަ: ޕޮލިސް

އައްޑޫސިޓީގެ މަގުތަކަކީ މުޅި ރާއްޖޭގެ ނިސްބަތުން ވެސް ނުރައްކާތެރި ބޮޑެތި އެކްސިޑެންޓްތަކެއް ހިނގައި އެތައް ބައެއްގެ ފުރާނަ ގެއްލިގެން ގޮސްފައިވާ މަގުތަކެކެވެ. އެ މަގުތަކުގައި ހިނގާފައިހުރި ބޮޑެތި އެކްސިޑެންޓްތަކުގެ ސަބަބުން މީހުންގެ ފުރާނައަށް ގެއްލުން ލިބުމުގެ އިތުރުން ވެހިކަލްތަކަށް ބޮޑެތި ގެއްލުންތައް ލިބިފައި އެބަހުއްޓެވެ.

 

އައްޑޫ ސިޓީގައި އެކްސިޑެންޓްތައް މަދުކުރުމުގެ ގޮތުން ގުޅިފައިވާ ރަށްތަކުގައި ތާރު އަޅައިގެން ހަދާފައިވާ މަގުތަކުގައި ހައުސިން މިނިސްޓްރީ އާއި އެމްއާރްޑީސީން ހަރުކުރި ސްޕީޑް ބްރޭކަރުތަކުގެ ތެރެއިން ބައެއް ބްރޭކަރުގެ ތަންތަންކޮޅު ނެއްޓިފައި ހުރުމުގެ ސަބަބުން ވެސް ގިނަ އެކްސިޑެންޓްތަކެއް ހިނގާފައި އެބަހުއްޓެވެ. ގިނަ ދުވަސް ތަކަކަށް ފަހު މި ބްރޭކަރުތައް މަރާމާތު ކުރުމުގެ މަސައަކަތް މިހާރު ވަނީ ފަށާފައެވެ.

 

އައްޑޫ ސިޓީގެ ކޮމާންޑާ ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް ޖަމްޝީދު އަލީ ވިދާޅުވީ 2014 ވަނަ އަހަރާ 2015 ވަނަ އަހަރަށް ވުރެ 2016 ވަނަ އަހަރު ނުރައްކާތެރި އެކްސިޑެންޓްތަކުގެ މައަސަލަތައް ވަރަށް މަދުވެފައިވާ ކަމަށާއި އާންމު ރައްޔިތުން މިކަމަށް ހޭލުންތެރި ވަމުން އަންނަތަން ވަރަށް ބޮޑަށް ފެންނަމުންދާ ކަމަށެވެ.

 

ނިމިގެން ދިޔަ ދެ އަހަރު ތެރޭގައި އެކްސިޑެންޓް ވެގެން ކޮންމެ އަހަރަކު ވެސް 6 މީހުން މަރުވެފައިވާކަން ފާހަގަ ކުރައަވަމުން ޖަމްޝީދު ވިދާޅުވީ 2016 ވަނަ އަހަރު އެކްސިޑެންޓްތަކުގައި މަރުވާ މީހުންގެ އަދަދު ދެ ގުނަ ދަށަށް ގޮސަފައިވާ ކަމަށެވެ.

 

ޖަމްޝީދު ވިދާޅުވީ މިދިޔަ އަހަރު ކުރެވުނު މަސައްކަތުގެ ތެރެއިން މިހާތަނަށް ރަނގަޅު ފެންވަރުގައި ހެދިފައި ހުރި ހުރިހާ މަގުތަކަކަށް ވަނީ ބަދަލުތައް ގެނެވިފައި ކަމަށެވެ. އެގޮތުން މަގުތަކުގައި ހަރުކުރެވުނު ބިލް ބޯޑުތަކުގެ ސަބަބުން އުޅަނދުތައް ދުއްވާ ސްޕީޑު މަޑުވެފައިވާ ކަމަށެވެ.

 

"އެކްސިޑެންޓްތައް މަދުކުރުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އުމުރު ނުފުރޭ ކުޑަކުދިން އުޅަނދުތައް ދުއްވުން. ގިނަ އެކްސިޑެންޓްތަކުގައި އަނިޔާ ވަނީ އުމުރު ނުފުރޭ ކުޑަކުދިންނަށްކަން ފާހަނގަ ކުރެވޭ،" ޖަމްޝީދު ވިދާޅުވިއެވެ.

 

ޖަމްޝީދް ވިދާޅުވި ފަދައިން އައްޑޫގައި އަންނަނީ އެކްސިޑެންޓުތައް މަދުވަމުންނެވެ. އެގޮތުން ކޮންމެ އަހަރަކު ވެސް ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް މިހާރު މަދެވެ. ކޮންމެ އަހަރެއް ފެށޭ އިރު ވެސް އައްޑޫގައި ހިނގާ އެކްސިޑެންޓްތައް ގިނަ އެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް