ކ. މާލެ
|
21 އޮކްޓޯބަރ 2018 | އާދީއްތަ 21:47
އިނގިރޭސި އަސްކަރީ ބޯޓް
އިނގިރޭސި އަސްކަރީ ބޯޓް
އެމްއެންޑީއެފް
އެމްއެންޑީއެފް
އިނގިރޭސި އަސްކަރީ ބޯޓް އައީ އެހެން ބޯޓަކަށް ސްޕެއާތަކެއް ހިފައިގެން: އެމްއެންޑީއެފް
ސަރުކާރުގެ ކަމާ ގުޅުންހުރި ވުޒާރާތަކުން ގަވައިދުން ހުއްދަ ނަގައިގެން އައި ބޯޓެއް

ހުކުރު ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖެއްސި އިނގިރޭސި ވިލާތުގެ އަސްކަރީ މަތިންދާ ބޯޓަކީ އެހެން ބޯޓަކަށް ބޭނުންވާ ސްޕެއާތަކެއް ހިފައިގެން އައިސްފައިވާ ބޯޓެއްކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ. 

އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހިމް ޢާޒިމް ވިދާޅުވީ ހުކުރު ދުވަހުގެ ހަވީރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސި ބޯޓަކީ ސަރުކާރުގެ ކަމާ ގުޅުންހުރި ވުޒާރާތަކުން ގަވައިދުން ހުއްދަ ނަގައިގެން އައި ބޯޓެއް ކަމަށެވެ.

ހުކުރު ދުވަހު އައި ބޯޓަކީ އާޒިމް ވިދާޅުވި ގޮތުގައި މިމަހުގެ 8 ވަނަ ދުވަހު ތެޔޮ އެޅުމަށް އެއާޕޯޓުގައި ޖެއްސި އަސްކަރީ ބޯޓަކަށް ދިމާވި މައްސަލަތަކެއްގައި "ގްރައުންޑް" ކުރެވިފައިވާތީ އެ ބޯޓް ރަނގަޅުކުރުމަށް ސްޕެއާތަކެއް ހިފައިގެން އައި ބޯޓެކެވެ. 

އަދި 8 ވަނަ ދުވަހު އެއާޕޯޓަށް ޖެއްސި ފްލައިޓަކީ އިންޑޮނޭޝިއާ އަށް އިންސާނީ އެހީ ފޯރުކޮށް ދިނުމަށް ހަރަކާތްތެރިވި ބޯޓެއް ކަމަށް އޭނާ ވިދާޅުވިއެވެ. 



 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
20 އޮކްޓޯބަރ 2018 | ހޮނިހިރު 10:06
ތިދެބޯޓުވެސް
ތިދެބޯޓުވެސް ދައްކާލަންވީނުން
20 އޮކްޓޯބަރ 2018 | ހޮނިހިރު 10:04
ހުސްދޮގު
ހުސްދޮގު