ކ. މާލެ
|
20 އޮކްޓޯބަރ 2018 | ހޮނިހިރު 17:19
މާލޭގައި މީގެ ކުރިން ހިނގާފައިވާ އެކްސިޑެންޓެއް
މާލޭގައި މީގެ ކުރިން ހިނގާފައިވާ އެކްސިޑެންޓެއް
ރާއްޖެއެމްވީ
ނުރައްކާތެރި އެކްސިޑެންޓް
މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކު ހޭނެތިއްޖެ
އެކްސިޑެންޓު ހިނގީ ސައިކަލު ކޮންޓްރޯލް ނުކުރެވިގެން
ސައިކަލު ދުއްވަން އިން ފިރިހެން މީހާގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައި ވޭ

މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކު ހޭނެތިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ހުކުރު ދުވަހު އިރު އޮއްސި 6:25 ހާއިރު އެކްސިޑެންޓު ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުކުރެވި، ހިނގާފައި ދިޔަ ބަންގްލަދޭޝްގެ ފިރިހެނެއްގެ ގައިގައި ޖެހިގެން ކަމަށެވެ. އަދި ސައިކަލު ދުއްވަން އިނީ ދިވެހި ފިރިހެނެއް ކަމަށެވެ.

އޮފިސަރު ވިދާޅުވީ ދެ މީހުންނަށް ވެސް އަނިޔާވި ކަމަށާއި، މިހާރު ދެމީހުންނަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. ނަމަވެސް މިއެކްސިޑެންޓުގެ އިތުރު ތަފްސީލެއް އޮފިސަރު ނުދެއްވައެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިއެކްސިޑެންޓު ގައި ސައިކަލު ދުއްވަން އިން ފިރިހެން މީހާގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާ ކަމަށާއި، ލިބުނު އަނިޔާގެ ސަބަބުން އޭނާ އޮތީ ހޭނެތިފައެވެ. އަދި ޕާކްކޮށްފައި ހުރި ސައިކަލުތަކުގެ މަތީގައި ތިބި ބަޔަކަށް ވެސް އަނިޔާވި ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.

ސޯސަން މަގުގައި ހުންނަ އެމްޑީޕީ އޮފީސް ކުރިމަތީގައި މިއެކްސިޑެންޓު ހިނގާފައިވާ އިރު ބުރާސްފަތި ދުވަހުގެ ރޭ ސިނަމާލެ ބްރިޖް މަތިން ސައިކަލެއް އޯވަޓޭކް ކުރަން އުޅެނިކޮށް ދެ ސައިކަލުޖެހި ހިނގި އެކްސިޑެންޓެއް ގައި ތިން މީހަކަށް ވަނީ އަނިޔާވެފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް