ކ. މާލެ
|
19 އޮކްޓޯބަރ 2018 | ހުކުރު 18:29
ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ)
ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ)
މަޖިލިސް
މުހައްމަދު އަބްދުﷲ (މުހައްމާ)
ކޮމެޑީ ފިލްމު ކުޅެން ރައީސް ޔާމީން ވަރުގެ މޮޅު މީހަކު ނުދެކެން: މުހައްމާ
ރައީސް ޔާމީނާއި ގުލޭ ކޮމެޑީ ސީރީޒްތަކެއް ނެރެވޭނެ ކަމަށް ވިދާޅުވި

ކޮމެޑީ ފިލްމު ކުޅުމަށް ރައީސް އަބްދުﷲ ޔާމީން ވަރުގެ ކުޅަދާނަ މޮޅު އެހެން ބޭފުޅަކު ނުދެކޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވިދާޅުވެއްޖެއެވެ.

މީގެ ކުރިން ކޮމެޑީ ފިލްމުތަކުންވެސް މަޝްހޫރުކަން ހޯއްދަވާފައިވާ މުހައްމާ ވިދާޅުވީ ރައީސް ޔާމީނަކީ ވަރަށް ޖޯކު ކަންތައްތައް ކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި އެކަމަކީ ކުރެވެން އޮތް ކަމެއް ނަމަ ރައީސް ޔާމީނަށް ލީޑްރޯލް ދެއްވައިގެން ހަމަ މިހާރުވެސް ކޮމެޑީ ފިލްމެއް ޕްރޮޑިއުސްކުރަން ތައްޔާރަށް ހުންނެވި ކަމަށް މުހައްމާ ވިދާޅުވިއެވެ.

މުހައްމާ ވިދާޅުވީ އަނގޮޓިއަކާއި ގަލަމެއް މީހަކު ރާއްޖެ އެތެރެކުރުމަކީ ސުޕްރީމް ކޯޓަށް ވައްދަންޖެހޭ މައްސަލައެއް ނޫން ކަމަށެވެ. ޖިނާއީ ތަހުޤީގެއް ހިންގަންޖެހޭ މައްސަލައެއް ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވުން މުހައްމާ ސިފަ ކުރެއްވީ ކޮމެޑީ ފިލްމެއްގެ ގޮތުގައެވެ.

ރިޔާސީ އިންތިޚާބުން ނާކާމިޔާބާއި ކުރިމަތި ލައްވަން ޖެހިވަޑައިގަތުމުން ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ކަންކަމުގެ މައްޗަށް ހައެއްކަ ކޮމެޑީ ސީރީޒް ތައްޔާރުކޮށްލެވޭނެ ކަމަށް މުހައްމާ ވިދާޅުވިއެވެ.

މުހައްމާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީންގެ ވަކީލުން ދެއްކެވި ވާހަކަތަކުން އެނގިގެންދިޔައީ ވޯޓު އޮޅުވާލުމަށްޓަކައި ސީދާ އެމަނިކުފާނު ކޮށްފައި ހުރި ކަންތައްތައް ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނަށް ކިތަންމެ ވަފާތެރި ބޭފުޅުންތަކެއް ކަމުގައިވިޔަސް، މިވަރުގެ ޖޯކު ކަމަކަށް ބޭއިންސާފުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންވެސް ހުކުމް ނުކުރައްވާނެ ކަމަށް މުހައްމާ ވިދާޅުވިއެވެ.

މުހައްމާ ވިދާޅުވީ ކޮންމެ ވޯޓު ފޮއްޓެއް ކައިރީ އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންގެ ގޮތުގައި ތިބީ ރައީސް ޔާމީނަށް ތާއީދު ކުރާ ބަޔަކު ކަމަށެވެ. އަދި އަނގޮޓިއެއް ބޭނުންކުރިނަމަ ބޭނުންކުރާނީވެސް އެމީހުން ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް