ކ. މާލެ
|
19 އޮކްޓޯބަރ 2018 | ހުކުރު 18:32
ރިޔާޒް ރަޝީދު، ރައީސް ޔާމީނާއެކު
ރިޔާޒް ރަޝީދު، ރައީސް ޔާމީނާއެކު
ރައީސް އޮފީސް
އިންތިހާބީ ރައީސް ސޯލިހު
ރިޔާޒް ރަޝީދުގެ ސުވާލެއް: ރައީސް ސޯލިހަށް 11 ނޮވެމްބަރުގައި ހުވާ ނުކުރެވޭނެކަމަށް ބުނީ ކާކު؟
އިބޫއަށް 11 ނޮވެމްބަރުގައި ހުވަކުރެވެންވާނެކަމަށް މޫސަވެސް ވަނީ ވިދާޅުވެފައި

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، 11 ނޮވެމްބަރުގައި ހުވާ ނުކުރެވޭނެކަމަށް ބުނީ ކާކުތޯ ޕީޕީއެމްގެ ޕާލިމެެންޓްރީ ގުރޫޕްގެ ނައިބް ލީޑަރު ރިޔާޒް ރަޝީދު ސުވާލުކުރައްވައިފި އެވެ. 

އިންތިހާބީ ރައީސް ސޯލިހަށް 11 ނޮވެމްބަރުގައި ހުވާ ކުރެވެންޖެހޭނެ ފަދަ މޭރުމަކު ރިޔާޒް ރަޝީދު ކުރެއްވި ޓުވީޓްގައި ސުވާލުކުރައްވާފައިވަނީ ރައީސް ސޯލިހަށް 11 ނޮވެމްބަރުގައި ހުވާ ނުކުރެވޭނެކަމަށް ބުނީ ކާކުތޯއެވެ. އަދި ރިޔާޒް ރަޝީދު ވަނީ ރައީސް ސޯލިހަށް 11 ނޮވެމްބަރުގައި ހުވާ ކުރެވެންޖެހޭނެ ކަމަށް ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވި ވާހަކަފުޅު ހިމެނޭ ހަބަރު ރީޓުވީޓްވެސް ކުރައްވާފަ އެވެ. 

އިންތިހާބުގެ ނަތީޖާއަށްފަހު ރިޔާޒު ރަޝީދައި، ޕީޕީއެމާއި ދެމެދު މައްސަލަތައްޖެހެން ފަށާފައިވާއިރު، ރިޔާޒު ރަޝީދު ޕީޕީއެމްގެ ޕާލިމެންޓްްރީ ގުރޫޕްގެ ނައިބް ލީޑަރުކަމުން ވަކިކުރަން އުޅޭކަމުގެ އަޑުތައްވެސް ފެތުރިފައިވެއެވެ. އަދި ރިޔާޒް ރަޝީދުގެ ސުލޫކީ މައްސަލައެއް ބަލަމުންދަކަމުގެ އަޑުތައްވެސް ފެތުރިފައިވެއެވެ. 

އިންތިހާބީ ރައީސް ހުވާކުރެއްވުމުގެ ތާރީހާއި ގުޅޭގޮތުން ސުވާލުތައް ފެންމަތިވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކު ވެސް ވަނީ އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ޗެއަރ އަދި އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފާއި ޓްރާންސިޝަން ކޮމެޓީގެ ޗެއަރ ޢަބްދުﷲ ޝާހިދުއާ އެކު ބޭއްވެވި ބައްދަލުވުމަށްފަހު އިންތިހާބީ ރައީސަށް 11 ނޮވެމްބަރުގައި ހުވާކުރެވެންވާނެކަމަށް ވިދާޅުވެފަ އެވެ. 

މޫސަ ވިދާޅުވީ ރާއްޖޭގެ ޖުމްހޫރީ ދުވަހަކީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަސް ކަމަށްވާ އިރު އެ ދުވަހު އިންތިޚާބީ ރައީސް ސޯލިހަށް ހުވާކުރެއްވެން ޖެހޭނެ ކަމަށެވެ. އަދި އެކަމުގެ ލަފާ މަޖިލީހުގެ ރައީސަށް އަރުވާނެ ކަމަށާއި ގޮތެއް ނިންމަވާނީ މަޖިލީހުގެ ރައީސް ކަމަށެވެ.

މޫސަ ވިދާޅުވީ 2013 ވަނަ އަހަރު ދިމާވީ މުޅިން އެހެން ހާލަތެއް ކަމަށާއި އެހެން ދިމާވާ ހާލަތަކުން ޤާނޫނު އަސާސީގައި ބުނާ ކަންތައްތަކަކަށް ބަދަލު އަންނަން ޖެހޭނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.

އެގޮތުން 2013 ވަނަ އަހަރު ވެސް އިންތިޚާބީ ރައީސަކު ނެތް ހާލަތުގައި މަޖިލީހުގެ ރައީސް އެމަޤާމް އަދާކުރައްވަން އޮންނަ އޮތުމާ އެއްގޮތަށް އޭރުގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ހުވާ ކުރައްވަން ތާއީދު ކުރެއްވިކަން ފާހަގަ ކުރައްވަމުން އެކަން އޭރު ބަދަލުވެގެން ދިޔައީ ސުޕްރީމް ކޯޓުން ނެރުނު އަމުރުން ކަމަށް މޫސަ ވިދާޅުވިއެވެ.

އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހަކީ ވެސް ދައުލަތުގެ އެއްބާރަށް ވެފައި މަޖިލީހަކީ ހުރިހާ ރައްޔިތުން އިންތިޚާބުކުރާ މެމްބަރުންތަކެއް ތިއްބަވާއިރު އެހެން ފަރާތަކުން މަޖިލީހުގެ ބާރަށް އެރޭ ފަދަ ގޮތަކަށް ކަންކަން ވެގެން ނުވާނެ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

މި އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހަކީ ދިވެހި ޖުމްހޫރިއްޔަތަށް 50 އަހަރުު ފުރޭ ދުވަހެވެ. އެ ސަބަބާއިހުރެވެސް ރައީސް ސޯލިހަށް 11 ނޮވެމްބަރުގައި ހުވާކުރެއްވުމުގެ ފުރުސަތު ލިބިދޭންޖެހޭނެކަމަށް ގިނަ ބަޔަކު ގެންދަނީ ބުނަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް
19 އޮކްޓޯބަރ 2018 | ހުކުރު 19:19
އަމީލް
Hehe