ކ. މާލެ
|
20 އޮކްޓޯބަރ 2018 | ހޮނިހިރު 17:16
އިންތިޚާބުގެ ކާމިޔާބު ފާގަހަ ކުރުމަށް ގަލޮޅުގައި ބޭއްވި ހަފްލާގައި އިބްރާހީމް މުހައްމަދު ސާލިޚް ކުޑަކުއްޖަކާ އެކު ފޮޓޯއެއް ނަންގަވަނީ
އިންތިޚާބުގެ ކާމިޔާބު ފާގަހަ ކުރުމަށް ގަލޮޅުގައި ބޭއްވި ހަފްލާގައި އިބްރާހީމް މުހައްމަދު ސާލިޚް ކުޑަކުއްޖަކާ އެކު ފޮޓޯއެއް ނަންގަވަނީ
މުހައްމަދު ޝަރުހާން
އިންތިޚާބީ ރައީސް ސޯލިހު
އިންތިހާބީ ރައީސް ބައިވެރިވެ ވަޑައިގަންނަވާ ޚާއްސަ އިވެންޓެއް މިއަދު ހަވީރު!
މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހު ހަވީރު 4:00 ގައި އެމްޑީޕީ ހަރުގޭގައި

އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސާލިޙް ބައިވެރިވެ ވަޑައިގެންނަވާ ޚާއްސަ އިވެންޓެއް ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.

މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހު ހަވީރު 4:00 ގައި އެމްޑީޕީ ހަރުގޭގައެވެ. މި ހަރަކާތަށް އާންމުންނަށް ވަނީ ދައުވަތު އަރުވާފައެވެ. މީގެ ކުރިން ވެސް ހުކުރު ދުވަސްތަކުގައި އިންތިހާބީ ރައީސްގެ ކާމިޔާބީ ފާހަގަކުރުމަށް އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުން ގެންދަނީ އެމްޑީޕީ ހަރުގެ ހިމެނޭ ސަރަހައްދުގައި ހަރަކާތްތައް ބާއްވަމުންނެވެ.

ބޮޑު ތަފާތަކުން ރިޔާސީ އިންތިޚާބް ކާމިޔާބު ކުރެއްވުމާ ގުޅިގެން މާލެ އާއި ރާއްޖޭހެ އެކި ކަންކޮޅުތަކުގައި ގެންދަނީ އުފާ ފަޅުކުރުމުގެ ހަފްލާތައް ބާއްވަމުންނެވެ. މާލޭ ގައި ބާއްވާ އުފާ ފާޅުކުރުމުގެ ހަފްލާ ތަކުގައި އިންތިހާބީ ރައީސް އާއި އިންތިޚާބީ ނާއިބް ރައީސް ފައިސަލް ގެންދަ ވަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް