ކ. މާލެ
|
18 އޮކްޓޯބަރ 2018 | ބުރާސްފަތި 15:00
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި މައްސަލާގައި ވަޑައިގަންނަވާ ގާނޫނީ ވަކީލުން
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި މައްސަލާގައި ވަޑައިގަންނަވާ ގާނޫނީ ވަކީލުން
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ރިޔާސީ އިންތިހާބު ބާތިލްކުރުމަށް ހުށަހެޅި މައްސަލަ: ބަޔާންތަކުގައި ސޮއިކޮށްފި، ދެން އޮތީ ހުކުމް!
އަންގާރަ ދުވަހު ވަނީ މައްސަލައިގައި ދީފައިވާ ބަޔާންތަކުގައި ސޮއިކޮށްފައި
ހުކުމް ކުރުމަށް ބާއްވާ ޝަރީއަތް ބާއްވާނެ ދުވަހެއް އަދި ހާމައެެއް ނުކުރޭ
ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ހެކީން ބަލައި ނުގަންނަން ވަނީ ނިންމާފައި

ރިޔާސީ އިންތިހާބުގެ ނަތީޖާއާ މެދު ހިތްހަމަނުޖެހި، އިންތިހާބުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ރިޔާސީ އިންތިހާބު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ދީފައިވާ ބަޔާންތަކުގައި ސޮއިކޮށްފިއެވެ.

ރިޔާސީ އިންތިހާބު ބާތިލް ކުރުމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ތިން ފަރާތަކުން ވަނީ ބަޔާންތަކުގައި ސޮއިކޮށްފައެވެ. ބަޔާންތަކުގައި ސޮއިކުރައްވާފައި ވަނީ ބުދަ ދުވަހުއެވެ.

މި މައްސަލާގައި ހިމެނޭ ތިން ފަރާތަކީ ރިޔާސީ އިންތިހާބު ބާތިލުކުރުމަށް ހުށަހެޅުއްވި ރައީސް ޔާމީންއާ އެ މައްސަލަ ރައްދުވާ އިލެކްޝަންސް ކޮމިޝަނާ އެ މައްސަލައަށް ތަދައްހުލްވި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ގާނޫނީ ވަކީލުންނެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. މި މަހުގެ 13 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަނުން ޖަވާބުދާރީވުމަށް އަންގާފަ އެވެ. އަދި އޭގެ ފަހުން އެ މައްސަލައިގެ ފުރަތަމަ ޝަރީއަތުގެ އަޑުއެހުން މިމަހުގެ 14 ވަނަ ދުވަހު ބޭއްވިއިރު، ދެވަަނަ އަޑުއެހުން މިމަހުގެ 15 ވަނަ ދުވަހު އަދި ތިން ވަނަ އަޑުއެހުން މިމަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ފަހު، ވަނީ ރައީސް ޔާމީން ހުށަހަޅުއްވާފައިވާ ހެކީންގެ ހެކިބަސް ނަގަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވަނީ ނިންމާފަ އެވެ. އަދި މިމައްސަލައިގެ އަޑުއެހުންތަށް އެއަޑުއެހުމާއެކު ނިންމާލާފައިވާއިރު، ދެން އޮތީ ހުކުމް ކުރުމަށް ބާއްވާ ޝަރީއަތެވެ.  

ނަމަވެސް ހުކުމް ކުރުމަށް ބާއްވާ ޝަރީއަތް ބާއްވާނެ ދުވަހެއް ސުޕްރީމް ކޯޓުން އަދި ހާމަކޮށްފައެއް ނުވެއެވެ.

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން 11 ކަމެއް ބަލައި ދިނުމަށް ސްޕްރީމް ކޯޓުގައި އެދުނެވެ. އޭގެތެރޭގައި އިންތިހާބުގެ ނަތީޖާއަށް އަސަރެއް ފޯރާފަދަ އެއްވެސް ކަމެއް ހުށަހެޅިފައެއް ނުވެއެވެ. މުޅިން ވެސް ހުރީ ޝައްކުތަކެކެވެ. އޭގެތެރޭގައި ވޯޓު ކަރުދާހުގައި ކެމިކަލެއް ބޭނުންކޮށްފައިވޭތޯއާއި، ދެލި ފުހެވޭ ގަލަން ބޭނުން ކުރިތޯ އާއި، ހާއްސަ އަނގޮޓިއެއް ބޭނުންކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތަަކެއް ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް