ކ. މާލެ
|
18 އޮކްޓޯބަރ 2018 | ބުރާސްފަތި 17:56
ރާއްޖެޓީވީ ރޯކޮށްލުން
ރާއްޖެޓީވީ ރޯކޮށްލުން
ރާއްޖެ އެމްވީ
ރާއްޖެ ޓީވީ
ރާއްޖެޓީވީ ރޯކޮށްލައިގެން އުޅުނު ދުވަސްވަރު އިބޫގެ އަނބިކަނބަލުން ދެއްވި ޚިޔާލުފުޅަށް ތިން މަސް ވަންދެން އިމާރާތުގައި ގުރުއާން ކިޔެވި: ސައްލެ
ފަޒޫ އަމިއްލަފުޅަށް ގުޅުއްވައި ހިތްވަރު ދެއްވި
ހައްލަކީ ކޮންމެ ދުވަހަކު ގުރުއާން ކިޔުއްވުން ކަމަށް ވިދާޅުވި
ރާއްޖެޓީވީ ރޯކޮށްލާފައިވަނީ 7 އޮކްޓޯބަރ 2013 ވަނަ ދުވަހު

ރާއްޖެޓީވީ ރޯކޮށްލައިގެން އުޅުނު ދުވަސްވަރު ތިން މަސް ދުވަސްވަންދެން އޭރު ރާއްޖެޓީވީ ހިންގި ދެ އިމާރާތުގައި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު(ފަޒޫ)ދެއްވި ޚިޔާލުފުޅަށް ގުރުއާން ކިޔެވުން ކުރިއަށް ގެންދިޔަ ކަމަށް ރާއްޖެޓީވީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ.

އިންތިޚާބީ ރައީސް ސޯލިހު ރާއްޖެ ޓީވީ އަށް ވަޑައިގެން އެ ސްޓޭޝަންގެ މުވައްޒަފުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ސައްލެ ވިދާޅުވީ ރާއްޖެޓީވީ ރޯކޮށްލި ދުވަސްކޮޅަކީ އަލިފާނުގެ ހަމަލާތަކާއި މުވައްޒަފުންނަށް ނުރައްކާތަކާއި ކުރިމަތިވެގެން ދިޔަ ދަނޑިވަޅެއް ކަމަށާއި ފަޒޫ އަމިއްލަފުޅަށް ގުޅުއްވައި ހިތްވަރު ދެއްވިކަމަށެވެ. އަދި އެކަމަށް އޮތް ހައްލަކީ ކޮންމެ ދުވަހަކު ގުރުއާން ކިޔެވުން ކަމަށް ވިދާޅުވެފައިވާ ކަމަށް ސައްލޭ ވިދާޅުވިއެވެ.

އަދި އެކަމަނާ އަމިއްލަފުޅަށް އެ ޚިޔާލު ދެއްވުމުން ތިންމަސް ވަންދެން އޭރު ރާއްޖެޓީވީ ހިންގި  ދެ އިމާރާތުގައި ގުރުއާން ކިޔުއްވެވި ކަމަށް ސައްލެ ވިދާޅުވިއެވެ.

"ގުޅުއްވާފައި ވިދާޅުވި ތިހުރިހާ ބިރުވެރިކަމެއް ނާމާންކަމެއް ތިމަންނަ މިދަނީ އިހުސާސް ކުރަމުންނޭ އަދި ތަންކޮޅެއް މަންޒަރުން ދުރުގައި ހުއްޓަސް. ތިކަމުގައި އޮތް އެންމެ ރަނގަޅު ހައްލަކީ ކޮންމެ ދުވަހަކު ގުރުއާން ކިޔެވުމޭ. އޭރު އަޅުގަނޑުމެންގެ އޮފީސް ހިނގަމުންދިޔައީ ދެ އިމާރާތެއްގައި ވަރަށް ދަތި ހާލުގައި. ކޮންމެ ދުވަހަކު ގުރުއާން ކިޔަވާ މީހަކު ހެނދުނު ދެ އިމާރާތުގައި ތިން މަސްދުވަސް ވަންދެން ގުރުއާން ކިޔަވަމުން ގެންދިޔަ. އެފަރާތަކީ(ޚިޔާލު ދެއްވި) އިންތިޚާބީ ރައީސްގެ އަނބިކަނބަލުން ފަޒޫ." ސައްލެ ވިދާޅުވިއެވެ.

ރާއްޖެޓީވީ ރޯކޮށްލާފައިވަނީ 7 އޮކްޓޯބަރ 2013 ވަނަ ދުވަހުއެވެ. ރޯކޮށްލާފައިވަނީ ރާއްޖެޓީވީގައި އެވަގުތު ޑިއުޓީއަށް ހުރި ބިދޭސީ މީހާއަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލުމަށްފަހުއެވެ.

ސައްލެ ވިދާޅުވީ މިހާރުވެސް އިންތިޚާބީ ރައީސް ސޯލިހުގެ އަނބިކަނބަލުންނަކީ ސްޓޭޝަންގެ މުއައްޒަފުންނާއި ވަރަށް ގާތްކޮށް ކަންތައްތައް ބަހައްޓަވަމުން ގެންދަވާ ބޭކަނބަލެއް ކަމަށެވެ. އަދި އެއީ ސްޓޭޝަނަށް ލިބުނު ވަރަށްބޮޑު ހިތްވަރެއް ކަމަށް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
18 އޮކްޓޯބަރ 2018 | ބުރާސްފަތި 14:33
ދެން އިންސާފުލިބުންތަ
ދެން އިންސާފުލިބުންތަ، ކިޔަވައިގެން