ކ. މާލެ
|
19 އޮކްޓޯބަރ 2018 | ހުކުރު 16:42
މާލޭ ބޮޑުތަކުރުފާނު މަގު
މާލޭ ބޮޑުތަކުރުފާނު މަގު
މުހައްމަދު ޝަރުހާން
އީޕީއޭއިން ޖޫރިމަނާކުރުން
ބޮޑު ތަކުރުފާނު މަގުގައި ހުރި ގަސްތައް ކެނޑުމުން ހައުސިންގ މިނިސްޓްރީ ޖޫރިމަނާކޮށްފި
ޖޫރިމަނާކޮށްފައިވަނީ 191,250ރ. އިން
30 ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ޖެހޭ

މާލޭގެ ވަށައިގެން ހުރި ރުއްގަސްތައް ހުއްދަ ނެތި ކެނޑުމާއި، އުފުރުމާއި ކޮނެގެން ނެގުމާއި ގުޅިގެން އީޕީއޭ އިން ހައުސިންގ މިނިސްޓްރީ ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ހައުސިންގ މިނިސްޓްރީ ޖޫރިމަނާކޮށްފައިވަނީ އެއްލައްކަ ނުވަދިހަހާސް ރުފިޔާއިންނެވެ.

އީޕީއޭ އިން ބުނީ ރުއްގަސް ކެނޑުމާއި އުފުރުމާއި ކޮނެގެން ނެގުން އަދި އެއްރަށުން އަނެއް ރަށަށް ގެންދިޔުމާބެހޭ ގަވާއިދު ގެ ދަށުން އެކުލަވާލާފައިވާ ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެން ނެގުމާއި އަދި އެއްރަށުން އަނެއް ރަށަށް ގެންދިއުމުގައި ގެންގުޅެންވީ އުސޫލުގެ ދަށުން ނަގަން ޖެހޭ ހުއްދަ ހައުސިންގ މިނިސްޓްރީން ނަގާފައިނުވާ ކަމަށެވެ.

މިފައިސާވެސް ދެއްކުމަށް ތިރީސް ދުވަހުގެ މުއްދަތެއް އެޗްޕީއޭއިން ވަނީ ދީފައެވެ.

މާލޭގެ ރިންގ ރޯޑް ސަރަހައްދުގެ މަގުތައް ހެދުމަށްޓަކައި ގަސްތަށް ކަނޑަން ފަށާފައިވަނީ މިއަހަރުގެ މާރޗު މަހުގެ ތެރޭގައެވެ. ގަސްތައް ކަނޑަމުން ދިއުމާ ގުޅިގެން ގިނަ ބަޔަކު ހާއްސަކޮށް ތިމާވެށީގެ ދާއިރާގައި މަސައްކަތް ކުރާ އެކްޓިވިސްޓުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިކަމާ ގުޅިގެން އޭރު ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ، ތާރުއަޅައިގެން ހަދާ ބޮޑުތަކުރުފާނު މަގު ސަރަހައްދުގައި 450 ގަސް އިންދާނެ ކަމަށެވެ. އެގޮތުން މާލޭ އިންޑަސްޓްރިއަލް ވިލޭޖުން ފެށިގެން ހުޅުމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި މިގަސްތައް އިންދޭނެ ކަމަށެވެ. އެހެން ނަމަވެސް މަގުގައި ތާރު އަޅާ އެސަރަހައްދު އާންމުންނަށް ހުޅުވާލިއިރުވެސް އެގަސްތަކެއް މިހާ ހިސާބަށް އައިއިރު އިންދާފައެއް ނުވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
18 އޮކްޓޯބަރ 2018 | ބުރާސްފަތި 21:39
ޗައިނާޓައުން
ޗައިނާޓައުން