ކ. މާލެ
|
18 އޮކްޓޯބަރ 2018 | ބުރާސްފަތި 05:26
ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު
ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު
ސިމާހާ ނަސީމް
ފަލަސުރުހީ
ރައީސް ޔާމީން ރައްޔިތުންގެ ކިބައިން މާފަށް އެދެންޖެހޭ: މަލީހު
މިފާއިތުވެގެންދިޔަ ފަސް އަހަރު ރައްޔިތުންނަށް ވަނީ ބަނަ ދުވަސްތަކެއް ފެނިފައި
ރައީސް ޔާމީން ވަނީ ހިތްފުޅާނުވާ ވާހަކައެއް ވިދާޅުވާ ބޭފުޅުންނަށް ނުހައްގުން އަނިޔާދީފައި
މިގައުމުގައި އަދުލްއިންސާފު ނިޒާމުގެ ގަނޑުބަނޑުކުރީ މިވެރިކަމުގައި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދިވެހި ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގަންނަވަން ޖެހޭ ކަމަށް ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަލީހު ވިދާޅުވީ މިފާއިތުވެގެންދިޔަ ފަސް އަހަރު ރައްޔިތުން ހައްގުތައް ނިގުނައިގެނެ އެރައްޔިތުންނަށް ބަނަ އެތައް ދުވަސްތަކެއް މިސަރުކާރުން ދައްކާފައިވާ ކަމަށެވެ. މަލީހު ވިދާޅުވީ ރައީސް ޔާމީންގެ ހިތްފުޅާނުވާ ވާހަކައެއް ވިދާޅުވާ ބޭފުޅުންނަށް ނުހައްގުން އަނިޔާދީފައިވާ ކަމަށާއި، މިގައުމުގައި އަދުލްއިންސާފު ނިޒާމުގެ ގަޑުބަޑުކުރީ މިވެރިކަމުގައި ކަމަށެވެ.

ރާއްޖެއަކީ ވަކިބަޔަކު ލޫޓުވާފައިވާ ގައުމެއްކަން ފާހަގަކުރައްވައި މަލީހު ވިދާޅުވީ މިފާއިތުވި ފަސް އަހަރު ގައުމުގައި ހިނގި ގިނަކަންކަމުން ރައީސް ޔާމީން ރައްޔިތުންގެ ކިބައިން މާފަށް އެދެންޖެހޭ ކަމަށެވެ.

"އެމަނިކުފާނާއި ގާތްކޮށް މަސައްކަތް ކުރެއްވި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު ނާޒިމަށް ބެއްލެވިކަމުގައި ވިޔަސް އެމަނިކުފާނުގެ އެއްބަފާ ރައީސް މައުމޫނަށް ބެލިކަމުގައި ކަމުގައި ވިޔަސް، ރައީސް ޔާމީންއަށް ވެރިކަން ހޯއްދަވައިދެއްވުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ކުރީގެ ނައިބްރައީސް ޑރ ޖަމީލަށް ބެލިކަމުގައި ވިޔަސް އޭގެ ފަހުން ވެސް ވަރަށް ގިނަ ބޭބޭފުޅުންނަށް އަނިޔާ ދީފައިވާ ބޭފުޅެއް." މަލީހު ވިދާޅުވިއެވެ.

ރައީސް ޔާމީން ވެރިކަން ކުރެއްވީ ޑިމޮކްރަސީގެ ރީތި އުސޫލުން ނޫންކަން ފާހަގަކުރައްވާ މަލީހު ވިދާޅުވީ ވެރިކަން ބަދަލުވާ މަރުހަލާގައި ވެސް ރައީސް ޔާމިން މަސައްކަތްފުޅު ކުރައްވަނީ އަނިޔާވެރިކަން އިސްކުރަން ކަމަށެވެ.

މަލީހު ވިދާޅުވީ ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ބަލިވެފައިވާއިރު، ރައްޔިތުންގެ ކުރިމަތީގައި މުހާތަބުކުރައްވަނީ ދެފަހަރު ދެގޮތަށް ކަމަށެވެ. ބަލިގަބޫލު ކުރެއްވި ކަމުގެ މާނަ ދޭހަވާ ގޮތަށް މުހާތަބު ކުރެއްވި ނަމަވެސް ސާދާ ރީތި ބަހުން ބަލި ގަބޫލުކޮށް ހެއްދެވި ގޯސްތަކަށް ރައްޔިތުންގެ ކިބައިން މާފަށް އެދިފައި ނުވާ ކަމަށް އޭނަ ވިދާޅުވިއެވެ.

ގައުމަށް ހެޔޮ އެދި ރައްޔިތުންގެ ދެކެ ލޯބިވާނަމަ ރައްޔިތުންގެ ކިބައިން މާފަށް އެދެންޖެހޭ ކަމަށާއި، ވެރިކަން ބަދަލުވާ މިމަރުހަލާގައި އިންތިޚާބީ ރައީސް އަށް އެއްބާރުލުންދީގެން ރީތިކޮށް ކަންކަން ނިންމަންޖެހޭ ކަމަށް މަލީހު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
18 އޮކްޓޯބަރ 2018 | ބުރާސްފަތި 03:45
މުހުންމަދު
ބަލަމަލީހޫ ވަކިމަގާމެއްފުރުއްވުމަކީ ނުވަތައާއިލީގުޅުމަކީ ޤާނޫނާއި ޚިލާފްވުމުގެ ހުއްދައެއްކަމަށް ޤަބޫލުފުޅުކުރަށްވަނީތޯއެވެ. ކޮންމެއާއިލީގުޅުމެއް އޮތަސް އަދިކޮންމެ ޚިދްމަތެއް ޤައުމަށްކޮށްދިނަސް ކުށެއްކުރުމުން އިސްތިސްނާކުރެވޭޤާނޫނެއް އޮވެގެން ނުވާނެ. އަދަބުލިބެންޖެހޭނެ