ކ. މާލެ
|
17 އޮކްޓޯބަރ 2018 | ބުދަ 23:57
ހުޅުމާލެ: އެ ރަށް ތަރައްގީކޮށް ބެލެހެއްޓުމުގެ ޒިންމާ އޮތް ކުންފުނިން ރައީސް ޔާމީންގެ ކެމްޕޭނަށް ވަނީ ހަރަދުކޮށްފައި
ހުޅުމާލެ: އެ ރަށް ތަރައްގީކޮށް ބެލެހެއްޓުމުގެ ޒިންމާ އޮތް ކުންފުނިން ރައީސް ޔާމީންގެ ކެމްޕޭނަށް ވަނީ ހަރަދުކޮށްފައި
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ކޮރަޕްޝަންގެ މައްސަލަތައް
ކެމްޕޭނަށް ހަރަދު ކުރި ގޮތް ބަލަން އެޗްޑީސީން އިންޓާނަލް އޮޑިޓެއް ފަށައިފި
ކެމްޕޭނަށް މުދާ ގަނެ، ކެއިން ބުއިމަށް މިލިއަން ހަރަދު ކުރި
ހުޅުމާލެ ޕީޕީއެމް މައި ޖަގަހައަށް ހަރަދު ކުރީ އެޗްޑީސީން
އޮޑިޓާ ޖެނަރަލް ވެސް ވަނީ ހާއްސަ އޮޑިޓެއް ކުރަން ނިންމާފައި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މެދުވެރިކޮށް ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭނަށް ހަރަދު ކުރި ގޮތް ބަލަން އެ ކުންފުނިން އިންޓާނަލް އޮޑިޓެއް ފަށައިފިއެވެ.

އެނގިފައިވާ ގޮތުގައި އެ އޮޑިޓު ފަށާފައި ވަނީ އެ ކުންފުނީގެ ޗެއާމަން މުހައްމަދު ޝާހިދުގެ އެންގެވުމަށެވެ. އެ އޮޑިޓުގައި ބަލަނީ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭނަށް ހަރަދު ކުރި ގޮތާއި އެކަން ކުރަން އެންގި ފަރާތްތަކެވެ.

ނަންހާމަ ނުކުރުމަށް ޝަރުތުކޮށް އެޗްޑީސީގެ އިސް މުވައްޒަފަކު ވިދާޅުވީ އެ އޮޑިޓް ފަށާފައި ވަނީ މި ހަފްތާގައި ކަމަށާއި އޮޑިޓުން މިހާތަނަށް ފާހަގަވި ކަންތައްތަކުގެ ތެރޭގައި އެ ކުންފުނިން ހަރަދުކޮށްގެން ކެމްޕޭނަށް ތަކެތި ގެނެ، ކެއިންބުއިމަަށް މިލިއަނުން ހަރަދުކޮށްފައިވާކަން ފާހަގަވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ ހުޅުމާލޭގައި ޕީޕީއެމުން ހުޅުވާފައިވާ މައި ޖަގަހައިގެ ހުރިހާ ހަރަދެއް ވެސް ކުރީ އެޗްޑީސީންކަށް ވެސް އެނގިފައިވާ ކަމަށެވެ.

ދައުލަތުގެ މުދަލާއި ފައިސާ ހަރަދު ކޮށްގެން އެޗްޑީސީން ރައީސް ޔާމީންގެ ކެމްޕޭން ކުރި މައްސަލަ ބެލުމަށް ހާއްސަ އޮޑިޓެއް ކުރުމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ވެސް ވަނީ ނިންމާފައެވެ. ދައުލަތުގެ މުދަލާއި ފައިސާ އާއި ވަސީލަތްތައް ބޭނުންކޮށްގެން މީހަކަށް މަންފާވާ ގޮތަށް އެއްވެސް ކަމެއް ކުރުމަކީ ކޮރަޕްޝަންގެ އަމަލެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް