ކ. މާލެ
|
17 އޮކްޓޯބަރ 2018 | ބުދަ 19:16
ވަދާއީ ހިތާބުދެއްވުމަށް ރައީސް ޔާމިން ޕްރެސް ރޫމަށް ވަޑައިގަންނަވަނީ
ވަދާއީ ހިތާބުދެއްވުމަށް ރައީސް ޔާމިން ޕްރެސް ރޫމަށް ވަޑައިގަންނަވަނީ
ރައީސް އޮފީސް
ރައީސް ޔާމީން
ރައީސް ޔާމީނަކީ ޤައުމު ދޫކުރައްވާ ފިއްލަވާނެ ބޭފުޅެއް ނޫން: އަބްދުއްރަހީމް
ރައީސް ޔާމީން އަބަދުވެސް މަސައްކަތްކުރައްވާނީ އުސޫލުތަކުގެ ތެރެއިން

މަޤާމުން ދުރަށް ވަޑައިގަންނަވާ އަބްދުﷲ ޔާމީނަކީ ޤައުމު ދޫކުރައްވާ ފިއްލަވާނެ ބޭފުޅެއް ނޫންކަމަށް ޕީޕީއެމްގެ ނައިބް ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ އަބްދުއްރަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީނަކީ ޤައުމު ދޫކުރައްވާ ފިއްލަވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި ރައީސް ޔާމީން އަބަދުވެސް މަސައްކަތްކުރައްވާނީ އުސޫލުތަކުގެ ތެރެއިން ޤައުމާއި ރައްޔިތުންގެ ހައްޤުގައި ކަމަށް އޭނާ ވިދާޅުވި އެވެ. 

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމިން ޤާނޫނީ އިމުގެ ބޭރަށް ވަޑައިނުގަންނަވާނެ ކަމަށެވެ. އަދި އިސްކުރައްވާނީ ދީނާއި ޤައުމިއްޔަތުކަމަށާއި، އެމަނކުފާނު ހުންނަވާނީ ރައްޔިތުންނާއެކުގައި ކަމަށެވެ. 

ރައީސް ޔާމީނަށް ތައުރީފްކުރައްވާ ކުރެއްވި އިތުރު ޓުވީޓެއްގައި އަބްދުއްރަހީމް ވިދާޅުވީ ދިވެހި ތާރީހް ދުށް އެންމެ ހިދުމަތްތެރި ރައީސަކީ، ރައީސް ޔާމީން ކަމަށެވެ. އަދި ރައީސް ޔާމީނަކީ ޤާނޫނު ނަގަހައްތާ ދެމެހެއްޓުމާއެކު އަމިއްލަވަންތަ ސިފަތަކެއްހުރި، ޤައުމު ބިނާކުރެއްވި ބޭފުޅޭއްކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ރައީސް ޔާމީނަކީ ފިއްލަވާނެ ބޭފުޅޭއް ނޫންކަމަށް އަބްދުއްރަހީމް ވިދާޅުވިއިރު، ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ވަދާއީ ހިތާބު އިއްވަވާފަ އެވެ. އެ ހިތާބުގައި އެމަނިކުފާނު ވަނީ އެމަނިކުފާނާއިމެދު ކަންތައްތައް ކުރައްވާއިރު، އެމަނިކުފާނު ކޮށްދެއްވި ހިދުމަތްތައް ހަނދާނަށް ގެންނެވުމަށް އެދިވަޑައިގެންފަ އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް