ކ. މާލެ
|
17 އޮކްޓޯބަރ 2018 | ބުދަ 14:17
ރައީސް ޔާމީން: ކުއްލި ގޮތަކަށް ވަނީ ޤައުމާ މުޚާތަބު ކުރައްވާފައި
ރައީސް ޔާމީން: ކުއްލި ގޮތަކަށް ވަނީ ޤައުމާ މުޚާތަބު ކުރައްވާފައި
ރާއްޖެއެމްވީ
ރައީސް ޔާމީން
އަޅުގަނޑު އަބަދުވެސް އިސްކަން ދިނީ ޤައުމުގެ ސަލާމަތަށް: ރައީސް ޔާމީން
އަޅުގަނޑު މަސައްކަތްކުރީ ބޭރުގެ ފަރާތްތަކުން ނުފޫޒް ފޯރުވިޔަ ނުދިނުން
އެންމެ މުހިއްމުކަމެއް ދެއްވާފައި ވާނީ ޤައުމީ ސަލާމަތަށް
ކޮމަންވެލްތުން ވަކިވީ ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން

އަބަދުވެސް އެންމެ އިސްކަމެއް ދެއްވީ ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ކަމުގައި, ރިޔާސީ އިންތިހާބުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ކުއްލި ގޮތަކަށް ޤައުމާ މުޚާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ޔާމީން ބުދަ ދުވަހު ވިދާޅުވީ ކުޑަކުޑަ ދައުލަތަކުން ކުރިއެރުމަށާއި އަމިއްލަ ފައިމައްޗަށް ތެދުވަން މިކުރާ މަސައްކަތުގެ ތެރޭގައި މިކުރެވޭ މަސައްކަތަކީ މިޤައުމުގެ އިސްތިޤްލާލް ދަމަހައްޓަން ކުރާ މަސައްކަތް ކަމަށެވެ. މި މަސައްކަތުގެ ތެރެއިން އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތުގެ ތެރެއިން ވެސް އަދި ދާޚިލީ ސިޔާސަތުގެ ތެރެއިން ވެސް އެއްވެސްވަރަކަށް ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ކަން ކަމަށް ބަސްބުނުމުގެ ފުރުސަތު ނުދިނުން ކަމަށާއި ދިވެހިރާއްޖޭގެ މިނިވަންކަން ދަމަހައްޓައި ދިވެހިރާއްޖޭގެ ސިޔާސަތު ދަމަހެއްޓުން އަދި ދިވެހި ވަންތަކަން ދެމަހެއްޓުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އިންތިހާބަށް ފަހު ދެ ވަނަ ފަރަހަށް ގައުމާ މުހާތަބުކުރައްވައި ދެއްކެވި ފާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވީ ބަލައިލި ކޮންމެ ދިމާއަކުން ވެސް ފެންނަނީ ބޭރުގެ ފަރާތްތަކުގެ ސަމާލުކަން ހުއްޓިފައިވާ މިންވަރު ކަމަށާއި މިކަންކަން ކުރުމުގެ ތެރޭގައި އެންމެ މުހިއްމު ކަމެއް ދެއްވީ ޤައުމީ ސަލާމަތަށް ކަމަށެވެ. އަދި އަމިއްލަ ފުދުންތެރިކަމާއި އަމިއްލަ ފައިމައްޗަށް ތެދުވުމަކީ ޤައުމީ ސަލާމަތައް ކުރެވޭނެ އެންމެ މުހިއްމު މަސައްކަތް ކަމަށާއި އެހެން ނޫނީ ކޮންމެ ކަމެއްގައި ވެސް ޖެހޭނީ އެހެން މީހުންގެ އެހީތެރިކަން ހޯދަން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެގޮތުން ޖީއެމްއާރު ބޭރުކޮށްލުމަށް ކުރި މަސައްކަތަކީ ވެސް އެފަދަ މަސައްކަތެއް ކަމުގައި ފާހަގަ ކުރެއްވިއެވެ.

ބޭރުގެ ޤައުމުތަކާ ގުޅުން ބަދަހި ކުރެއްވިކަމާއި ކޮމަންވެލްތުން ވަކިވީ ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ކަން ފާހަގަ ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ ކުޑަ ޤައުމަކަށް އެންމެ މުހިއްމުވާނީ ޤައުމީ ސަލާމަތު ރައްކާތެރިކަމާ އެކީގައި ދެމެހެއްޓުން ކަމަށެވެ. ސަރުކާރުން ހުރިހާކަމެއްވެސް ކޮށްފައިވާނީ ޤައުމީ ސަލާމަށް އިސްކަން ދީގެން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.  

އިންތިޚާބެއް ނިމިގެންގޮސް ރަސްމީ މަސައްކަތުގެ އެންމެ ފަހުން މިހިނގާ ދުވަސްކޮޅުގެ ތެރޭގައި ވެސް އިސްކުރެވިފައި ވަނީ ޤައުމީ މަސްލަހަތު ތޯ ނުވަތަ ފަރުދީ މަސްލަހަތުތޯ ޚިޔާލަށް ގެންނަން ޖެހިފައިވާ ކަމަށް ވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ ދިވެހި ރައްޔިތުންނަކީ މައުސޫމް ބައެއް ނަމަވެސް ޤައުމުގެ ކަންކަމުގައި އިސްކޮށް ތިބޭ މީހުން ޤައުމީ މަސްލަހަތު ހަވާސާގައި ބާއްވާފައި މަސައްކަތްކުރުމުން ޤައުމަކަށް ހަމަޖެހުމެއް ނާންނާނެ ކަމަށެވެ.

"ހުރިހާ ދިމާލަކުން ވެސް ފެނިގެންދަނީ ޤައުމީ މަސްލަހަތު ހަވާސާގައި ބާއްވާފައި އަމިއްލަ ވަންތަ ސިފަތައް އިސްކުރާތަންއަޅުގަނޑުގެ ޒައާމަތުގައި  އަޅުގަނޑުގެ ސަރުކާރުގައި އެކަމަށް ޖާގަދޭން ބޭނުންނުވި. އެކިއެކި ފިޔަވަޅު އެކިގޮތައް އެކިއިރު އަޅަންޖެހުނީ އެހެންވެގެން ހުރިހާކަމެއްވެސް ކުރެވޭތޯ ބެލީ އުސޫލުތަކެއްގެ ތެރެއިން ހެދިފައިވާ ޤާނޫނުތަކުގެ ތެރެއިން. ނަމަވެސް މިއަދު އެކަންކަން ދަނީ އަނެއްފުށަށް ޖެހެމުން" ރައީސް ޔާމީން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
17 އޮކްޓޯބަރ 2018 | ބުދަ 11:46
ޕާރާ
ގައުމުގެ ހަމަޖެހުމަކީ ވައްކަންކުރުންތޯ ؟
17 އޮކްޓޯބަރ 2018 | ބުދަ 10:27
ގުނބޯމަދިރި
ރައީސް ޔާމިނޫ... އިރުކޮޅަކާ ގައުމާ މުހާތަބު ކުރަނީޔޭ ކިޔައިގެން ރައްޔިތުންނަށް ކޯންޗެއް ވިސްނައިދޭންތޯ ތިޔައުޅުއްވަނީ؟ ގައުމުގެ ހައްގުގަޔޭ ދީނުގެ ހައްގުގަޔޭ ކިޔައިގެން ރިޕީޓް ކޮއްފަ އެއްވާހަކަ ތަކެއް ތިދައްކަނީ ކޮންބައެއް ގުނބޯ ހައްދަންތޯ، ކިހާދެރަކަމެއް މާމޮޅުކަމެއް މިދިޔަފަސްއަހަރު ކުރެވުނުކަމައްތޯ އަދިވެސް އެވާހަކަ ތިދައްކަނީ ތިދައްކާ ހުރިހާ ހާސަރުތަކަށޭ ރައްޔިތުން ބޮޑުކޮށް ނޫނެކޭ ބުނީ!! ހީ ހީ ހަލާކުވެދާނެ ބަޔަކު!
17 އޮކްޓޯބަރ 2018 | ބުދަ 09:38
ގަމާުރު
މިނިވަންކަންދެމެހެއްޓެނީ ސައުދީއައް ފ އަތޮޅު ވިއްކާ ލުމުންތޯ؟