ކ. މާލެ
|
17 އޮކްޓޯބަރ 2018 | ބުދަ 11:03
މިނިސްޓަރު ޝައިނީ
މިނިސްޓަރު ޝައިނީ
މުހައްމަދު ޝަރުހާން
ސަރުކާރުންގެ އިސްވެރިން
މިނިސްޓަރ ޝައިނީ އާއިލާއާ އެކު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފި
ޝައިނީ ވަޑައިގެން މިވަގުތު ހުންނެވީ ކޮލަމްބޯގައި
ޝައިނީ ވަޑައިގެންނެވީ އަނބިކަނބަލުންނާއި ދެ ކުދިންނާ އެކު
ސަރުކާރުގެ އިސްވެރިންތަކެއް ފުރަން ތައްޔާރުވެފައިވާ ކަމުގެ އަޑުތަކެއް ދަނީ ފެތުރެމުން

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ އިސްކޮށް އުޅުއްވި މިނިސްޓަރ މުހައްމަދު ޝައިނީ، އޭނާގެ އާއިލާއާ އެކު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފިއެވެ.

މިނިސްޓަރ ޝައިނީ، އޭނާގެ އާއިލާއާ އެކު ވަޑައިގެންނެވި ކޮލަމްބޯ އަށެވެ. ޑރ. ޝައިނީ ފުރީ އަންގާރަ ދުވަހުގެ ހަވީރު 16:20ގައި، EK652 ފްލައިޓުންނެވެ. ޝައިނީއާ އެކު ވަޑައިގެންނެވީ އޭނާގެ އަނބިކަނބަލުންނާއި ދެ ކުދިންނެވެ.

މިނިސްޓަރު ޝައިނީ ރާއްޖެ އިން ބޭރަށް ފުރާވަޑައިގަންނަވާފައިވާއިރު، ސަރުކާރުގެ އިސްވެރިން ފައިސާ ރައްކާކުރުމުގެ ގޮތުން ރާއްޖޭގައި ހުރި ފައިސާތައް ރާއްޖެއިން ބޭރަށް ގެންދަމުންދާކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އަދި ވަރަށް އަވަހަށް ސަރުކާރުގެ އިސް ފަރާތްތައް ރާއްޖެ ދޫކޮށް ވަޑައިގަންނަވާނެ ކަމުގެ އަޑުތަކެއް ދަނީ ސޯޝަލް މީޑިއާގައި ފެތުރެމުންނެވެ. އަދި އެކަން ތަހުގީގުކޮށްދިނުމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ފޮލިހަށް ވެސް ހުށަހަޅުއްވާފައި ވެއެވެ. 

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާ ވެރިކަން ހަވާލު ކުރުމުގެ ކުރުމުގެ ކަންކަން ކުރިއަށްދާއިރު، ސަރުކާރުގެ އިދާރާތަކުގެ ތެރެއިން ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ އޮފީހަށް އެއްބާރުލުން ދެއްވުމަށް ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރު ޝައިނީ މީގެ ކުރިން ދެކޮޅު ހެއްދަވާފައިވެއެވެ. ނަމަވެސް ފަހުން ވަނީ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ޑރ. ޝައިނީ ކީ ބޭރު ދުނިޔޭގައި ސަރުކާރު ޕްރޮމޯޓްކުރެއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ވަޒީރެވެ. އަދި ހާއްސަކޮށް، ބައިނަލްއަގްވާމީ ޖަމްއިއްޔާ ޖަމާއަތްތަކަށް ސަރުކާރުން އެކިއެކި ކަންކަމުގައި ޖަވާބުދާރީ ވުމުގައި ޝައިނީ އަދާ ކުރައްވާފައިވާ ދައުރު ފާހަގަކޮށްލެވެއެވެ. 

މީގެ އިތުރުން ސިޔާސީ ޕާޓީތަކާ އެކު ސަރުކާރުން މަޝްވަރާއަށް ގޮވާލެއްވުމާއި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައި ވެސް ހުންނެވި ޑރ. ޝައިނީއެވެ.

ޑރ. ޝައިނީ ރާއްޖެއިން ބޭރަށް މި ވަޑައިގެންނެވީ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ބޮޑު ތަފާތަކުން ބަލިވުމާއި ގުޅިގެން، އާ ސަރުކާރާ ވެރިކަން ބަދަލުކުރުމުގެ މަރުހަލާގެ ކަންކަން ކުރަމުންދާ ދަނޑިވަޅުގައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
18 އޮކްޓޯބަރ 2018 | ބުރާސްފަތި 21:36
ނޫނީ ބޭޗީތަ
ފުރާވަޑައި ގަތީޔޭ، ނޫނީ ބޭޗީތަ
17 އޮކްޓޯބަރ 2018 | ބުދަ 06:23
ގުއިއްޒު
ތި ފިލީ
17 އޮކްޓޯބަރ 2018 | ބުދަ 06:23
ގުއިއްޒު
ތި ފިލީ