ކ. މާލެ
|
17 އޮކްޓޯބަރ 2018 | ބުދަ 08:24
ސުޕްރީމް ކޯޓްގެ ފަސް ފަނޑިޔާރުން
ސުޕްރީމް ކޯޓްގެ ފަސް ފަނޑިޔާރުން
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިޚާބު 2018
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަގު ވައްޓާލަން ޕީޕީއެމްގެ ސަޕޯޓަރުން ދަނީ މަސައްކަތް ކުރަމުން!
ޕީޕީއެމްގެ ސަޕޯޓަރުންގެ ފާޑިކިޔުން ފަނޑިޔާރުންނަށް
އިންތިޚާބު ބާތިލުކުރުމުގެ މައްސަލައިގައި ދެން އޮންނާނީ ހުކުމްކުރުން

ބޮޑު ތަނުން ނާކާމިޔާބުވުމުން ރިޔާސީ އިންތިޚާބު ބާތިލުކުރަން ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައި ވަނިކޮށް، "ފަނޑިޔާރުން ތިބީ ރައީސް ޔާމީންގެ އަތްދަށުގައި" ކަމަށް އެ މަނިކުފާނުގެ ބައެއް ސަޕޯޓަރުން ބުނަން ފަށައިފިއެވެ.

ފަނޑިޔާރުންގެ އަގުވެއްޓޭ ގޮތަށް ވާހަކަ ދެއްކުމާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަންކަން ކުރުމަކީ ކުށަކަށްވި ނަމަވެސް، މި މަހުގެ 11 ވަނަ ދުވަހުގެ ރޭ ރައީސް ޔާމީންގެ ކެމްޕެއިން ވައިބަރ ގްރޫޕެއްގައި އެ ޕާޓީގެ އިސް މެމްބަރަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބެހޭ ގޮތުން ލިޔެފައިވާ ވާހަކައެއް ވަރަށް ބާރަށް ދައުރުވަމުން އެބަދެއެވެ.

 

ލީކްވެފައި ވާ ޕީޕީއެމްގެ ވައިބަރ ގްރޫޕެއްގެ ސްރީން ޝޮޓެއް

"[އިންތިޚާބު ބާތިލުކުރުމުގެ] މައްސަލަ ދަނީ ބަރާބަރަށް. ހާސްނުވޭ އިނގޭ އެއްވެސް ކުއްޖެއް. ފަނޑިޔާރުން ތިބީ ރައީސް ޔާމީންގެ އަތްދަށުގައި. އެހެންވެ މި ބުނީ، އޯކޭ އުފާވެރި ހަބަރު ލިބޭނެ ވަރަށް އަވަހަށް،" އެ ވައިބަރ މެސެޖްގައި ބުނެފައިވެއެވެ.

މި ސްކްރީން ޝޮޓް ލީކް މިވީ އިންތިޚާބު ބާތިލުކުރަން ޕީޕީއެމް އިން އެދެމުންދިޔަ ގޮތަށް ސިއްރު ހެކިން ހުށަހެޅުމަށް ފުރުސަތު ނުދީ ޝަރީއަތުގެ އަޑުއެހުންތައް އަންގާރަ ދުވަހު ނިންމާލި ފަހުންނެވެ.

މީގެ އިތުރުން ޓްވިޓަރގައި ޕީޕީއެމްގެ ބައެެއް މެމްބަރުން ދަނީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުންނަށް ފާޑުކިޔަމުންނެވެ.

ކޮންމެ ގޮތަކުން ވިޔަސް ވެރިކަމުގައި ހުންނަވާނީ ރައީސް ޔާމީން ކަަމަށް، އިންތިޚާބުގެ ކުރިން ޕީޕީއެމްގެ އިސް މެމްބަރުން ގެންދެވީ ވިދާޅުވަމުންނެވެ. ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް 58.4 ޕަސެންޓް ވޯޓުން ރައީސް ޔާމީން ބަލިކުރެއްވުމާ އެކު، އެ ބޮޑު ނާކާމިޔާބީ ގަބޫލު ކުރައްވައި، އެކަން އެ މަނިކުފާނު ހާމަކުރެއްވެވިއެވެ. ނަމަވެސް އިންތިޚާބުގައި މައްސަލަތަކެއް އުޅޭ ކަމަށް ވިދާޅުވެ މުޒާހަރާ ކުރަން ފަށައި، އެންމެ ފަހުން އިންތިޚާބު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވިއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވަކީލުން ވިދާޅުވެފައި ވަނީ އިންތިޚާބު ބާތިލުކުރަން ޕީޕީއެމް އިން ހުށަހަޅާފައި ވަނީ "ހިޔާލީ ވާހަކަތަކެއް" ކަމަށެވެ. އެހެންވެ، ރައްޔިތުންގެ ނިންމި ގޮތަށް ރައްޔިތުންގެ ހުކުމް، ސުޕްރީމް ކޯޓުން ވެސް ދަމަހައްޓާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
17 އޮކްޓޯބަރ 2018 | ބުދަ 04:20
ގޭސް
ރައާސް ޔާމީން ވެރިކަމުން ދުރުކުރިގޮތައް ސުޕްރީމް ކޯޓުގެ ފަޑިޔާރުން އާއި ޖ.ސ.އ. ގެ މެމްބަރުން އާއި ދެންވެސް ތިބި ފަޑިޔާރުން ބަދަލު ކޮއްގެން ނޫނީ މިދިވެހި އުއްމަތަކައް އިންސާފެއް ނުލިބޭނެ.