ކ. މާލެ
|
17 އޮކްޓޯބަރ 2018 | ބުދަ 09:18
އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް
އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް
އަހުމަދު މުހުސިނު
ރިޔާސީ އިންތިކާބު
އިންތިޚާބު ބާތިލްކުރަން ހުށަހަޅުއްވާފައިވާ މައްސަލައަކީ ހަވާ ނަފްސަށް އީމާންވާ މީހެއްގެ ޚިޔާލީ ވާހަކަ:ހަސަން
ހުށަހަޅުއްވާފައިވާ މައްސަލައަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ހުށަހަޅުއްވާފައިވާ މައްސަލައެއް ނޫން

ރައީސް ޔާމީންގެ ފަރާތުން އިންތިޚާބް ބާތިލުކުރަން ސުޕްރީމް ކޯޓްއަށް ހުށަހަޅުއްވާފައިވާ މައްސަލައަކީ ހަވާ ނަފްސަށް އީމާންވާ މީހެއްގެ ޚިޔާލީ ވާހަކައެއް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ރައީސް ޔާމީންގެ ފަރާތުން އިންތިޚާބް ބާތިލް ކުރަން ސުޕްރީމް ކޯޓްއަށް ހުށަހަޅުއްވާފައިވާ މައްސަލަ އަކީ އެ މަނިކުފާނުގެ ދެކެވަޑައިގަންނަވާ ގޮތުގައި ހަވާ ނަފްސަށް އިމާންވާ މީހެއްގެ ޚިޔާލީ ފޮލާއެއްގެ ގޮތުގައި ކަމަށެވެ.

އިންތިޚާބް ބާތިލް ކުރަން ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ހުށަހަޅުއްވާފައިވާ މައްސަލައެއް ނޫން ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ ރައީސް ޔާމީންގެ ފަރާތުން އިންތިޚާބް ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި އެ މަނިކުފާނުގެ ވަކީލުން ސުޕްރީމް ކޯޓްގައި ސާބިތުކޮއްދޭން ޖެހުނު ކަމަކީ 38000 ވޯޓްގެ ތަފާތުން އިބްރާހިމް މުހައްމަދު ސޯލިހު ކުރީގައި އޮތް އިރު، އެ އަދަދުގެ ތަފާތެއް ނެތްކަން ދޭހަ ކޮއްދިނުން ކަމަށެވެ.

ނަމަވެސް ސުޕްރީމް ކޯޓް ތެރޭގައި މި މައްސަލައަށް ހަތަރު ދުވަސް ފާއިތުވެގެންގޮސް މައްސަލަ ނިމިގެންގޮސް ހުކުމާއި ހިސާބަށް ދިޔައިރުވެސް އެންމެ ހިސާބު އަކުރެއްވެސް ރައީސް ޔާމީންގެ ވަކީލުންނަށް ވިދާޅުވެނުދެއްވުނު ކަމަށާއި، އެންމެ ވޯޓް ފޮއްޓެއްގެ އަދަދުވެސް ވިދާޅުވެނުދެއްވުނު ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

"އެ ބޭފުޅުންނަށް ދެއްކިފައެއް ނެތް. އެހެންވީމަ އެ ބޭފުޅުން ހުށަހެޅުއްވި މައްސަލަ ވީކް އީ. ހިނގާފައި ހުރި ކަމެއްގެ ވާހަކަ ނުދައްކާ. އެ ބޭފުޅުން ވިދާޅުވަމުން ގެންދެވީ މިހެންވީމަ އެހެން ވުމުގެ ފުރުސަތު އެބައޮތޭ. ހުށަހެޅުއްވި މައްސަލަ ސާބިތުކުރެވޭ ވަރުގެ ހެއްކާއި، ގަރީނާއެއްވެސް ނެތް ހުށަހަޅާފައި،" ހަސަން ލަތީފް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ފަރާތުން ރިޔާސީ އިންތިޚާބް ބާތިލް ކުރަން ސުޕްރީމް ކޯޓްއަށް ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުންތައް އަންގާރަ ދުވަހު ނިންމާލާފައި ވާއިރު، ދެން އޮންނާނީ މި މައްސަލައިގެ ހުކުމް އިއްވުންއެވެ. ހުކުމް އިއްވުމުގެ ޝަރީއަތުގެ މަޖިލިސް އޮންނާނެ ދުވަހެއް ސުޕްރީމް ކޯޓުން އަދި ތާވަލްކޮށްފައެއް ނުވެއެވެ. އަންގާރަދުވަހުގެ ޝަރީއަތުގެ މަޖިލިސް ނިންމަވާލެއްވިއިރު،  މި މައްސަލައިގައި ރައީސް ޔާމީންގެ ފަރާތުން ހުށަހެޅުއްވި ސިއްރު ހެކިވެރިންގެ ހެކިބަސް ނުނަގަން ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
17 އޮކްޓޯބަރ 2018 | ބުދަ 05:31
yam
ހިތް ހަމަ ޖެހިލައިގެން ވެސް އޮފީސް މަސައްކަތެއް ކުރެވޭ ވަރެއްވެސް ނޫން، ވެރިކަމަކާއިގެން ތޮޅޭ ވަރުން. ސަރުކާރުގަ މިތިބި ބައިގަނޑުގެ ކޮޅު އެބުރޭތަން އެބަފެނޭ ދުވަސް ކައިރިވާ ވަރަކަށް.