ކ. މާލެ
|
16 އޮކްޓޯބަރ 2018 | އަންގާރަ 14:25
ޕީޕީއެމްގެ ކެމްޕެއިންގ ހަރަކާތެއްގައި އެޗްޑީސީގެ ވެހިކަލްތައް ބޭނުންކުރަނީ
ޕީޕީއެމްގެ ކެމްޕެއިންގ ހަރަކާތެއްގައި އެޗްޑީސީގެ ވެހިކަލްތައް ބޭނުންކުރަނީ
ރާއްޖެ އެމްވީ
އެޗްޑީސީ މައްސަލަ
އެޗްޑީސީގެ ކޮރަޕްޝަނާ ގުޅޭ މައްސަލަތަކެއް އޭސީސީން ބަލަން ފަށައިފި
ހޮޅިދަނޑިތަކެއްގެ މައްސަލަ ދަނީ ބަލަމުން
މައްސަލަތައް ބަލަމުންދަނީ ވަކިވަކިން
ޕެޓިޝަންގައި ހުރި ކަންކަން ދަނީ ބަލަމުން

އެޗްޑީސީގެ ކޮރަޕްޝަނާ ގުޅޭ މައްސަލަތަކެއް ބަލަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމީޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީގެ މީޑިއާ އޮފުޝަލް ހަސަން މުހައްމަދު ވިދާޅުވީ، އެޗްޑީސީގެ ކޮރަޕްޝަންގެ މައްސަލަތަކެއް ބަލަން ފަށައިގެން ކުރިއަށްދާ ކަމަށާއި އެ މައްސަލަތަކުގެ ތެރޭގައި އެޗްޑީސީގެ 170 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށްފައިވާ ޕެޓިޝަންގައި ހިމެނޭ ބައެއް ކަންކަން ވެސް ބަލަމުންދާ ކަމަށެވެ.

އެޗްޑީސީން ހުށަހަޅާފައިވާ އެ ޕެޓިޝަނަކީ ކުޑަ އަގެއްގައި 400 ގޯތި ވިއްކުމަށް ނިންމުމާ ގުޅިގެން އެކުންފުންޏަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބިގެންދާނެ ކަމަށް ބުނެ މުވައްޒަފުންތަކެއް އެކުލަވާލި ޕެޓިޝަނެކެވެ. މިފަދަ ގޮތަކަށް ގޯތި ދޫކޮށްފިކަމުގައި ވާ ނަމަ އެ ކުންފުންޏަށް 1.8 ބިލިއަން ރުފިޔާގެ ގެއްލުން ލިބޭނެ ކަމަށް ޕެޓިޝަންގައި ބަޔާންކޮށްފައި ވެއެވެ. މި ޕެޓިޝަންގައި އެކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) އަލީ ޝަރީފް ވަނީ ސޮއި ކުރައްވާފައެވެ. އަދި ޓޮޕް މެނޭޖްމެންޓްގައި ހިމެނޭ ގިނަ ބަޔަކު ސޮއިކޮށްފައި ވެއެވެ.

އޭސީސީގެ ކޮރަޕްޝަނާ ގުޅޭ މައްސަލަތަކުގައި ކެމްޕެއިންގ ހަރަކާތްތަކެއްގައި ހޮޅިދަނޑިތަކެއް އެޗްޑީސީގެ ހަރަދުގައި ގަނެފައިވާ މައްސަލަ ވެސް ހިމެނެއެވެ.

މި މައްސަލަތައް ބަލަން ފަށާފައިވާ އިރު މިކަން ކަމަށް ހަރަދު ހިނގާފައި ވަނީ ކިހާ މިންވަރަކަށް ކަމެއް އަދި ނޭނގޭ ކަމަށް އޭސީސީން ބުނެއެވެ.

އެޗްޑީސީގެ ކޮރަޕްޝަނާ ގުޅޭ މައްސަލަތަކެއް ބަލަން ފަށާފައިވާއިރު ރާއްޖެއެމްވީއަށް މައުލޫމާތު ދިން އެޗްޑީސީގެ އިސް ފަރާތަކުން ކިޔައިދިން ގޮތުގައި، އެކުންފުނީގެ މާލިއްޔަތުން ޕީޕީއެމްގެ ކެމްޕެއިންގ ހަރަކާތްތަކަށް ބޮޑެތި ހޭދަތަކެއް ކޮށްފައިވެއެވެ. މިހާރު ހޯދި ހޯދުންތަކުން އެ ހަރަދުތައް 30 މިލިއަނަށް ވުރެ އިތުރުވެފައިވާކަން އެނގޭ ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން ޕީޕީއެމް އިން ހުޅުމާލޭގައި ބެނާތައް ހަރުކުރުމަށް ހޮޅިދަނޑި ވެސް ގަނެފައި ވަނީ އެޗްޑީސީން ކަމަށާއި އެ ހޮޅިދަނޑިތައް ވީ ތަނެއް ވެސް ނޭނގޭ ކަމަށެވެ. އަދި ކެމްޕެއިންގގެ ހަރަދުތައް ކުރި އިރު ކެއުން ވެސް ހަމަޖައްސާފައި ވަނީ އެޗްޑީސީގެ ހަރަދުގައި ކަމަށާއި ގިނަ ތަންތަނަށް އަދިވެސް ފައިސާ ވެސް ނުދައްކާ ކަމަށް އޭނާ މައުލޫމާތު ދީފައި ވެއެވެ.

ކެމްޕެއިންގ ދުވަސްވަރު އެ ކުންފުންޏަށް 150 މުވައްޒަފުން ވައްދާފައިވާ އިރު އެ މުވައްޒަފުންނަށް އެވްރެޖުކޮށް 8،000ރ. މަހަކު ލިބެއެވެ. އެހެން ކަމުން އެ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި މަހަކު ގާތްގަނޑަކަށް އެއް މިލިއަން ރުފިޔާ ހޭދަ ކުރަންޖެހޭ ކަމަށާއި އެ މުވައްޒަފުން ނަގާފައި ވަނީ އިއުލާނު ކުރުމެއް ނެތި ކަމަށާއި މުވައްޒަފުން ކުރާނެ މަސައްކަތެއް ވެސް ނޯންނަ ކަމަށް އޭނާ ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް