ކ. މާލެ
|
16 އޮކްޓޯބަރ 2018 | އަންގާރަ 10:34
މެމްބަރު މަހުލޫފާއި މެމްބަރު އަސްމާ ސުޕްރީމް ކޯޓުގެ އަޑުއެހުމުގެ ކިޔޫގައި (ފައިލް ފޮޓޯ)
މެމްބަރު މަހުލޫފާއި މެމްބަރު އަސްމާ ސުޕްރީމް ކޯޓުގެ އަޑުއެހުމުގެ ކިޔޫގައި (ފައިލް ފޮޓޯ)
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބުގެ މައްސަލަ
މައްސަލަ ބޮޑުވި ސުޕްރީމް ކޯޓުގެ ކިއު އަށް ފަހު އަޑުއެހުމަށް މަހްލޫފަށް ފުރުސަތު ދީފި
މަހްލޫފް ވަނީ ރެއިން ފެށިގެން އެހެން މީހަކު ކިޔޫގައި ބަހައްޓާފައި
މިއަދު މިދަނީ ޝަރީއަތުގެ 3 ވަނަ އަޑުއެހުން
ޕީޕީއެމް މީހުން އިއްޔެ ހަވީރުން ފެށިގެން ކިޔު ހަދަން ފަށައިފި

ރިޔާސި އިންތިހާބު ބާތިލުކުރަން ރައީސް އަބްދުﷲ ޔާމީން ހުށަހަޅުއްވާފައިވާ މައްސަލައިގެ ފަހު އަޑުއެހުމަށް ވަނުމަށް ސުޕްރީމް ކޯޓު ސަރަހައްދުގައި ހަދާފައިވާ ކިއުގެ މައްސަލަ ބެލުމަށް ފަހު އެ އަޑުއެހުމަށް ވަނުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފްއަށް ދީފިއެވެ.

ރިޔާސީ އިންތިހާބު ބާތިލު ކުރުމަށް ރައީސް ޔާމީނުގެ ފަރާތުން ހުށަހަޅުއްވާފައިވާ މައްސަލައިގައި އަންގާރަ ދުވަހަށް ތާވަލްކޮށްފައި އަޑުއެހުމަށް ވަނުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ މަސައްކަތްކޮށްފައެވެ.

އެގޮތުން ކޮންމެ އަޑުއެހުމަކަށް ވެސް އެތައް ގަޑިއިރެއްގެ ކުރިން ސުޕްރީމް ކޯޓުގެ ސަރަހައްދުގައި ކިއު ހަދައެވެ. އަންގާރަ ދުވަހު ބޭއްވި އަޑުއެހުމަށް ވަނުމަށް ހޯމަ ދުވަހު ހަވީރު ސުޕްރީމް ކޯޓު ސަރަހައްދުގައި ކިއު ހަދާފައި ވެއެވެ. އަޑުއެހުން ފެށުމަށް ތާވަލްކޮށްފައި އޮތީ މިއަދު ދުވަހުގެ 10:00 ގައެވެ.

މިއަދު ހެނދުނު، މެމްބަރު މަހްލޫފު ކިޔޫއަށް އެރުއްވުމާ އެކު އެ ސަރަހައްދު ހަލަބޮލިވެގެންދިޔައެވެ. މަހްލޫފް ވިދާޅުވީ އޭނާ ވަޑައިގެންނަވީ ރެއިން ފެށިގެން މީހަކު އެތަނުގައި ބަހައްޓަފައި ހުރުމުން ކަމަށާއި އެތަނުގައި ޕީޕީއެމް އިން ގެންގުޅުނު ނަންބަރުތަކުގެ ތެރެއިން ނަންބަރެއް އޭނާގެ ފަރާތުން ކިއުގައި ހުރި މީހާ އަތުގައި އޮތް ކަމަށެވެ. ނަމަވެސް އެތަން ހަލަބޮލިވާން ފެށުމުން ފުލުހުން މެދުވެރިއަކަށް ވެގެން މަހްލޫފް އެ ސަރަހައްދުން ތަންކޮޅަށް ދުރަށްގެންދިޔައެވެ. އަދި އެތަނުގައި ކިއުގައި ތިބި މީހުން އެތަނަށް ވެއްދިއެވެ. 

ނަމަވެސް ހިނގައި ދިޔަ ކަންކަން ބެލުމަށް ފަހު އޭނާއަށް އެ އަޑުއެހުމަށް ވެނެންވޭ ގޮތް ވެފައިވާ ކަމަށް މަހްލޫފް ވަނީ ޓްވީޓްކުރައްވާފައެވެ. 

 

ޝަރީއަތުގެ އަޑުއެހުމަށް ވަނުމުގެ ފުރުސަތު ދެނީ އާންމުންގެ ގާތްގަނޑަކަށް 25 މީހުންނަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް