ކ. މާލެ
|
16 އޮކްޓޯބަރ 2018 | އަންގާރަ 18:53
ހިސާން އާއި ކޯލިޝަނުގެ އިތުރު ވަކީލުން ސުޕްރީމް ކޯޓަށް ވަންނަނީ:-ފޮޓޯ ރާއްޖެއެމްވީ-މުހައްމަދު ޝަރުހާން
ހިސާން އާއި ކޯލިޝަނުގެ އިތުރު ވަކީލުން ސުޕްރީމް ކޯޓަށް ވަންނަނީ:-ފޮޓޯ ރާއްޖެއެމްވީ-މުހައްމަދު ޝަރުހާން
މުހައްމަދު ޝަރުހާން
ސުޕްރީމް ކޯޓު
ރައީސް ޔާމިން ހުށައެޅުއްވި މައްސަލައި ގައި މަދު ވަނީ އުދުހޭ މުސައްލައެއްގެ ވާހަކަ: ހިސާން
މައްސަލައަކީީ ހިޔާލީ ވާހަކަތަކެއް ކަމަށް އިލެކްޝަނުން ވެސް ދެކޭ

މިދިޔަ ރިޔާސީ އިންތިހާބު ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ރައީސް އަބްދުﷲ ޔާމިން ހުށައަޅުއްވާފައިވާ މައްސަލައިގައި މަދުވަނީ "އުދުހޭ މުއްސަލައެއްގެ ވާހަކަ އެކަނި" ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވަކީލުންގެ ޓީމުގެ އިސް ވަކީލު ހިސާން ޙުސަން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމިން ހުށައަޅުއްވާފައިވާ ދުސްތޫރީ މައްސަލަ ރައްދުވާ އިލެކްޝަންސް ކޮމިޝަނާއި މައްސަލައަށް ތަދައްހުލް ވެފައިވާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކޯލިޝަނުގެ ވަކީލުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވިދާޅުވަމުން ގެންދަވަނީ އެއީ ހިޔާލީ ވާހަކަތަކެއް ކަމަށެވެ. އަދި މިއަދުގެ އަޑުއެހުމުގައި ވެސް ރައީސް ޔާމިނުގެ ފަރާތްޕުޅުން ދެ ވަކީލުން ވަރަށް ގިނަ އިރުވަންދެން ދެއްކެވި ވާހަކަތަކަށް ފަހު ވެސް ހިސާން ވިދާޅުވީ އެއީ ރައީސް ޔާމިންގެ ވެރިކަމުގައި އަމަލު ކުރެއްވި ގޮތަށް ރައްޔިތުން ނޫނެކޭ ބުނުމުން އެކަން ގަބޫލު ނުކުރެއްވިގެން ހުށައަޅައިގެން އުޅޭ މުޅިން ހިޔާލީ ވާހަކަތަކެއް ކަމަށެވެ. އަދި އެ ވާހަކައިގައި އުޅެނީ އަނގޮޓިއަކާއި ދެލި ފޮހެވޭ ގަލަމުގެ ވާހަކައިގެ އިތުރުން ފާހަގަ ފޮހެވޭ ކަރުދާސްތަކެއްގެ ވާހަކަ ކަމަށެވެ. އަދި އެ މައްސަލާގައި ހަމައެކަނި މަދުވަނީ "އުދުހޭ މުސައްލައެއް" ކަމަށް ވިދާޅުވެ، އެ މައްސަލައިގައި ހުރީ ސިކުނޑި ހަމަ ނުޖެހޭ ވާހަކަތަކެއްގެ ގޮތަށް އޭނާ ސިފަ ކުރެއްވި އެވެ.  

ހިސާންގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ޔާމިންގެ ވަކީލު އައްބާސް ޝަރީފު މައްސަލަ ދިފާއު ކުރައްވައި ވިދާޅުވީ މިއަދު އިންތިހާބު ކާމިޔާބު ކުރި ކަމަށް ބުނާ މީހުން އެ މައްސަލައިގައި އެވާ ކަންކަން ކޮށްފާނެ ކަމަށް ބުނެ ޝައްކުތަކެއް އުފެއްދި ކަމަށެވެ. އަދި އުދުހޭ މުސައްލަ އެއް މަދުވާ ކަމަށް ބުނެ އެ މައްސަލަ އަށް ފާޑުވިދާޅުވާ އިރު ރައީސް ޔާމިން ހުށައެޅުއްވި މައްސަލައި ގައި ހިމެނޭ ތުހްމަތުތައް އިދިކޮޅުން ވެސް ކުރިން ކުރި ކަމަށް އައްބާސް ފާހަގަ ކުރެއްވި އެވެ.

މ މައްސަލައިގައި ޖިނާއީ ތުހްމަތުތަކެއް މީހުންގެ މައްޗަށް ކޮށްފައިވާ އިރު އެކަން ކަމުގެ މައްޗަށް އިންތިހާބެއް ބާތިލް ނުކުރެވޭނެ ކަން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ވަކާލާތު ކުރެއްވި ވަކީލުން ފާހަގަ ކުރެއްވި އެވެ. އެގޮތުން ނޫރުއް ސަލާމް އަބޫބަކުރު ވިދާޅުވީ އިންތިހާބާ ގުޅޭ ކަންކަމުގައި ޖިނާޢީ މައްސަލައެއް ވާނަމަ އެކަން ކަން ތަހްގީގުކޮށް މައްސަލަ ހުށައަޅަން ޖެހޭނީ ޖިނާއީ ކޯޓަށް ކަމަށް މީގެ ކުރިން ސުޕްރީމް ކޯޓުން ވެސް ކަނޑައަޅާފައި ވާކަމެވެ. އެހެން ކަމުން މި މައްސަލައިގައި ޖިނާޢީ ކުށްތަކެއް ކުރި މީހުންގެ ހެކިބަސް ނަގައި ހުކުމް ކުރުމަކީ ކުރެވޭނެ ކަމެއް ކަމަށް ނު ދެކޭ ކަމަށް ވެސް ނޫރުއް ސަލާމް ފާހަގަ ކުރެއްވި އެވެ.  

މި މައްސަލައި ގައި މާދަމާ އޮންނާނީ އެންމެ ފަހުގެ އަޑުއެހުމެވެ. އެ އަޑުއެހުން އޮންނާނީ 10.30ގައި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
15 އޮކްޓޯބަރ 2018 | ހޯމަ 18:23
ހުޝިޔާރު
ރާއްޖޭގައި ތިބިއެންމެ ހުޝިޔާރު ވަކީލުން، ހިސާން
15 އޮކްޓޯބަރ 2018 | ހޯމަ 16:57
މޫޗީ
ފުރަތަމަ އިން ވެސް އަހަރެން ބުނާނީ އިންތިހާބުގައި ރައްޔިތުންގެ ސިއްރުވޯޓް ބާތިލްކުރުމުގެ ހައްގު ނެތްކަން. އިންތިހާބު ގައި ވޯޓް އެޅި ކޮންފޮއްޓެގައިކަން މައްސަލަ ހުރީކަން ފާހަގަނުކުރެވޭކަން އަދި ވޯޓްލުމުގެ ކަނތައްތައް ދިޔައީ ފުރިހަމަކޮށްކަން ކަށަވަރުވުން . މިކަން މިނޫންގޮތަކަށް ދިޔަކން ބުނަން ނޭގުން މައްސަލަހުށަހެޅިފަރާތަށް. ވޯޓްގެ ކަރުދާސް ޕްރިންޓްކުރިތަނުގެ އޯނަރުންނާއި ވޯޓްގެ މަސްލަހަތު އަރާރުންވުން. މިކަމަކީ ވޯޓް ގެ ސައްހަކަން ގެއްލޭކަމެއް ނޫން.