ކ. މާލެ
|
15 އޮކްޓޯބަރ 2018 | ހޯމަ 18:44
ގާނޫނީ ވަކީލު މޫސާ ސިރާޖު (ކ) އާއި ވަކީލު މުހައްމަދު ޝަމީމް
ގާނޫނީ ވަކީލު މޫސާ ސިރާޖު (ކ) އާއި ވަކީލު މުހައްމަދު ޝަމީމް
ރާއްޖެ އެމްވީ
ގާނޫނީ ވަކީލު ސިރާޖު
ވަކީލު ސިރާޖު ހައްޔަރުކޮށްގެން ތަހުގީގު ކުރި މައްސަލަ ފައިލް ކޮށްފި
ސިރާޖުގެ ފޯނާ އެކު ހިފެހެއްޓި ތަކެތި ވަނީ ދޫކޮށްފައި
ތަހުގީގަށް ސިރާޖު 7 ދުވަހު ބަންދުގައި ބަހެއްޓި
މައްސަލަ ފައިލް ކުރި ސަބަބެއް ނާންގާ

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުތަކެއް ކުރައްވައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ނެރުއްވި ބަޔާންތަކާ ގުޅިގެން ގާނޫނީ ވަކީލު މޫސާ ސިރާޖު ހައްޔަރުކޮށްގެން ތަހުގީގު ކުރި މައްސަލަ ފައިލްކޮށްފިއެވެ.

ރިޔާސީ އިންތިހާބުގެ ކުރިން ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުތަކެއް ކުރައްވައި، އަދީބު ނެރުއްވި ބަޔާންތަކާ ގުޅިގެން ސިރާޖު ހައްޔަރު ކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. ކޯޓު އަމުރެއްގެ ދަށުން ހަތް ދުވަހު ފުލުހުންގެ ބަންދުގައި ސިރާޖު ބޭންދިއެވެ. އަދި އޭނާގެ ހާޒިރުގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކޮށް ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

އުފަން ރަށް، ލ. ފޮނަދޫގައި ހުންނަވައި ސިރާޖު "ރާއްޖެއެމްވީ" އަށް ވިދާޅުވީ ހޯމަ ދުވަހުގެ ހަވީރު ފުލުހުން އޭނާއަށް ގުޅައި މައްސަލަ ފައިލް ކޮށްފައިވާކަން އަންގާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ފައިލް ކުރި ސަބަބެއް ފުލުހުން އަންގާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ބެލުމުގެ ދަަށަށް ގެންދިޔަ އޭނާގެ ތަކެތި ފުލުހުން ދޫކޮށްފައިވާ ކަމަށެވެ. އެގޮތުން އޭނާގެ ފޯނާއި ހަލާކްވެފައިވާ ހާޑް ޑިސްކަކާއި ވައިފައި ޑޮންގުލްއެއްގެ އިތުރުން ތަހުގީގަށް ހިފެހެއްޓި ލިޔުންތައް ވެސް ދޫކޮށްފައިވާ ކަމަށް ސިރާޖު ވިދާޅުވިއެވެ.

"ފައިލް ކުރި ސަބަބެއް ނާންގާ. މައްސަލަ ފައިލް ކުރި ވާހަކަ ހަމައެކަނި ބުނީ. ދިރިއުޅޭ ގެ ބަލައިފާސްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ހަލާކުވެފައި އޮތް ހާޑްޑިސްކެއް. އަދި ޕެންޑްރައިވެއްކަމަށް ބުނެ، ވައިފައި ޑޮންގުލްއެއް ވެސް ގެންދިޔަ،" ސިރާޖު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
15 އޮކްޓޯބަރ 2018 | ހޯމަ 16:55
ނވތަ
Shameem hot kamun mi hulhuvee ves mi ?huva reethi firiheneh?????