ކ. މާލެ
|
16 އޮކްޓޯބަރ 2018 | އަންގާރަ 19:31
އިންތިހާބީ ރައީސާއި، ނައިބް ރައީސް، ޒުވާން ވިޔަފާރިވެރިންނާއެކު
އިންތިހާބީ ރައީސާއި، ނައިބް ރައީސް، ޒުވާން ވިޔަފާރިވެރިންނާއެކު
ރާއްޖެ އެމްވީ
އިންތިހާބީ ރައީސް ސޯލިހު
އިންތިހާބީ ރައީސް، ޒުވާން ވިޔަފާރިވެރިންނާއި ބައްދަލުކުރައްވައިފި
އިންތިހާބީ ރައީސް ސޯލިހްގެ އިތުރުން، އިންތިހާބީ ނާއިބް ރައީސް ފައިސަލް ނަސީމް ވެސް މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންފައިވޭ

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޒުވާން ވިޔަފާރިވެރިންނާއި ބައްދަލުކުރައްވައިފި އެވެ. 

އިންތިހާބީ ރައީސް ސޯލިހްގެ އިތުރުން، އިންތިހާބީ ނައިބް ރައީސް ފައިސަލް ނަސީމްވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވެއެވެ. 

މި ބައްދަލުކުރެއްވުމުގައި އިންތިހާބީ ރައީސާއި، ނައިބް ރައީސް ވަނީ ޒުވާން ވިޔަފާރިވެރިންނަށް ހުރި ގޮންޖެހުންތަކާއި، މައްސަލަތައް އޮޅުން ފިލުއްވާފަ އެވެ. އަދި އެ މައްސަލަތަކަށް ހޯދިދާނެ ހައްލުތައްވެސް ދެ ބޭފުޅުން އޮޅުން ފިލުއްވާފައިވެއެވެ. 

އެ ބައްދަލުކުރެއްވުމުގައި ޒުވާން ވިޔަފާރިވެރިންގެ ތެރެއިން، ޖުމްހޫރީ ޕާޓީގެ ބާނީ ޤާސިމް އިބްރާހިމްގެ ދަރިކަލުން އިބްރަހިމް ސިޔާދު ޤާސިމްވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. އޭގެއިތުރުންވެސް ބައެއް ޒުވާން ވިޔަފާރިވެރިން އެ ބައްދަލުވުުމުގައި ބައިވެރިވެވަޑައިގެންފައިވެއެވެ. 

އިންތިހާބު ކާމިޔާބުކުރެއްވުމަށް އިބްރަހިމް މުހައްމަދު ސޯލިހް ވެވަޑައިގެންނެވި މުހިންމު ވައުދުތަކުގެ ތެރޭގައި، ޒުވާން ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމާއި، އެ މީހުން ބަރުވެރިކުރުވުން ހިމެެނެ އެވެ. އެގޮތުން ޒުވާން ވިޔަފާރިވެރިންނަށް ވިޔަފާރިތައް ފެށުމަށް ފަސެހަ ގޮތްތަކެއް ހަމަޖައްސަވައިދެއްވާނެކަމަށް އެ މަނިކުފާނު ވައުދުވެވަޑައިގެންފައިވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް