ކ. މާލެ
|
15 އޮކްޓޯބަރ 2018 | ހޯމަ 18:03
ސަން އޮންލައިންގެ ސްކްރީންޝޮޓެއް
ސަން އޮންލައިންގެ ސްކްރީންޝޮޓެއް
ރާއްޖެ އެމްވީ
ސަން އޮންލައިން
ސަން އަލުން ފަށައިފި
ސަން މީޑިއާ ގުރޫޕްގެ ހިދުމަތް މެދުކަނޑާލީ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހު

އިންތިހާބުގެ ފޯރި ގަދަވެފައިވަނިކޮށް މެދުކަނޑާލި، ސަން އޮންލައިން އަލުން ފަށައިފި އެވެ. 

އިންތިހާބަށް ކުޑަ ދުވަސްކޮޅަކަށްވެފައި ވަނިކޮށް، ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހު ސަން މީޑިއާ ގުރޫޕުގެ ދަށުން ހިންގާ ސަން އޮންލައިނާއި، ސަން ޓީވީގެ ހިދުމަތް މެދުކަނޑާލީ ރީބްރޭންޑިން މަސައްކަތްތަކަށް ކަމަށް ހާމަކުރުމަށް ފަހު އެވެ.

މަހަކަށް ވުރެ ގިނަ ދުވަހަށް ހިދުމަތް މެދުކަނޑާލުމަށް ފަހު، ސަން އޮންލައިން ހިދުމަތް އަލުން ފެށިއިރު، ސަން އޮންލައިނަށް ވަނީ ބައެއް ބަދަލުތައް ގެނެސްފަ އެވެ. އަދި ސަން އޮންލައިން ފެށިއިރު، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިންޓަވިއުތަކާއި، ރިޕޯޓްތައް ގިނަ އަދަދަކަށް ހިމަނާފައިވެއެވެ. 

ސަން މީޑިއާ ގުރޫޕަކީ، ޕީޕީއެމްގެ ކޯލިޝަން ޕާޓްނަރުގެ ގޮތުގައި މަސައްކަތްކުރި އެމްޑީއެގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ ކުންފުންޏެކެވެ. އިންތިހާބަށް ކުޑަ ދުވަސްކޮޅަކަށްވެފަިއވަނިކޮށް، ސިޔާމްގެ އެމްޑީއޭއިން ވަނީ ވަކި ކެންޑިޑޭޓަކަށް ތާއީދުނުކުރާކަން ހާމަކޮށް، ރައީސް އަބްދުﷲ ޔާމީނަށް ކުރާ ތާއީދު އެނބުރާ ގެންގޮސްފަ އެވެ. އަދި ސިޔާމް، އެމްޑީއޭގެ ލީޑަރޝިޕްއިންވެސް އެއް ފަރާތަށް ވަޑައިގެންފައިވެއެވެ. 

ސަން މީޑިއާ ގްރޫޕު އުފެދުނީ 2009 ވަނަ އަހަރުއެވެ. އެ މީޑިއާއިން އެންމެ ފުރަތަމަ ހިންގަން ފެށީ ސަންއެފްއެމެވެ. އެއަށްފަހު އޮންލައިން ނޫސް ހިންގަން ފަށައި، ސަން މެގަޒިން އާއި ސަންޓީވީގެ ހިދުމަތް ވެސް ފެށިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް