ކ. މާލެ
|
15 އޮކްޓޯބަރ 2018 | ހޯމަ 13:53
އިލެކްޝަންސް ކަމިޝަންގެ މެމްބަރު ހަބީބު
އިލެކްޝަންސް ކަމިޝަންގެ މެމްބަރު ހަބީބު
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިޚާބު 2018
ރިޔާސީ އިންތިޚާބު ދިޔައީ އިންސާފުވެރިކޮށް، ބާތިލް ވެދާނެ ކަމަށް ބުއްދި ސަލާމަތުން ހުރި އެކަކު ވެސް ނުދެކޭނެ: އީސީ ހަބީބު
ހަބީބު މިވަގުތު ހުންނެވީ ލަންކާގައި
އިންތިހާބުގެ ނާކާމިޔާބީ ރައީސް ޔާމީން ވަނީ ގަބޫލު ކުރައްވާފައި

މިހާ އިންސާފުވެރިކޮށް ދިޔަ އިންތިޚާބެއް ބާތިލް ވެދާނެ ކަމަށް ބުއްދި ސަލާމަތުން ހުރި އެކަކު ވެސް ނުދެކޭނެ ކަމަށް އިލެކްޝަންސް ކަމިޝަންގެ މެމްބަރު އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބު ބާތިލް ކުރުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށައަޅާފައިވާއިރު މެމްބަރު ހަބީބު ވިދާޅުވީ އިންތިޚާބު ކުރިއަށް ދިޔަ ގޮތް މޮޅަށް ދެނެވޮޑިގެންވާނީ ﷲ ތައާލާ ކަމަށެވެ. 

މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ އިއުލާން ކުރުމަށް ފަހު ކޮމިޝަންގެ މެމްބަރުންނަށް ލިބުނު މަރުގެ އިންޒާރުތަކާއި ގުޅިގެން އެކަމިޝަންގެ ރައީސް އަހުމަދު ޝަރީފު ފިޔަވައި އެހެން މެމްބަރުން ވަނީ އަވަށްޓެރި ސްރީ ލަންކާއަށް ވަޑައިގެންފައެވެ.

ލަންކާގައި މި ވަގުތު ތިއްބެވީ ހަބީބުގެ އިތުރުން  އިލެކްޝަންޝް ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ އާއި މެމްބަރު އަހުމަދު އަކްރަމާއި އަލީ ނަޝާތެވެ. މެމްބަރުންނަށް ކުރިމަތިވި މަރުގެ އިންޒާރުތަކާއި ގުޅިގެން އެ މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

ރިޔާސީ އިންތިޚާބު ބާތިލު ކުރުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށައަޅާފައިވާއިރު، އިންތިހާބުގެ ނާކާމިޔާބީ އެމަނިކުފާނު ވަނީ ގަބޫލުކުރައްވާފައެވެ. ނާކާމިޔާބީ ގަބޫލު ކުރެއްވިތާ ހަފުތާއެއް ފަހުން ވޯޓު އޮޅުވާލި ކަމަށް ބުނެ ރައީސް ޔާމީން ވަނީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވޯޓާ މެދު ހިތްހަމަޖެހިވަޑައިނުގެން ވާހަކަފުޅު ދައްކަވާފައެވެ. އަދި ވޯޓު އޮޅުވާލި ކަމަށް ބުނެ، އަތޮޅު ތެރެ އާއި މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ކުރިއަށް ގެންދިއުމަށް ރައީސް ޔާމީން ވަނީ އެއްވެފައި ތިބި މީހުންނަށް އިލްތިމާސްކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް