ކ. މާލެ
|
15 އޮކްޓޯބަރ 2018 | ހޯމަ 12:47
ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ބަޔަކު ވަންނަނީ
ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ބަޔަކު ވަންނަނީ
ރާއްޖެއެމްވީ
ދުސްތޫރީ މައްސަލަ
އަޑުއެހުންތައް މެދުކަނޑާލައިފި، ޝަރީފު އަނގޮޓި ގެނައި ކަމަށް ތިން ހެކި ހުށަހެޅި
މައްސަލައިގެ އަޑުއެހުމެއް ފެށުމަށް ހަމަޖެހިފައި ވަނީ 01:30 ގައި

އިންތިހާބު ބާތިލްކުރުމަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މެދުކަނޑާލައިފިއެވެ.

ދެން މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މެންދުރު 01:30 ގައެވެ.

މެންދުރު ފަހު ބާއްވާ އަޑުއެހުމުގައި ސިއްރު ހެކި ހުށަހެޅުމާ ގުޅޭ ގޮތުން ގޮތެއް ނިންމާނެ ކަމަށް ފަނޑިޔާރުން ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމުގައި މައްސަލަ ރައްދުވާ ފަރާތް ކަމަށްވާ އިލެކްޝަންސް ކޮމިޝަނުންނާއި މައްސަލައަށް ތަދައްހުލުވެފައިވާ ފަރާތުން ވެސް ވާހަކަދައްކަވާފައި ވެއެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން އިސް ވަކީލެއްގެ ގޮތުގައި ވަކާލާތު ކުރައްވާފައި ވަނީ އާޒިމާ ޝަކޫރުއެވެ. މައްސަލައިގެ ފުރަތަމަ އަޑު އެހުމުގައި އިސް ވަކީލެއްގެ ގޮތުގައި ރޭނީސް މުހައްމަދު ސަލީމު ވަނީ މިމައްސަލައިގައި ތުހުމަތު ކުރެވޭ އަނގޮޓީގެ ފޮޓޯ ވެސް އާންމުކުރައްވާފައެވެ.

މައްސަލަ ހުށަހެޅި ފަރާތުން ވަނީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު އަނގޮޓި ގެނެސްފައިވާ ކަމަށް ތިން ހެކި ހުށަހަޅާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
15 އޮކްޓޯބަރ 2018 | ހޯމަ 09:47
މާމަ
ދަރިންނޭ މާމަ ތި އަނގޮޓި އެބަލާހިތުން މިހާރު ކެއްމަދުވެފަ މިހުރީ ލިބިއްޖެޔާ މާމައަށް ދެއްޗެ. ތީ ޕަރީ ދައްތަ އަނގޮޓި ނޫނީ އަލިފުލައިލާ ގަ ގެން ގުޅެ ކަހަލަ އަނގޮޓި އެއްތަ ؟ ..... ްމާމަ ބޭނުން މާމަ އައިޑީ ކާޑުގަ ޖަހާފައިން އަހަރު ބަދަލު ކުރަން އޭރުން ސިސްޓަމް އިންވެސް މާމަ ބޮޑު ކޮއްލާފަ ދުނިޔޭގެ ރިކޯޑް ފޮތައަށ
15 އޮކްޓޯބަރ 2018 | ހޯމަ 08:14
ޑިމޮކްރަސީ
ޝަރީފް އެއްނޫން އަގޮޓި ގެނައީ އަގޮޓި ގެނައި މީހުން ތިވާހކަ ތިދައްކަނީ ވޯޓްގަ ނިކަން ކުޅި ކުޅެލާނަމޢ ހިތާ ވަރަށް ގަޑު ގަތް އެކަމު އެންމެފަހުން އެހުރިހާ އެއްޗެއް އެމީހުންގެ އަތަށް ގޮވީ މިހާރު އެއުޅެނީ ދޮގު ހެކި ދީގެން ނުލަފާ ކަންތައްތަކެއް ކުރަން ދިވެހިން ހޭލާތިބޭ