ކ. މާލެ
|
15 އޮކްޓޯބަރ 2018 | ހޯމަ 11:19
ހުޅުމާލެ ދެވަނަ ފިޔަވަހި
ހުޅުމާލެ ދެވަނަ ފިޔަވަހި
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ހުޅުމާލެ ދެވަނަ ފިޔަވަހި
ދެވަނަ ފިޔަވަހީގެ ގޯތި ދޫކުރުމުގެ ޕްރޮސެސްއާ މެދު އަދި ވެސް ގޮތެއް ނުނިމޭ: އެޗްޑީސީ
400 ގޯތި ދޫކުރުން ހުއްޓުވާނެ ކަމުގެ އިންޒާރު އޭސީސީން ވަނީ ދީފައި
ގޯތީގެ މަސައްކަތް އެޗްޑީސީއާ ހަވާލުކޮށްފައި ވަނީ މިމަހުގެ 11 ގައި
ފޯމު ހުށަހެޅުމުގައި ހަމަހަމަ ފުރުސަތެއް ނެތް

ދެވަނަ ފިޔަވަހިން ދޫކުރުމަށް ހަމަޖެހިފައިވާ 400 ގޯތި ދޫކުރުމުގެ ޕްރޮސެސްއާ މެދު އަދިވެސް ގޮތެއް ނުނިމޭ ކަމަށް  ބުރާސްފަތިދުވަހު ހައުސިން މިނިސްޓްރީން ގޯތިދޫކުރުމަށް ހަވާލުކުރި ހުޅުމާލެ ޑިވެލޮޕްމެންޓަ ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ. 

އެޗްޑީސީގެ މީޑިއާ އޮފިޝަލް ރާއްޖެއެމްވީއަށް ވިދާޅުވީ ހައުސިން މިނިސްޓްރީން އެ ކޯޕަރޭޝަނާ ހަވާލުކުރި ހިސާބުން ގޯއްޗަށް އެދި ފޯމު ނަންބަރު ދޫކުރުމާއި ފޯމު ބަލައިގަތުމާ ގުޅޭ ގޮތުން މިނިސްޓްރީއާ އެކު މަޝްވަރާތައް ފަށާފައިވާ ކަމަށެވެ. 

"އަދި ވަކި ގޮތަކަށް ނުނިމޭ. ނިމުނުހާ އަވަހަކަށް މައުލޫމާތު ހިއްސާކުރާނަން،" އެޗްޑީސީގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. 

ދެވަނަ ފިޔަވަހިން ނުއަގުގައި 400،000ރ. އަށް ގޯއްޗެއްގެ މަގުން 400 ގޯތި ވިއްކަން ހުޅުވާލުމުން އެ މަޝްރޫއު ހުއްޓުވުމަށް ފަހު އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ) އިން ވަނީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަންތައްތަކާއި ކަރަޕްޝަނަށް މަގުފަހިވާ މައްސަލަތަކެއް ތަހުގީގުކުރަން ފަށާފައެވެ. އެކަމާ ގުޅިގެން ވަކި ކަންތައްތަކެއް އިސްލާހުކޮށް އަލުން ގޯތި ދޫކުރުމަށް ހުޅުވާލުމަށް ވަނީ އަންގާފައެވެ. އޭސީސީން ހައުސިން މިނިސްޓްރީއަށް އިސްލާހު ކުރަން އެންގި ކަންތައްތައް އިސްލާހުނުކޮށް އެ އެންގުމާ ޚިލާފަށް އެމިނިސްޓްރީން ވަނީ މިމަހުގެ 9 ވަނަ ދުވަހު ގޯއްޗަށް އެދޭ ފޯމާއި ފޯމު ބަލައިގަންނަން ފަށާފައެވެ.

މިމަހުގެ 11 ވަނަ ދުވަހު އޭސީސީން ވަނީ ހައުސިން މިނިސްޓްރީން އެމަސައްކަތް އަލުން ފެށީ އެންގުމާ ޚިލާފަށް ކަމަށާއި އެކަން ކޯޓު އަމުރެއްގެ ދަށުން ހުއްޓުވާނެ ކަމަށް ބުނެފައެވެ. 

ހައުސިން މިނިސްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ދެވަނަ ފިޔަވަހީގެ ގޯތީގެ ހުރިހާ ކަމެއް ކުރާނީ އެޗްޑީސީން ކަމަށާއި ގޯއްޗަށް ދައްކާ ފައިސާ ބަލައިގަތުމާއި ގުރުއަތުލުން ކުރިއަށް ގެންދާނީ ވެސް އެކޯޕަރޭޝަނުން ކަމަށެވެ. އަދި އެޗްޑީސީއާ އެމަސައްކަތް ހަވާލުކުރިއިރު އެދުވަހާ ހަމައަށް 5،100 ފޯމު ހައުސިން މިނިސްޓްރީން ބަލައިގެންފައިވާ ކަމަށާއި އެއިން އެއްވެސް ފޯމެއް ބާތިލް ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
15 އޮކްޓޯބަރ 2018 | ހޯމަ 06:53
ދިވެހި ދަރިއެއް
ރަސްމީކޮށް ހުށަހަޅާފައިވާ ފޯމް އަދި ވަލު ދޮރޯށިން ކިތައް ފޯމް؟