ކ. މާލެ
|
15 އޮކްޓޯބަރ 2018 | ހޯމަ 11:15
ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަމީން އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަމީން އިބްރާހިމް
ވީނިއުސް
ރިޔާސީ އިންތިޚާބު 2018
ޑިމޮކްރަސީގެ ފުރަތަމަ ތަނބު ވައްޓާލައިފި ނަމަ މުޅި ނިޒާމް ކޮށިއަރާނެ: އަމީން
ޑިމޮކްރާސީގެ ފުރަތަމަ ތަނބަކީ ވޯޓުން ވެރިއަކު ހޮވުން
ސަލާމަތީ ބާރުތައް ތިބީ ރައީސް ޔާމީންގެ އަމުރު ތަންފީޒުކޮށްދޭ ގޮތަކަށް ނޫން

ޑިމޮކްރާސީގެ ފުރަތަމަ ތަނބަކީ ވޯޓުން ވެރިއަކު ހޮވުން ކަމަށާއި، އެތަނބު ވައްޓާލައިފި ނަމަ މުޅި ނިޒާމް ކޮށިއަރާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބު ބާތިލް ކުރުމަށް ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވާތީ ކަންބޮޑުވުންފާޅު ކުރައްވައި ވިދާޅުވީ ބާރެއް އޮތަސް އެވަރުގެ ކަމެއް އެއްވެސް ބަޔަކު ކުރުމަކީ މުޅި ނިޒާމެއް ދެވޭ އިޔާދަ ނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ކަމަށެވެ.

ސަލާމަތީ ބާރުތައް ތިބީ ރައީސް ޔާމީންގެ އަމުރު ތަންފީޒުކޮށްދޭ ގޮތަށް ނޫން ކަން ފާހަގަކުރައްވައި އަމީން ވިދާޅުވީ ރައްޔިތުން މަގުމައްޗަށް ނެރެ ލޭ ހޫނުކޮށް ގަޔަށް އަތްލުވާ ހަލަބޮލި ކުރުމަށް ފަހު އެސްއޯއީ ހިންގަން އުޅޭނެ ކަމެއް ނެތް ކަމަށެވެ. އަދި އެހެން މޮޅު ގޮތެއް ހޯދުމަށް ވެސް އަމީން ވަނީ ގޮވާލައްވާފައެވެ.

ރިޔާސީ އިންތިޚާބު ބާތިލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ފަށާފައެވެ.

ރިޔާސީ އިންތިޚާބުގައި ކޯލިޝަންގެ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 58.4 އިންސައްތަ އާއެކު ވަނީ ކާމިޔާބު ކުރައްވާފައެވެ. ރައީސް ޔާމީނަށް 41.6 އިންސައްތައާ އެކު ބޮޑު ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގަތުމުން އިންތިޚާބު އޮޅުވާލާފައިވާ ކަމަށް އެމަނިކުފާނާއި، އެމަނިކުފާނަށް ތާއީދު ކުރާ މަދު މީސް ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް