ކ. މާލެ
|
15 އޮކްޓޯބަރ 2018 | ހޯމަ 08:18
ޝެިއޚް ޝަމީމް
ޝެިއޚް ޝަމީމް
މުހައްމަދު ޝަރުހާން
ޝެއިޚް ޝަމީމް
އިންޑިއާގައި ހިފެހެއްޓި ސަބަބެއް ނުބުނޭ، ސުވާލު ކުރީ ތައުލީމާއި ވަޒީފާއާއި ބެހޭގޮތުން: ޝެއިޚް ޝަމީމް
ޝަމީމް ޑީޕޯޓް ކޮށްލީކަމަށް ޝްރިޝް ބުނޭ
ޝަމީމް އަކީ އިންޑިއާ ކަހަލަ ޑިމޮކްރެސީ އިމްޕްލިމެންޓް ކުރާ ގައުމަކަށް ވަންނަން ހުއްދަ ދެވޭވަރުގެ މީހެއް ނޫން
ޑިމޮކްރަސީއަށް ހުރި ނުރައްކަލެއް

އިންޑިއާގައި ހިފެހެއްޓި ސަބަބެއް ނުބުނާކަމަށް އަންދަލުސް ދަރުސް އިން މަޝްއޫރުކަން ހޯދެވި ޝައިހް އާދަމް ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް އިންޑިއާގެ އެއާޕޯޓަކުން ހިފަހައްޓައި، އެ ގައުމަށް އެތެރެވިޔަނުދީ، އަނބުރާ ރާއްޖެ ފޮނުވާލާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. 

އިންޑިއާގައި ހުންނަ ދިވެހި ރާއްޖޭގެ ސަފީރު އަހުމަދު މުހައްމަދު (އަންޑޭ) އާއި ހަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައިވަނީ، ސަލާމަތީ ސަބަބުތަކަކަށްޓަކައި ކަމަށް ބުނެ ޝަމީމް ޓްރިވެންޑްރަމްގެ އެއާޕޯޓުން ހުކުރު ދުވަހުގެ ހެނދުނު ހިފެހެއްޓިކަމަށެވެ. އަދި ޓްރެވަންޑްރަމްގައި ތިބޭ ފޮރިން މިނިސްޓްރީގެ ދިވެހި މުވައްޒަފުންނާއި ޝަމީމްއާ ބައްދަލުވުމުގެ ފުރުސަތު ވެސް ނުލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހެއްގެ ގޮތުގައި ދިހަ އަހަރު ވަންދެން އުޅުނު، މިހާރު ލިޔުންތެރިޔަކަށްވެފައިވާ ޝިރިޝް ތޯރާތު ބުނީ  ޝަމީމް ޑީޕޯޓް ކޮށްލީކަމަށެވެ. އޭނާ ބުނީ ޝަމީމް އަކީ އިންޑިއާ ކަހަލަ ޑިމޮކްރެސީ އިމްޕްލިމެންޓް ކުރާ ގައުމަކަށް ވަންނަން ހުއްދަ ދެވޭވަރުގެ މީހެއް ނޫން ކަމަށެވެ. އަދި އޭނާ އަކީ ޑިމޮކްރަސީއަށް ހުރި ނުރައްކަލެއް ކަމަށް ވެސް ޝިރިޝް ވަނީ ބުނެފައެވެ.

ޝަމީމް އެކަމާއި ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ އިންޑިއާގެ އެއާޕޯޓުގައި 30 ގަޑިއިރު ހޭދަކުރަން ޖެހުނު ކަމަށާއި އިންޑިއާ އެތެރެވިޔަ ނުދީ ހިފެހެއްޓި ސަބަބެއް ނުބުނާކަމަށެވެ. އަދި އިމިގްރޭޝަންގެ އޮފިސަރުން އޭނާގެ ތައުލީމާއި ވަޒީފާގައި އުޅޭތަނާއި ބެހޭގޮތުން ސުވާލުކޮށްފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ. 

 

ޝަމީމްގެ އެޓްވީޓަށް ރައްދު ދީ ޝިރިޝް ތޯރާތު ބުނެފައިވަނީ އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ އޭނާ އެގައުމަށް އެތެރެވިޔަ ނުދިނީ ކީއްވެކަން އަންގާފައިކަމަށާއި އަދި އޭނާ ޑީޕޯޓްކޮށްފައިވާކަމަށް ޝިރިޝް ބުނެފައިވެއެވެ. އަދި އަމިއްލަ ނަފްސަށް ޝަމީމް ލަދުގަންނަން ޖެހޭކަމަށް ޝިރިޝް ތޯރާތު ކޮށްފައިވާ ޓްވީޓުގައި ވަނީ  ބުނެފައެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް