ކ. މާލެ
|
15 އޮކްޓޯބަރ 2018 | ހޯމަ 21:21
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް ސަރަހައްދުގައި ބައެއް އާންމުން ހަރަކާތްތެރިވަނީ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް ސަރަހައްދުގައި ބައެއް އާންމުން ހަރަކާތްތެރިވަނީ
މުހައްމަދު ޝަރުހާން
އިންތިހާބު ބާތިލްކުރުމުގެ މައްސަލަ
މައްސަލަ އެހެން ގޮތަކަށް ނިންމުމުގެ ހައްޤެއް ސުޕްރީމް ކޯޓަކަށް ނެތް: ރައީސް ނަޝީދު
ނިމިދޔަ ރިޔާސީ އިންތިހާބުގައި ދިވެހިން ވަނީ އިބްރާހިމް މުހައްމަދު ސޯލިހް، ރައީސްކަމަށް އިންތިހާބް ކޮށްފައި

ރައްޔިތުންގެ ނިންމުމަށް ބަދަލު ގެނައުމުގެ ހައްޤެއް ސުޕްރީމް ކޯޓަކަށް ނެތް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވިިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ދިވެހިން ވަނީ އިބްރާހިމް މުހައްމަދު ސޯލިހް، ރައީސްކަމަށް އިންތިހާބް ކޮށްފައި ކަމަށެވެ. އަދި އެ ނިންމުމަށް ބަދަލު ގެނައުމަށް އުސޫލްތަކާއި ހިލާފަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށައެޅުމުން މައްސަލަ ބަލައިގެންފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

އެމަނިކުފާނު ވިދާޅުވީ ހިންގުމުގެ ހައްޤު ނެތް މި މައްސަލަ އެހެން ގޮތަކަށް ނިންމުމުގެ ހައްޤު ސުޕްރީމް ކޯޓަށް ނެތް ކަމަށެވެ. 

ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލައިގެ ފުރަތަމަ އަޑުއެހުން އާދިއްތަ ދުވަހު ބާއްވާފައިވާއިރު، އެ މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދެވިދާނެކަމާއި މެދު ޤާނޫނީ ވަކީލުން ވަނީ ސުވާލު އުފައްދާފަ އެވެ. 

މައްސަލާގައި އިލެކްޝަންސް ކޮމިޝަންގެ ވަކީލުން ވެސް އަދި މައްސަލައަށް ތަދަހުލްވި ވަކީލުން ވެސް ވަނީ މައްސަލާގައި ވަނީ ހިޔާލީ ވާހަކަތަކެއް ކަމަށް ކޯޓުގައި ވިދާޅުވެފަ އެވެ. އަދި އަބްދުﷲ ޔާމީންގެ ފަރާތުން ހުށައެޅި ޝަކުވާތައް ސާބިތުކުރުމަށް އެކަށީގެންވާ ހެއްކެއް ވެސް އަދި ގަރީނާ ވެސް ހުށައަޅާފައިނުވާ ކަމަށް ވަކީލުން ވިދާޅުވި އެވެ. 

އަބްދުﷲ ޔާމީންގެ ފަރާތުން އިންތިހާބް ބާތިލް ކުުރުމަށް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށައެޅިއިރު، އެމަނިކުފާނު ވަނީ އިންތިހާބުގެ ނަތީޖާ ބާތިލް ކުރުމަށް 24 ސެޕްޓެމްބަރުގައި ވިދާޅުވެފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް