ކ. މާލެ
|
15 އޮކްޓޯބަރ 2018 | ހޯމަ 21:12
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އާ ޔުނީފޯމް ދައްކާލުމުގެ ތެރެއިން: އެތަނުން ވަކިކުރި މުވައްޒަފުންނަށް ބަދަލު ދޭން އަންގާފައިވޭ
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އާ ޔުނީފޯމް ދައްކާލުމުގެ ތެރެއިން: އެތަނުން ވަކިކުރި މުވައްޒަފުންނަށް ބަދަލު ދޭން އަންގާފައިވޭ
ރާއްޖެ އެމްވީ
އޭވިއޭޝަން ސެކިއުރިޓީ
އިންޓެލިޖެންސް މައުލޫމާތަށް ބަލައި ވަކިކުރި މުވައްޒަފުންނަށް ބަދަލު ދޭން ހުކުމްކޮށްފި
ބަދަލުގެ ގޮތުގައި ނުވަ ލައްކަ އެއްހާ ރުފިޔާ ލިބޭނެ
ވަކިކުރީ ސިފައިންގެ އިންޓެލިޖެންސް މައުލޫމާތަކަށް ބަލައި
ވަޒީފާ އިޔާދަކޮށް ދޭން އެންގި ބައި އުނިކޮށްފައިވޭ

އެމްއެންޑީއެފްގެ އިންޓެލިޖެންސުން ދިން މައުލޫމާތަކާ ގުޅިގެން، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ވަޒީފާ އިން ވަކިކުރި އަށް މުވައްޒަފަކަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމި، ނިންމުމަށް ހައި ކޯޓުން ތާއިދުކޮށްފިއެވެ.

ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ ހަފްތާގެ ބުދަ ދުވަހު ކުރި ހުކުމްގައި ބުނެފައި ވަނީ އެމްއެންޑީއެފްގެ އިންޓެލިޖެންސުން، ޑިފެންސް މިނިސްޓްރީ އަށް ދިން މައުލޫމާތަކާ ގުޅިގެން އޭވިއޭޝަން ސެކިއުރިޓީގެ އަށް މުވައްޒަފަކު މަގާމުން ވަކި ކުރީ 2015 ވަނަ އަހަރުގެ މެއި މަހު ކަމަށެވެ. އިންޓެލިޖެންސް މައުލޫމާތަށް ބަލައި އެ މުވައްޒަފުންގެ މައްޗަށް ތުހުމަތު ކޮށްފައި ވަނީ ގައުމީ ސަލާމަތާ ރައްކާތެރިކަމުގެ ވަޒީފާ އެއް ގައި ތިބޭ މުވައްޒަފުންގެ މައްޗަށް އޮންނަންޖެހޭ އިތުބާރު ގެއްލޭނެ ފަދަ ގޮތަކަށް އެ މުވައްޒަފުން އަމަލުކޮށްފައިވާ ކަމަށެވެ.

ނަމަވެސް ގައުމީ ސަލާމަތާ ރައްކާތެރިކަމުގެ ވަޒީފާ އެއް ގައި ހުންނަ މުވައްޒަފެއްގެ މައްޗަށް އޮންނަންޖެހޭ އިތުބާރު ގެއްލޭފަދަ ގޮތަކަށް އެ މުވައްޒަފުން ކުރި އަމަލަކީ ކޮބައިކަން ސާފުކޮށްދެވިފައި ނުވާ ކަމަށް އެ މުވައްޒަފުންގެ ފަރާތުން ޝަރީއަތުގައި ފާހަގަކޮށްފައި ވެއެވެ.

އެކަންތައްތަކާ ގުޅިގެން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހު ނިންމާފައި ވަނީ ވަޒީފާ އެއްގައި ހުންނަ މުވައްޒަފެއްގެ މައްޗަށް އޮންނަންޖެހޭ އިތުބާރު ގެއްލޭ ގޮތަކަށް އެ މުވައްޒަފުން ކޮށްފައި ވަނީ ކޮންކަމެއްކަން ސިވިލް ސާވިސް ކޮމިޝަނަށް ބުނެދެވިފައި ނުވާތީ، އެ މުވައްޒަފުން ވަކިކޮށްފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ކަމަށެވެ. އެހެންކަމުން އެ މުވައްޒަފުންގެ ވަޒީފާ އިޔާދަކޮށް، މުސާރަ އާއި އިނާޔަތްތައް ދިނުމަށް ޓްރައިބިއުނަލުން ވަނީ ނިންމާފައެވެ.

ނަމަވެސް އެ ނިންމުމާ ދެކޮޅަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން 2016 ވަނަ އަހަރު ހައި ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައާ ގުޅިގެން، ޝަރީއަތް ހިންގުމަށް ފަހު އެ ކޯޓުން މިދިޔަ ހަފްތާގައި ނިންމާފައި ވަނީ އެ މުވައްޒަފުންނަށް އަލުން ވަޒީފާ ދޭން ނުޖެހޭނެ ކަމަށެވެ. ނަމަވެސް ވަޒީފާ އިން ވަކިކުރި ތާރީހުން ފެށިގެން ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދިނުމަށް ހައި ކޯޓުން ހުކުމްކޮށްފަ ވެއެވެ.

ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ފާއިތުވި ތިން އަހަރާއި ފަސް މަހުގެ މުއްދަތަށް ބަލައި އެއިން ކޮންމެ މުވައްޒަފަކަށް ބަދަލުގެ ގޮތުގައި މަދުވެގެން ނުވަ ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބޭނެއެވެ. ވަޒީފާއިން ވަކިކުރި އަށް މުވައްޒަފުންގެ ތެރެއިން އެންމެ މުވައްޒަފަކު ފިޔަވައި އެހެން ހުރިހާ މުވައްޒަފުން މަސައްކަތް ކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
14 އޮކްޓޯބަރ 2018 | އާދީއްތަ 11:14
މަވެސް އަތޮޅު
އަނެއްކާވެސް ސަރުކާރުން ބޮޑު ލާރި ގަނޑެއް ބަޔަކަށް ދޭންޖެހެނީ. މި ކަމުގެ ޒިންމާވާ ބަޔަކަށް މި ފައިސާ ދައްކަންޖެހޭނަމަ މި ފަދަ ކަންކަން ކުރުމުން ދުރުވާނެ. މި ފަދަ ކަންކަން ތަކުރާރުވަނީ ގިނަ ފަހަރު ޒިންމާވާ ފަރާތްތަކުގެ ސަބަބުން ސަރުކާރަށް ލިބޭ ގެއްލުން އެ މަޢުލޫމަތު ދިން ނުވަތަ އެކަން ކުރި ފަރާތްތަކުން ނުހޯދާތިކަން ފާހަގަ ކުރަމެވެ.
14 އޮކްޓޯބަރ 2018 | އާދީއްތަ 08:57
ހުސައިން
އިންސާފުވެރި ހުކުމެއްނޫންތީ؟ ވަޒީފައިން ވަކިކުރީ ޤާނޫނާއި ޚިލާފަށް. ވަޒީފާވެސް ދޭން ޖެހޭނެ ނުހައްޤުން ވަޒީފާއިން ވަކިކުރީމަ ނޫނީ އަނިޔާވެރިންނަށް ތިހުޅުވާލެވެނީ ވަރަށް ނުބައި ދޮރެއް އިތުރަށް އަނިޔާވެރިންނަށް. ސަބަބކީ ދޭންޖެހޭފައިސާ އަކީ އެއަނިޔާވެރިޔާގެ ޖީބުން ދޭއެއްޗަކަށް ނުވެފައި އޭނަގަ ބޭނުމަކީ ނިކަމެތި މީހާގެ ވަޒީފާ ދުއްވާލުން. ތިހުކުމަކީ އަނިޔާވެރިޔާގެ މަގުސަދު ހާސިލްވެގެންދާ އިންސާފުން އެއްކިބާވެފައިވާ ހުކުމެއް،