ކ. މާލެ
|
14 އޮކްޓޯބަރ 2018 | އާދީއްތަ 12:16
ރިޔާސީ އިންތިހާބުގައި މީހަކު ވޯޓްލަނީ
ރިޔާސީ އިންތިހާބުގައި މީހަކު ވޯޓްލަނީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ރައްޔިތުންގެ ނިންމުމަށް އިހްތިރާމުރުމަށް ޓްރާންސްޕޭރެންސީން ގޮވާލައިފި
އިންތިހާބުގެ ނަތީޖާއަށް ބަދަލު އަންނަ ވަރުގެ ކަމެއް ފާހަގައެއް ނުކުރެވުނު

ރައްޔިތުންގެ ނިންމުމަށް އިހްތިރާމުކޮށް ސުލްހަވެރިކަމާއެކު ސަރުކާރު ބަދަލުކުރުމުގެ މަރުހަލާއަށް ފުރުސަތު ދިނުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގޮވާލައިފިއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފައިވަނީ ރިޔާސީ އިންތިހާބުގެ ކަންކަން ކުރިޔަށްދިޔަ ގޮތާމެދު ސުވާލު އުފައްދާ، އިންތިހާބު ބާތިލުކުރުމަށް ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓުގެ ފަރާތުން ރާއްޖޭގެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައާމެދު ކަންބޮޑުވާ ކަމަށެވެ. ރިޔާސީ އިންތިހާބުގެ ކަންކަން ކުރިއަށް ދިޔަ ގޮތް ޓްރާންސްޕޭރެންސީއިން ގައުމީ ފެންވަރުގައި އޮބްޒާވްކޮށްފައިވެއެވެ. އިންތިހާބުގެ ކުރިން ހުރި ކަންބޮޑުވުންތައްވެސް ޖަމިއްޔާއިން ފާހަގަކޮށްފައިވެއެވެ. މި ކަންބޮޑުވުންތަކުގައި ނިޒާމީ ގޮތުން ސަރުކާރު ހިންގާ ޕާޓީއަށް ފައިދާވާގޮތަށް ރޭވިފައިހުރި ކަންތައްތަކެއް ހުރިކަން ޓްރާންސްޕޭރެންސީން ފާހަގަކޮށްފައިވެއެވެ. އިންތިހާބު އޮބްޒާވްކުރެވުނު ކަންބޮޑުވުންތަކަކީ އިންތިހާބުގެ ނަތީޖާއަށް އަސަރު ފޯރާ ފަދަ ކަންކަން ނޫން ކަމަށް ޓްރާންސްޕޭރެންސީން ބުނެއެވެ.

އިންތިހާބުގެ ނަތީޖާ ސަރުކާރު ހިންގާ ޕާޓީ ހިމެނޭގޮތަށް ހުރިހާ ސިޔާސީ ޕާޓީއަކުން ވަނީ ގަބޫލުކޮށްފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. ރިޔާސީ އިންތިހާބުގެ 2013 ގެ ފުރަތަމަ ބުރުގައި ކަންކުރެވުނު ފަދައިން ރައްޔިތުންގެ ނިންމުމާ މެދު ސުވާލު އުފެދޭ ފަދަ ގޮތަކަށް ޝަރުއީ ނިޒާމު މެދުވެރިކޮށް ބަދަލުކުރުމަށް އެއްވެސް ފަރާތަކުން މަސައްކަތް ނުކުރުމަށް ޖަމިއްޔާއިން ގޮވާލާފައިވެއެވެ.

އާންމު ރައްޔިތުންގެ ނިންމުމަށް އިހުތިރާމުކޮށް އެނިންމުމާ އެއްގޮތަށް ސިޔާސީ މަސްރަހު ސުލްހަވެރިކަމާއެކީ ބައްޓަން ކުރުމަށް ޓްރާންސްޕޭރެންސީ ވަނީ ގޮވާލާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް