ކ. މާލެ
|
15 އޮކްޓޯބަރ 2018 | ހޯމަ 18:00
ފުލުހުންގެ އިދާރާ: މީހަކު ރަހީނު ކޮށްފަ އެއް ނުވޭ
ފުލުހުންގެ އިދާރާ: މީހަކު ރަހީނު ކޮށްފަ އެއް ނުވޭ
މުހައްމަދު ޝަރުހާން
މޯލްޑިވްސް ޕޮލިސް ސަރވިސް
މީހަކު ރަހީނު ކޮށްފަ އެއް ނުވޭ: ޕޮލިސް
ފުލުހުންނަށް ވެސް މައުލޫމާތު ލިބިގެން ވަނީ ބަލާފައި
މީހަކު ރަހީނުކޮށްގެން އުޅޭކަމުގެ އަޑު ފެތުރުނީ ސޯޝަލް މީޑިއާގައި

ހުޅުމާލޭގައި ޒުވާނަކު ރަހީނުކޮށްގެން އުޅޭ ކަމަށް ދެކެވޭ ވާހަކަ އަކީ ޙަޤީގަތެއް ނޫން ކަމަށާއި މީހަކު ރަހީނު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން ސޯޝަލް މީޑިއާ ގައި ދިޔައީ 19 އަހަރުގެ ޒުވާނަކު ރަހީނުކޮށްގެން އުޅޭ ކަމަށް ތުހުމަތު ކޮށް ވާހަކަ ފަތުރަމުންނެވެ. އެ ޒުވާނާގެ ފޮޓޯ ވެސް ދިޔައީ ދައުރުވަމުންނެވެ. 

މިކަމާ ގުޅިގެން ރާއްޖެ އެމްވީން ސުވާލުކުރުމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ "އެފަދަ ކަމެއް ހިނގާފައެއް ނެތް،" ކަމަށެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މީހަކު ރަހީނުކޮށްގެން އުޅޭ ކަމުގެ މައުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ވެސް ލިބިގެން އެކަން ފުލުހުން ބެލިކަމަށާއި ނަމަވެސް އެފަދަ ކަމެއް ހިނގާފައި ނުވާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް