ކ. މާލެ
|
14 އޮކްޓޯބަރ 2018 | އާދީއްތަ 10:33
ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ވަންނަން ކިއު ހަދާފައި: ކިއުގައި ތިބީ ރައީސް ޔާމީންގެ ސަޕޯޓަރުންނާއި އިދިކޮޅު ސަޕޯޓަރުން
ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ވަންނަން ކިއު ހަދާފައި: ކިއުގައި ތިބީ ރައީސް ޔާމީންގެ ސަޕޯޓަރުންނާއި އިދިކޮޅު ސަޕޯޓަރުން
ރާއްޖެ އެމްވީ
ސުޕްރީމް ކޯޓު
ތިން ގަޑިއިރު ކުރިން ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ވަންނަން ކިއު ހަދައިފި
ދެ ފަރާތުގެ ސަޕޯޓަރުން ވެސް ކިއުގައި
ކިއުގެ އެންމެ ކުރީގައި މެމްބަރު މަހުލޫފު
ޝަރީއަތް ފަށާނީ މެންދުރު 1:00ގައި

ރިޔާސީ އިންތިހާބު ބާތިލު ކުރުމަށް ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުމަށް ވަންނަން ތިން ގަޑިއިރު ކުރިން ކިއު ހަދައިފިއެވެ.

ސުޕްރީމް ކޯޓު ކައިރީގައި ކިއުގައި ޖެހުނު މީހުންގެ ތެރޭގައި ގުޅިފައިވާ ޕާޓީތަކުގެ ސަޕޯޓަރުންނާއި ޕީޕީއެމްގެ ބައެއް އެކްޓިވިސްޓުން ހިމެނެއެވެ. ސުޕްރީމް ކޯޓު ކައިރީގައި އެންމެ ފުރަތަމަ ކިއުގައި ޖެހުނު މީހުންގެ ތެރޭގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ހިމެނިވަޑައިގަންނަވައެވެ.

ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލިސް ޖާގަ އޮތް ގޮތުން އެ ކޯޓަށް އަޑުއަހަން ވަދެވޭނީ ގިނަވެގެން 30 ވަރަކަށް މީހުންނަށެވެ. ނަމަވެސް ގިނަ ބަޔަކަށް ވަދެވޭ ޖާގަ ތަނަވަސް ކުރުމުގެ ފުރުސަތު އޮންނާނެއެވެ.

ސުޕްރީމް ކޯޓު ކައިރީގައި ކިއު ހަދާފައި-- ފޮޓޯ/ ރާއްޖެއެމްވީ

ސުޕްރީމް ކޯޓު ކައިރީގައި ހަދާފައިވާ ކިއުއަށް މީހުން އަރަން ފެށިއިރު، އެ ސަރަހައްދުގައި އަމަން ބެލެހެއްޓުމަށް ފުލުހުން އަދި ހަރަކާތްތެރިއެއް ނުވެއެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ތެރޭގައި ދިވެހި އަސްކަރިއްޔާއިން ދަނީ ފޯރިމަރަމުންނެވެ. ސުޕްރީމް ކޯޓުގެ ސެކިއުރިޓީ ބަލަހައްޓަނީ އެމްއެންޑީއެފުންނެވެ. އަޑުއަހަން ވަނަން މީހުން އެމްއެންޑީއެފުން ބަލައި ފާސްކުރާނެއެވެ.

ސުޕްރީމް ކޯޓުގައި މިއަދު މެންދުރުފަހު 1:00ގައި ފަށާ އަޑުއެހުމަށް ނަން ނޯޓުކުރަން ފަށާނީ މެންދުރު 12:00ގައި އެވެ. ނަން ނޯޓު ކުރުމުގެ ފުރުސަތު 12:45އަށް އޮންނާނެއެވެ. ނަން ނޯޓު ކުރުމަށްފަހު ސުޕްރީމް ކޯޓުން ނުކުތުމުގެ ފުރުސަތެއް ނުލިބޭނެއެވެ.

ސުޕްރީމް ކޯޓު ކައިރީގައި ކިއު ހަދާފައި-- ފޮޓޯ/ރާއްޖެއެމްވީ

އިންތިހާބު ބާތިލު ކުރުމަށް ރައީސް އަބްދުﷲ ޔާމީން ހުށަހެޅުއްވި މައްސަލާގައި އިލެކްޝަންސް ކޮމިޝަނާއި ގުޅިފައިވާ ހަތަރު ޕާޓީތަކުގެ ފަރާތުން ޖަވާބުދާރީވާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް