ކ. މާލެ
|
14 އޮކްޓޯބަރ 2018 | އާދީއްތަ 08:51
ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހްތާޒު
ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހްތާޒު
މިހާރު
ކްރިމިނަލް ކޯޓުގެ އަޑުއެހުން
މުހުތާޒާއި ނިހާނަށް ކުރާ ދައުވާތަކުގެ އަޑުއެހުން މިއަދު 10:30 ގައި
ފަސް ދައުވާއެއްގެ އަޑުއެހުންތަކެއް ވަނީ ތާވަލްކޮށްފައި

ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް މުހުތާޒު މުހުސިންއާއި ގާޒީ އަހުމަދު ނިހާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކެއްގެ އަޑުއެހުން މިއަދު 10:30އަށް ތާވަލް ކޮށްފިއެވެ.

އެ ދެ މީހުންގެ މައްޗަށް ކޮށްފައިވާ ފަސް ދައުވާއެއްގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ކުރިއަށް ދާނެއެވެ. އެއީ މުހުތާޒަށް ކުރާ ސައްހަ ނޫން ލިއުމެއް އުފެއްދިކަމުގެ ދައުވާ އާއި، ވަކި އުސޫލަކުން ދޫކޮށްފައިވާ ލިއުމެއް ކަމުގައި ސައްހަ ނޫން ގޮތުގައި އުފައްދާ ފައިވާ ލިއުމެއް ދެއްކުމުގެ ދައުވާގެ އަޑުއެހުމެކެވެ.  

ގާޒީ ނިހާން

ނިހާނަށް ކޮށްފައިވާ ރަސްމީ ވާޖިބު އަދާ ކުރުމުގައި އެކަށީގެން ނުވާ އަމަލެއް ހިންގުމުގެ ދައުވާއާއި، ސައްހަ ނޫން ލިއުމެއް އުފެއްދުމުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާގެ އަޑުއެހުމެވެ. 

މުހުތާޒާއި ނިހާނަށް ވަނީ ރައީސް ޔާމީން ހައްޔަރުކުރަން އަމުރު ނެރުނު ކަމަށް ބުނާ މައްސަލާގައި ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 17 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ކަފާލާތުގެ ދަށުން ނިހާން މިނިވަން ކުރުމަށް ހައިކޯޓުގައި އޭނާގެ ވަކީލުން ވަނީ އެދިފައެވެ. ނިހާން ކަފާލާތުގެ ދަށުން ދޫކޮށްލެވެން ނެތް ކަމަށާއި ދޫކޮށްލެވެން ނެތީ ޓެރަރިޒަމްގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ ކަމަށް ހައިކޯޓުން ވަނީ މިދިޔަ ބުދަ ދުވަހު އޭނާގެ ވަކީލުންނަށް އަންގާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް