ހިއުމަން ރިސޯސް ދާއިރާ އިން އެކި ކުންފުނިތަކުން ކޮށްފައިވާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އެޗްއާރް މޯލްޑިވްސްގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވާ އެޗްއާރް އެވޯޑްސް ހަފްލާ ބާއްވައިފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ މި އެވޯޑް ހަފްލާ ބާއްވާފައި ވަނީ ހޮޓެލް ޖެންގައެވެ. އަދި ހަފްލާ ޝަރަފުވެރި ކޮށްދެއްވީ އިންތިޚާބީ ނާއިބު ރައީސް ފައިސަލް ނަސީމްއެވެ.
ހަފްލާގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ އެމަނިކުފާނު ރިސޯޓް މެނޭޖަރެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރެއްވިއިރު އެނގިވަޑައިގެންނެވި ކަމަކީ މުވައްޒަފުންގެ އަގު ވަޒަން ކުރަން ޖެހޭނެކަން ކަމަށާއި މުވައްޒަފުންގެ އަގު ވަޒަން ނުކޮށް ރަނގަޅު ހިދުމަތެއް އެއްވެސް އިންޑަސްޓްރީ އަކުން ފޯރުކޮށް ނުދެވޭނެކަން ކަމަށެވެ.
ޖުމްލަ 9 ދާއިރަކުން 12 ފަރާތަކަށް ވަނީ އެވޯޑުތައް ހަވާލުކޮށްފައެވެ.
- އެމްޕްލޮއިމަންޓް އޭޖެންސީ އޮފް ދަ އިޔަރ- ޖަސްޓް ފޯ މާކިން ޕްރައިވެޓް ލިމިޓެޑް
- އެޗްއާރް ޓްރެއިނިންގ ޕްރޮވައިޑަރ އޮފް ދަ އިޔަރ- ވިލާ ކޮލެޖް
- އެކްސަލަންސް އިން ޝޯޝަލް މީޑިއާ ޕީޕަލްސް ޕްރެކްޓިސަސް- – ޖުމައިރާ ވިޓަވެލި ރިސޯޓް އަދި އޭޑީކޭ ހޮސްޕިޓަލް
- އެކްސަލަންސް އިން ޑިވަލޮޕިންގް ލީޑާސް އޮފް ޓުމޯރޯ- – ކޮންސްޓަންސް ރިސޯޓް މޯލްޑިވްސް
- އެކްސަލަންސް އިން ލާނިންގް އެންޑް ޑިވަލޮޕްމަންޓް-– އަދާރަން ރިސޯޓް އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ
- ބެސްޓް ހެލްތް އެންޑް ވެލްނަސް އިނިޝިއޭޓިވިސް - އެމްޓީސީސީ އަދި އެސްޓީ ރެޖިސް ރިސޯޓް
- އެކްސަލަންސް އިން ލެވެރޭޖިންގް އެޗްއާރް ޓެކްނޮލޮޖީ – އުރީދޫ މޯލްޑިވްސް
- ނެކްސްޓް ޖެނެރޭޝަން އެމްޕްލޮއިމަންޓް އިނިޝިއޭޓިވް އޮފް ދަ އިޔަރ -– ދިރާގު އަދި ފޯސީޒަންސް ރިސޯޓް
- ސްޓާފް ރީކްރިއޭޝަން ޓީމް އޮފް ދަ އިޔަރ - – މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި ޖުމެއިރާ ވިޓަވެލި ރިސޯޓް
އެންމެ ފުރަތަމަ އެޗްއާރް އެވޯޑް ހަފްލާ ބާއްވާފައި ވަނީ 2017 ވަނަ އަހަރުގެ މަރޗް މަހުގައެވެ.
މިހަފްލާގެ ތެރެއިން ވަނީ ސީއީއޯ ޑޭ ޕްރޮގްރާމާއި ކްލައުޑް އެޗްއާރް ސޮފްޓްވެއަރ ލޯންޗުކޮށްފައެވެ. އަދި އެޗްއާރް ސަމިޓް އެންޑް އެކްސްޕޯ ވެސް ލޯންޗުކޮށް، 2019 ވަނަ އަހަރު އެ އެކްސްޕޯ ބޭއްވުމަށް ނިންމާފައި ވަނީ އައްޑޫ ސިޓީގައި ކަމަށް އެޗްއާރް މޯލްޑިވްސް