ކ. މާލެ
|
14 އޮކްޓޯބަރ 2018 | އާދީއްތަ 02:16
ހޮނިހިރު ދުވަހުގެ ރޭ މާގިރި ހޮޓެލްގައި ބޭއްވި ބައްދަލުވުމުގައި ފޮޓޯއަކަށް ހުއްޓިގެން
ހޮނިހިރު ދުވަހުގެ ރޭ މާގިރި ހޮޓެލްގައި ބޭއްވި ބައްދަލުވުމުގައި ފޮޓޯއަކަށް ހުއްޓިގެން
ފޭސްބުކް
އިންތިޚާބީ ރައީސް ސޯލިހު
ޓީވީއެމްގެ ކުރީގެ މުވައްޒަފުން އިންތިޚާބީ ރައީސް ސޯލިޙަށް މަރުހަބާ ދަންނަވައިފި
އެ ބައްދަލުވުން ކުރިއަށް ގޮސްފައި ވަނީ މާގިރި ހޮޓަލުގައި
އިންތިޚާބީ ރައީސް ސޯލިހް ފުރަތަމަ ވަޒީފާ އަދާކުރެއްވީ ޓީވީއެމްގައި

ޓީވީއެމް އެލުމްނާއިގެ ފަރާތުން އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙަށް މަރުހަބާ ދަންނަވައިފިއެވެ.

ސުކޫލް ނިންމެވުމަށް ފަހު އެންމެ ފުރަތަމަ އިންތިޚާބީ ރައީސް ސޯލިހް ނޫސްވެރިއެއްގެ ގޮތުގައި ވަޒީފާ އަދާކުރެއްވީ ޓީވީއެމްގަ އެވެ. ޓީވީއެމްގައި ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް އެ މަނިކުފާނު މަސައްކަތް ކުރެއްވި އެވެ.

ޓީވީއެމްގެ ކުރީގެ މުވައްޒަފުން އިންތިޚާބީ ރައީސް ސޯލިހް އަށް މަރުޚަބާ ދެންނެވުމަށް މާގިރި ހޮޓެލްގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ހަފުލާގައި ދަމާފައިވާ ބެނާގައި ލިޔެފައި ވަނީ "ޕްރޮޑިއުސަރކަމުން ރައީސް ކަމަށެ"ވެ.

 

މިއުޒިކާއެކު ކުރިއަށް ގެންދިޔަ މި ހަފުލާގައި ކުރީގެ އިންފޮމޭޝަން މިނިސްޓަރު އަދި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދާއި، މަތިވެރީ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު އާއި ކުރީގެ ޕްލޭނިން މިނިސްޓަރު ހަމްދޫން ހަމީދު ބައިވެރިވެވަޑައިގަތެވެ. އެ ބޭފުޅުންގެ އިތުރުން ޓީވީއެމްގެ ކުރީގެ ވެރިންނާއި ނޫސްވެރިންނާއި އެހެން ޑިޕާޓްމެންޓްތަކުގައި ވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅުން ބައިވެރިވި އެވެ. 

ޓީވީއެމްގެ އެލުމްނައިން މި އިވެންޓް އިންތިޒާމުކުރިއިރު، އިންތިޚާބީ ރައީސް ސޯލިހަކީ ވެސް އެ ޖަމިއްޔާގެ މެމްބަރެކެވެ. އެ ޖަމިއްޔާގެ ފަރާތުން އެ މަނިކުފާނަށް ހަނދާނީ ފިލައެއް އަރުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
14 އޮކްޓޯބަރ 2018 | އާދީއްތަ 05:44
އިސީ
އޯގާތެރި ވެރިން ފެނޭނުން އެމީޙުން އެއީ އެކުވެރިންނާއި ރައްޓެހިން ދޫކޮއްލާނޭ ބައެއްނޫން ޝްކުރިއްޔާ އިބޫ