ކ. މާލެ
|
14 އޮކްޓޯބަރ 2018 | އާދީއްތަ 18:47
އިންތިޚާބީ ރައީސް އުމަރު ޒާހިރު އާއި ބައްދަލުކުރައްވަނީ
އިންތިޚާބީ ރައީސް އުމަރު ޒާހިރު އާއި ބައްދަލުކުރައްވަނީ
ރާއްޖެ އެމްވީ
އުމަރު ޒާހިރު
އުމަރު ޒާހިރުގެ އަނބިކަނބަލުން އަވަހާރަވެއްޖެ
އަވަހާރަވީ އުމުރުފުޅުން 84 އަހަރުފުޅު ގައި
ސިއްހީ ހާލުކޮޅު ގޯސްވެގެން އެޑްމިޓްކުރީ މިއަދު ހެނދުނު
އަވަހާރަވީ އައިޖީއެމްއެޗް ގައި މިއަދު ހަވީރު

ކުރީގެ ވަޒީރު އުމަރު ޒާހިރުގެ އަނބިކަނބަލުން އަވަހާރަވެއްޖެއެވެ.

އުމަރު ޒާހިރުގެ އަނބިކަނބަލުން މުއުމިނާ އިބުރާހިމް އަވަހާރަވީ މީގެ ކުޑައިރުކޮޅެއް ކުރިން އައިޖީއެމް ހޮސްޕިޓަލްގަ އެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 84 އަހަރެވެ.

އެކަމަނާ އައިޖީއެމްއެޗު ގައި އެޑްމިޓްކުރީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެެވެ. ނަމަވެސް އެޑްމިޓް ކުރެވުނީ ކޮން އަލާސްކަންފުޅެއްގައި ކަން އަދި ވަނީ ސާފުވާ ގޮތް ނުވެފައެވެ.

އެކަމަނާ އަވަހާރަވީ އިރު ދުނިޔޭގައި ދަރިކަނބަލަކާއި ދެ މާމަދަރިންނާއި މުނިމާމަ ވިދާޅުވާ ކުއްޖަކު އެބަ ތިއްބެވި އެވެ.

ކުރީގެ ވަޒީރު އުމަރު ޒާހިރަކީ ދައުލަތަށް ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައި، ދިވެހި ދައުަލަތުގެ އެންމެ މަތީ ޝަރަފު، ނިޝާން އިއްޒުންދީން، އިއްޒަތުގެ ވެރިޔާގެ ލަގަބު ހޯއްދަވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ވަނީ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި ރައީސް މައުމޫނުގެ ފަރާތްޕުޅުން ކޯލިޝަން އަށް ތާއީދު ހޯއްދެވުމުގެ މަސައްކަތްޕުޅު ގައި ބައިވެރިވެ ވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް