ކ. މާލެ
|
12 އޮކްޓޯބަރ 2018 | ހުކުރު 17:00
ބާޖު އެރުމާއި ގުޅިގެން ދެކުނު ފަރާތު ފަރުމައްޗަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް އެރަށުގެ ރައްޔިތުން ތުހުމަތުކުރޭ
ބާޖު އެރުމާއި ގުޅިގެން ދެކުނު ފަރާތު ފަރުމައްޗަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް އެރަށުގެ ރައްޔިތުން ތުހުމަތުކުރޭ
ޓްވިޓަރ
ބާޖު ފަރަށް އެރުން
މާއުނގޫދޫ ދެކުނު ފަރާތު ފަރުމައްޗަށް ބާޖެއް އަރައި ގެއްލުންތަކެއް ވެއްޖެ
ބާޖު ފަރުމައްޗަށް އެރިތާ ތިން ދުވަސް ފަހުން އެބާޖު ވަނީ ފުންކޮށްފައި
ފަރަށް ލިބުނު ގެއްލުން އެނގޭނީ ކަމާބެހޭ ފަރާތްތަކުން ބެލުމުން

ށ. މާއުނގޫދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް ބޭނުންކުރި ބާޖު އެރަށުގެ ދެކުނު ފަރާތު ފަރުމައްޗަށް އަރައި, އެ ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ. 

ކައުންސިލްގެ ރައީސް އާދަމް ސަލީމް ވިދާޅުވީ ބާޖު ފަރުމައްޗަށް އެރިތާ ތިން ދުވަސް ފަހުން އެމްޓީސީސީގެ މުވައްޒަފުން އެބާޖު ފުންކޮށްފައިވާ ކަމަށާއި، ފަރަށް ލިބުނު ގެއްލުން އެނގޭނީ ކަމާބެހޭ ފަރާތްތަކުން ބެލުމުން ކަމަށެވެ.

އެރަށުގެ ޒުވާނަކު ބުނީ މިހާދިސާ ހިނގީ މަސައްކަތް ކުރާ މީހުންގެ ފަރުވާ ކުޑަ ކަމުންކަން ގަބޫލުކުރާ ކަމަށާއި، މިކަމާއި ގުޅިގެން ރައްޔިތުން ތިބީ ވަރަށް ހިތްހަމަ ނުޖެހި ކަމަށެވެ. ފަރަށް ފޫނުބެއްދޭ ވަރުގެ ގެއްލުން ލިބިފައިވާކަން ފާހަގަކޮށް އޭނަ ބުނީ މިކަމުގެ ޒިންމާ ނަގާނެ މީހަކު ނުވާނެ ކަމަށެވެ.

ގިނަ ރަށްރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސިން ކުރިއަށްދާއިރު މަސައްކަތުގައި ބޭނުންކުރާ ބާޖު ގިނަ ރަށްރަށުގެ ފަރަށް އަރައި ގެއްލުންވާ ކަމަކީ އާންމުކޮށް ދިމާވާ ބޮޑު މައްސަލައެކެވެ. ނަމަވެސް މިކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކުރާ ތަނެއް ނުފެނެއެވެ.

މާއުނގޫދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައިވަނީ 2017 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު 20 ވަނަ ދުވަހުއެވެ. އެމްޓީސީސީއާ މިމަސައްކަތް ހަވާލުކުރީ 200 ދުވަސް ތެރޭގައި ނިންމާ ގޮތަށްށެވެ. ނަމަވެސް ތަފާތު އެކި ސަބަބުތަކާއި ހުރެ މިމަސައްކަތް ނިންމަން ކަނޑައެޅި ތާރީހަށް ވަނީ ނިންމާނުލެވިފައެވެ.

ސަރުކާރުގެ ބަޖެޓުން 14.4 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށް ތަރައްގީ ކުރާ މިބަނދަރުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް