ކ. މާލެ
|
13 އޮކްޓޯބަރ 2018 | ހޮނިހިރު 12:18
ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު
ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު
މުހައްމަދު ޝަރުހާން
ބޯހިޔާވަހިކަން
ވެރިކަމަށް އައުމަށް ތައްޔާރުވަމުންދާ ޕާޓީތަކުގެ އިސް ބޭފުޅުންނަކީ ލާދީނީ ފިކުރުތައް ފަތުރަން ވާގިވެރިވާ ފަރާތްތަކެއް: ޑރ. މުއިއްޒު
އިދިކޮޅު ފަރާތްތަކަކީ އެއްވެސް ގޮތަކަށް ތެދު ހަގީގަތް ބަލާ ބައެއް ނޫން ކަމަށް ވިދާޅުވި
އިދިކޮޅު ފަރާތްތަކަކީ އެބޭފުޅުންނަށް އެއްވެސް ކަމެއްގައި ތެދު މުހިއްމު ބައެއް ނޫން ކަަމަށް ވިދާޅުވި

މިހާރު ވެރިކަމަށް އައުމަށްޓަކައި ތައްޔާރު ވަމުންދާ ޕާޓީތަކަކީ ނުވަތަ އެ ބޭފުޅުންގެ ތެރެއިން އިސްކޮށް ތިއްބެވި ބޭފުޅުންނަކީ މިގައުމުގައި ކްރިސްޓިއަން ދީނާއި ލާދީނީ ފިކުރުތައް ފަތުރަން ބޭނުންވާ ފަރާތްތަކަށް ވާގިވެރިވާ ފަރާތްތަކެއް ކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ގޯތި ދޫކުރުމުގައި ހަމަހަމަ ފުރުސަތުތަކެއް ދެމުން ނުދާ ކަމަށް ގިނަ ފަރާތްތަކުން ތުހުމަތު ކުރަމުން ދާތީ ބުރާސްފަތި ދުވަހު ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެން ރުޅި އިސްކުރައްވައި ޖަވާބުދެއްވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ އިދިކޮޅު ފަރާތްތަކަކީ އެއްވެސް ގޮތަކަށް ތެދު ހަގީގަތް ބަލާ ބައެއް ނޫން ކަމަށާއި އެ ބޭފުޅުންނަކީ އެ ބޭފުޅުންނަށް އެއްވެސް ކަމެއްގައި ތެދު މުހިއްމު ބައެއް ނޫން ކަމަށެވެ.

"ކިހިނެތްތޯ އެކަން މުހިއްމު ވާނީ. މިހާރު ވެރިކަމަށް އައުމަށްޓަކައި ތައްޔާރު ވަމުން އެ ދާ ޕާޓީއަކީ ނޫނިއްޔާ އެ ބޭފުޅުންގެ ތެރެއިން އިސްކޮށް ތިއްބެވި ބޭފުޅުންނަކީ މިތަނުގައި ކްރިސްޓިއަން ދީނާއި ލާދީނީ ފިކުރުތައް ފަތުރަން ބޭނުންވާ ފަރާތްތަކަށް ވާގިވެރިވާ ފަރާތްތައް. އެހެންވީމާ މިތަނުގައި އިސްލާމް ދީން ނޫން އެހެން ދީންތައް ފަތުރަން ތާއީދުކޮށް އެކަމަށް ވޯޓު ދިން ބަޔަކު ދޮގު ހެދުމަކަށް ފަހަތަކަށް ނުޖެހޭނެ. މިތަނުގަ ތިމަންނަމެންނަށް ވަރިހަމައޭ އިސްލާމް ދީން ނޫން އެހެން ދީންތައް ފެތުރުނަސް. ތިމަންނަމެންނަށް ވަރިހަމައޭ މިތަނުގައި ކޮންމެ ފަދަ ކަންތައްތަކެއް ހިނގިއަސް. އިސްލާމް ދީނާއި ޚިލާފަށް ހިނގިއަސް. އެކަމަށް ވަރިހަމަ ވެގެން ވޯޓު ދީގެން އެކަމަށް ވާގިވެރިވެރިވާ ބަޔަކު މިތަނަށް ގެންނަން ބޭނުންވާ ބަޔަކު ދޮގުހަދާކަށް ފަހަތަކަށް ނުޖެހޭނެ،" މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވިދާޅުވީ މިހާތަނަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ގެންދަން ޖެހޭ ކަހަލަ ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. އަދި އެއީ ކަނޑައެޅިގެން ދޮގެއް ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އިބްރާހީމް މުހައްމަދު ސޯލިހަށް 134،000 އަށް ވުރެ ގިނަ ރައްޔިތުން ވޯޓު ދީފައިވާއިރު އެ ފަރާތްތަކަކީ ލާދީނީ ފިކުރަށް ހިތްވަރު ދޭ މީހުންގެ ގޮތުގައި މިނިސްޓަރު މުއިއްޒު ސިފަކުރުމާ ގުޅިގެން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ. 

ގޯތި ދޫކުރާ މައްސަލަ ބަލައިދިނުމަށް ހައުސިން މިނިސްޓްރީ އާއި އެޗްޑީސީގެ މުވައްޒަފުންތަކެއް އޭސީސީ އަށް ހުށަހެޅުމާ ގުޅިގެން ނޫސްވެރިއަކު ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ އެއީ ރައީސް އަބްދުﷲ ޔާމީނާ ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތައް ކަމަށެވެ. 

"އަޅުގަނޑު ދަންނަވާނީ ތިގޮތަށް ހަގީގަތެއް ނެތި ދޮގު މައުލޫމާތުގެ މައްޗަށް ބިނާކޮށް އޭސީސީގަ ނޫނިއްޔާމުން ކޯޓަށް ވެސް މައްސަލަ ގެންދާ މީހުންނަކީ ސިޔާސީ ގޮތުން ރައީސް ޔާމީނާއި ނޫނީ ސަރުކާރާއި އިދކޮޅު ފަރާތްތައް. އިދިކޮޅު ފަރާތްތަކަކީ އަޅުގަނޑު ދަންނަވާނީ އެއްވެސް ގޮތަކަށް ތެދު ހަގީގަތް ބަލާބައެއް ނޫން. އެބޭފުޅުންނަކީ އެބޭފުޅުންނަށް އެއްވެސް ކަމެއްގައި ތެދު މުހިއްމު ބައެއް ނޫން." މުއިއްޒު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
12 އޮކްޓޯބަރ 2018 | ހުކުރު 12:17
ޖަލޮމާ
އަބަދަުވެސް އެހެންމީހުން ލާދީނީ ވަނީ، ތިމާ ހެޔޮ ކިތައްމެ ނުލަފާ ނުބައި ބައްކަންކޮށް އެހެންމީހުންގެ ހައްގައް އަރައިގަތަސް.
12 އޮކްޓޯބަރ 2018 | ހުކުރު 09:18
makAmo
The public has spoken they have decided who is correct and who is wrong, your say is irrelevant.Just shut the f... up and vacate your corruption headquarter