ކ. މާލެ
|
12 އޮކްޓޯބަރ 2018 | ހުކުރު 05:20
އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
މުހައްމަދު ޝަރުހާން
ގޯތި ވިއްކުން
ހުޅުމާލެއިން ގޯތި ނުވިއްކުމަށް އިންތިޚާބީ ރައީސް ސޯލިހް އިލްތިމާސްކުރައްވައިފި
ބިންތަކުގެ ހަމަ އަގު ނުލިބި އިއާދަ ނުކުރެވޭވަރުގެ ގެއްލުމެއް ލިބިދާނެ
ގޯތިތައް ވިއްކުމުގެ މަޤްޞަދަކީ އެޗްޑީސީ އަށް ކޭޝްފްލޯގެ ދަތިތަކެއް ކުރިމަތިވެފައިވާތީ، އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން

ހުޅުމާލޭ ދެ ވަނަ ފިޔަވަހިން ގޯތި ނުވިއްކުމަށް އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިލްތިމާސް ކުރައްވައިފިއެވެ.

އެމަނިކުފާނުގެ ފަރާތްޕުޅުން ބުރާސްފަތި ދުވަހު ނެރުއްވާފައިވާ ނޫސްބަޔާނުގައި ވިދާޅުވެފައި ވަނީ ވެރިކަން ބަދަލުވަމުންދާ މި މަރުހަލާގައި އަވަސް އަރުވާލައިގެން އާންމު ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރިޔާސީ އިންތިޚާބުން ބަލިވެފައިވާ ޕާޓީން ހިންގާ މަޝްރޫއުތަކާއިމެދު ކަންބޮޑުވާ ކަމަށެވެ.

އެ ގޮތުން ހުޅުމާލެއިން 400 ގޯތި ވިއްކުމަށް އުޅޭ އުޅުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތަކެއް އެބަހުރި ކަމަށާއި އެހެންކަމުން އެ މަޝްރޫއު ކުރިއަށް ގެންދިޔުމަކީ ގާނޫނާ ޚިލާފުކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ބޭނުންވެފައިވާ ފަރާތްތައް ކަށަވަރު ކުރެވޭނެ ނިޒާމެއް ނެތުމާއި ބިން ވިއްކުމަށް އިއުލާން ކޮށްފައިވަނީ އެކަށީގެންވާ މުއްދަތެއް ނުދީ ކަމަށް ވުުމުން ބިމާބެހޭ ގާނޫނާ ޚިލާފްވާ ކަމަށް ވެސް އެ ނޫސް ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

ހުޅުމާލޭގެ އެ ގޯތިތައް ނުވިއްކަން އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގާފައިވާ އިރުވެސް އެއްވެސް ފަރުވާލެއް ނެތި އެ ގޯތި ވިއްކުމަށް މަސައްކަތް ކުރަމުން ގެންދާތީ އެކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް އެ ނޫސް ބަޔާނުގައި ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.

ސޯލިހު ވަނީ ސަރުކާރުން މިދަނޑިވަޅުގައި ހިންގަން އުޅޭ މަޝްރޫއުތައް އަނެއްކާވެސް ހުއްޓާލުމަށް ތަކުރާރު ކުރައްވާފައެވެ. މީގެ ކުރިން އެ މަނިކުފާނު ވަނީ ވެރިކަން ބަދަލުކުރުމުގެ މި މަރުހަލާގައި ސަރުކާރުން މާލީ ޒިންމާ ވާންޖެހޭ އެއްވެސް މުއާމަލާތެއް ނުހިންގުމަށް ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރަށް ދަންނަވާފައެވެ. 

ސަރުކާރުން ވިއްކާލަން އުޅޭ 400 ބިމުގެ މަގްސަަކީ އެޗްޑީސީ އަށް ކޭޝްފްލޯގެ ދަތިތަކެއް ކުރިމަތިވެފައިވާތީ، އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކުރާ ކަމެއް ކަމުގައި ބުނި ނަމަވެސް އެ ބިންތައް ވިއްކުމަށް ނިންމާފައި ވަނީ ނުއަގުގައެވެ. ބިން ވިއްކާގެން އިޔާދަ ނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ލިބިދާނެކަމަށް ބުނެ ހައުސިންގް މިނިސްޓްރީއާއި އެޗްޑީސީގެ މުވައްޒަފުންތައް ސޮއިކޮށްފައިވާ ޕެޓިޝަނެއް ވެސް ފިނޭންސް މިނިސްޓްރީ އާއި އޮޑިޓް އޮފީހަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވަނީ ހުށަހަޅާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
12 އޮކްޓޯބަރ 2018 | ހުކުރު 07:18
ކިނބޫ
އިންތިޚާބީ ރައީސް ރައީސް ކަމުގެ ހުވައި ކުރެއްވުމަށްފަހު، ގޯތިދިނުން ހުއްޓުވައި ޕާޓީގެ އެކްޓިވިސްޓުންނަށް ގޯތި ދިނުމަށް އިލްތިމާސް ކުރަން. ރައީސް ޔާމީންގެ ސަރުކާރުން ގޯތި ދެމުން އެދަނީ އާންމުކޮށް ހުޅުވާލައިގެން އެކަމަށް އެދޭ މީހުން އިވެލުއޭޓް ކުރުމަށްފަހު، އެކަމަށް އެންމެ އެކަށޭނަ މީހުންނަށް. އެމް.ޑީ.ޕީ އިން ގޯތި ދޫކުރާނީ ފުރަތަމަ ޕާޓީ މީހުންނަށް. ޕާޓީ މީހުންނަށް ދީފަ ބާކީހުރިނަމަ އެހެން މީހުންނަނަށް. ވުމާއިއެކު އިބޫ ވެރިކަމަށް އައިސް ބިން ހިއްކައިގެން ގޯތިދޫކުރަން މަޑުކުދޭ. ޔާމީން އެދެނީ ޔާމީން ހިއްކައިފާވާ ބިންތަކުން ގޯތި. އިބޫ ވެސް ވެރިކަމަށް އައިސް ބިން ހިއްކައި އެއަރޕޯޓްތައް އަޅައި ފްލެޓްތައް ނިކަން އަޅާބަލަ، މުވައްޒަފުންގެ މުސާރަކުޑަނުކޮށް ޑޮލަރުގެ އަގުބޮޑުނުކޮށް ގައުމު ދަރުވައި ނުލައި، ބޭރުގެ ނުފޫޒަށް ނޫނެކޭ ބުނަމުން. އިބޫއަށް ވެރިކަން ދިނީ އެވަރުގެ ކެޕޭސިޓީ ހުންނާނެ ކަމަށް ބަލާފައި. އެހެން މީހަކު ބިންހިއްކައި ފްލެޓްތައް އެޅީމަ އެތަނުން ފްލެޓްދޭކަށް ނޫން. އެހެން މީހަކު 25 ބުރީގެ ހޮސްޕިޓަލެއް އެޅީމަ އެތަން ހުޅުވައި އިބޫކުރިކަމެއްކަމުގައި ދައްކާކަށް ނޫން. އައި.ޖީ.އެމް ހޮސްޕިޓަލުގެ 10 ބުރީގެ އިމާރާތްވެސް ނަޝީދުގެ ވެރިކަމުގެ ހުރީ ކޮންކްރީޓް މަސައްކަތް ނިމިފައި، 3 އަހަރު ހުރެފަ ދިޔައިރުވެސް އެއްވެސް ކަމެއް ނުކޮށް. ޔާމީން ވެރިކަމަށް އައިސް އެތަން ތަރައްޤީކޮށް ހުޅުވާފައި އެހުރީ. ބުރިޖުވެސް އޮތީ މައުމޫނު ވެރިކަމުން ފެށިގެން ކުރެހުމެއްގައި. ނޭޅޭނޭ ބުނި ބުރިޖު ވެސް ޔާމީން އެވަނީ އަަޅައި ޚިދުމަތްދީފައި. ދެން އިބޫއަކީ އެހެން މީހަކު ކަންކުރީމަ ފޮނިބޯން ވެރިކަމަށް އަރަންޖެހޭ ޕަޕެޓެއްނޫން. ވަރަށް ސަލާމް
12 އޮކްޓޯބަރ 2018 | ހުކުރު 07:00
ali 2020
Agu heyo vee matho nubikan vee.. vote devunu moya mihaaru hitha araa eba
12 އޮކްޓޯބަރ 2018 | ހުކުރު 03:48
ޙާސީނާ.
އަދި ވެރިކަމަށް އަންނަ މަގުމަތީގަ. އެކަމަކު ތިމާމެން ގެ މީހުން ނޫންބަޔަކަށް ބޯހިޔާވަހިކަމެއް ވެސް ލިބެން ނޭދޭތީ ބިސްމިނުކިޔާ، ނުލިޔާ ބަޔާން ނެރެނީ.