ކ. މާލެ
|
11 އޮކްޓޯބަރ 2018 | ބުރާސްފަތި 22:18
ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒު
ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒު
ރާއްޖެ އޮންލައިން
ޖުމްހޫރީ ޕާޓީ
ޖުމުހޫރީ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރުގެ މަގާމަށް ރިޔާޒު އައްޔަނު ކުރައްވައިފި
އެމަގާމަށް ރިޔާޒު އައްޔަނު ކުރައްވާފައި ވަނީ އެޕާޓީގެ އަސާސީ ގަވާއިދުގެ 22 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން

ޖުމުހޫރީ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރުގެ މަގާމަށް އެޕާޓީގެ ކުރީގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒު އައްޔަނު ކުރައްވައިފިއެވެ.

ޖުމްހޫރީ ޕާޓީން ބުނީ އެމަގާމަށް ރިޔާޒު އައްޔަނު ކުރައްވާފައި ވަނީ އެޕާޓީގެ އަސާސީ ގަވާއިދުގެ 22 ވަނަ މާއްދާގެ (ނ)ގައިވާ ގޮތުގެ މަތިން ކަމަށެވެ.

ޖުމްހޫރީ ޕާޓީން ބުނީ އެޕާޓީގެ ލީޑަރުގެ އެޑްވައިޒަރަކީ ޕާޓީ ތަރައްގީކޮށް ކުރިއެރުވުމުގަޔާއި ޕާޓީއަށް ސިޔާސީ ކުރިއެރުން ހޯދުމުގައި ޕާޓީގެ ލީޑަރަށް ބޭނުންވާ ލަފަޔާއި އިރުޝާދާއި އެހީތެރިކަން ފޯރުކޮށް ދެއްވާ އަދި މަގާމްގެ ހައިސިއްޔަތުން ޕާޓީގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ޝަރަފްވެރި އިއްޒަތްތެރި މަގާމެއް ކަމަށެވެ.

އަދި އެމަގާމު ރިޔާޒު ގަބޫލު ކުރައްވާފައިވާ ކަމަށް ވެސް ޖުމުހޫރީ ޕާޓީން ވަނީ ބުނެފައެވެ. އަދި މިމަގާމު ގަބޫލުކުރެއްވުމާއި ގުޅިގެން ޕާޓީގެ ލީޑަރާއި ޕާޓީގެ ކައުންސިލާއި ޕާޓީގެ މެންބަރުންގެ ނަމުގައި މަރުހަބާއާއި ތަހުނިޔާ ވަނީ ދަންނަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް