ކ. މާލެ
|
11 އޮކްޓޯބަރ 2018 | ބުރާސްފަތި 22:16
ކުރީގެ ބަންޑާރަ ނައިބް ހުސުނުއްސުއޫދު
ކުރީގެ ބަންޑާރަ ނައިބް ހުސުނުއްސުއޫދު
ޓްވިޓަރ
ރިޔާސީ އިންތިޚާބު 2018
އިންތިހާބާބެހޭ މައްސަލަ ކުރިއަށް ގެންދަންވާނީ ޓީވީތަކުން ވަގުތުން ދުރަށް ދައްކައިގެން: ސުއޫދު
އިންތިޚާބާ ބެހޭ މައްސަލައަކީ ހުރިހާ ރައްޔިތުންގެ މަސްލަހަތާއި ގުޅުން ހުރި މައްސަލައެއް
އިންތިޚާބުގެ މައްސަލައިގެ އަޑުއެހުންތައް ވަގުތުން ދުރަށް ދެއްކޭ ގޮތް ހެދުމަށް ޕެޓިޝަންގައި ސޮއިކުރުމަށް ވަނީ އެދިފައި

ރިޔާސީ އިންތިޚާބު ބާތިލް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދަން ވާނީ ވަގުތުން ދުރަށް ޓީވީތަކުން ދައްކައިގެން ކަމަށް ކުރީގެ ބަންޑާރަ ނައިބް ހުސުނުއްސުއޫދު ވިދާޅުވެއްޖެއެވެ.

ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބާއި ގުޅުވައިގެން ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައަކީ ރައްޔިތު އެންމެންގެ މަސްލަހަތާއި ގުޅިފައިވާ މައްސަލައެއް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ކުރިއަށް ގެންދަން ވާނީ އާއްމުންނަށް ހުޅުވާލައިގެން ކަމަށާއި، ޓީވީތަކުން ދުރަށް މިމައްސަލައިގެ މިއަޑު އެހުންތައް ގެނެސްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންތިޚާބުގެ މައްސަލައިގެ އަޑުއެހުންތައް ވަގުތުން ދުރަށް ދެއްކޭ ގޮތް ހެދުމަށް މިހާރު އަންނަނީ ޕެޓިޝަންއެއްގައި ސޮއި ވެސް ކުރަމުންނެވެ. މިޕެޓިޝަންއާ ގުޅޭ ގޮތުން ސުއޫދު ވިދާޅުވީ ކޮންމެ މީހަކު ވެސް މިޕެޓިޝަންގައި ސޮއިކުރުމަށް ފަހު ސުޕްރިމްކޯޓަށް އާދިއްތަ ދުވަހުގެ ހެނދުނު ހުށަހެޅުމަށް އެދޭ ކަމަށެވެ.

ސޯޝަލްމީޑިއާގައި މިހާރު ދައުރުވަމުންދާ މިޕެޓިޝަންގައި ބުނެފައިވަނީ އިންތިޚާބު ބާތިލް ކުރުމަށް ހުށަހަޅާއިފައިވާ މައްސަލައިގެ ޝަރީއަތް ހިންގަވަންވާނީ އެންމެނަށް ފެންނަގޮތަށް ކަމުގައިވާތީވެ، އެމައްސަލާގެ ޝަރީއަތް ހިނގަމުންދާ ގޮތް ދައުލަތުގެ މީޑިއާއިން ވަގުތުން ދުރަށް ދެއްކޭނެ އިންތިޒާމް ތިޔަ ކޯޓުން ހަމަޖައްސަވާ ދެއްވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ކޯލިޝަންގެ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 58.4 އިންސައްތަ އާއެކު ވަނީ ކާމިޔާބު ކުރައްވާފައެވެ. ރައީސް ޔާމީނަށް 41.6 އިންސައްތައާއެކު ބޮޑު ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގަތުމުން އިންތިޚާބު އޮޅުވާލާފައިވާ ކަމަށް އެމަނިކުފާނާއި، އެމަނިކުފާނަށް ތާއީދު ކުރާ މަދު މީސްކޮޅަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް